ލައިފްސްޓައިލް / އެބޯޝަން

އެބޯޝަން ހަދައިދޭ ނަރުހުންގެ އަސަރުގަދަ ވާހަކައެއް

އެބޯޝަން ހެދުން: ތުއްތުކުދިންނަށް ދެވޭ އަނިޔާއެއް

އެބޯޝަން ހެދުމަކީ މާބޮޑު ކަމެއް ނޫން ކަމަށް ގަބޫލުކުރާ ހުޅަނގުގެ ބައެއް ގައުމުތަކުގައި ވެސް އެ ވިސްނުން މިހާރު އަންނަނީ ބަދަލުވަމުންނެވެ. އެބޯޓްކޮށްލާ ނުވަތަ ވައްޓާލާ ކުއްޖާ ހަމަލޮލުން ފެންނަ ނަމަ މިކަން ދެވަނަ ފަހަރަށް ކުރަން ފަސްޖެހޭނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

އެބޯޝަން ހަދައިގެން ނައްތާލާ ކުދިން އެންމެ ގިނައިން ފެންނާނެ ބަޔަކީ އެކަން ކޮށްދޭ ކްލިނިކްތަކުގައި އުޅޭ ނަރުހުންނެވެ. ޔޫރަޕްގެ ގައުމެއްގެ ނަރުހުންތަކެއް މިކަމާ ބެހޭ ގޮތުން މީޑިއާގައި ވަނީ ވާހަކަ ދައްކައިފަ އެވެ.

އެތަނުން އެކަކު ކިޔައިދީފައިވާ ގޮތުގައި އެބޯޝަން ހަދާއިރު ނުވަތަ ކުއްޖާ ވައްޓާލާއިރު ގިނަ ކުދިންގެ ފުރާނަ ހުރެ އެވެ. އެ ކުދިން ކިތަންމެ ކުޑަ ނަމަވެސް އިންސާނެއްގެ ހުރިހާ ސިފަތަކެއް ހުރެ އެވެ. އެ ކުދިން މަރުވަން ދޫކޮށްލާފައި ތިބޭ ތިބުމަކީ ހިތް ހަލާކުވާ ކަމެއް ކަމަށް ނަރުހުން ބުނެފައިވެ އެވެ.

މިގޮތަށް އެބޯޝަން ހަދާއިރު އުފަންވާ ކުދިންގެ ކުޑަ ކަމުން އެ ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަކަށް ޑޮކްޓަރުން ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެބޯޝަން ކްލިނިކްގައި އެކުދިން މަރުވަންދެން އެއްވެސް ފަރުވާއެއް ދިނުމެއް ނެތި ބާއްވަނީ އެވެ.

ފްލޮރިޑާގެ ޖެކްސަންވީލްގެ ނަރުހެއް ކަމަށްވާ ކެތުލީން މެލޯއީ އަށް ވަނީ މިފަދަ ތުއްތު ކުއްޖެއް ފެނިފަ އެވެ. އެބޯޝަނަކުން ވައްޓާލި މި ކުއްޖާ ގެނައީ މެލޯއީ މަސައްކަތްކުރި ހޮސްޕިޓަލަށެވެ. މެލޯއީ ތައްޔާރުކުރި ޕެމްފްލެޓް "ޗިލްރަން: ތިންގްސް ވީ ތުރޯ އަވޭ" (ކުޑަކުދިން: އަހަރެމެން ބޭނުންނެތިގެން އެއްލާލާ އެއްޗެއް؟) ގައި މެލޯއީ ލިޔެފައިވެ އެވެ.

"އަހަރެން މަސައްކަތްކުރަނީ ރޭގަނޑު 11.00 އިން ހެނދުނު 7.00 ގެ ޝިފްޓުގަ އެވެ. އަހަރެމެން އެހާ ބުރަ ނޫން ވަގުތުތަކުގައި، އަލަށް އުފަންވެފައިވާ ކުދިން ތިބޭ ތަނަށް ގޮސް އެތަނުގައި އެހީތެރިވަމެވެ. އެއްރެއަކު ނާސަރީގެ ބޭރުގައި ހުރި ކުޑަކުދިން ބައިތިއްބާ ކުޑަކުޑަ ކޮއްޓެއް އަހަންނަށް ފެނުނެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖަކު އޮތެވެ. ހުރިހާ ގުނަވަންތަކެއް ފުރިހަމަވެފައިވާ ކުއްޖެކެވެ. އޭރުވެސް އެ ކުއްޖާ ރޮނީ އެވެ. ނަމަވެސް މި ކުއްޖާގެ ކިބައިގައި ތަފާތުތަކެއް އެބަހުއްޓެވެ. އޭނާގެ މުޅި ގައި އޮތީ ފިހިގެން ހަން ގޮސްފަ އެވެ. އޭނާއަކީ ސޭލައިން އެބޯޝަނަކުން ވައްޓާލާފައިވާ ކުއްޖަކަށް ވާތީ އެވެ."

އެބޯޝަން ހެދުމުން ބައެއް ކުދިން އުފަންވާއިރު މަރެއް ނުވޭ

މި ތުއްތު ކުއްޖާ ހީވަނީ ހޫނު ފެންއެއްޗެއްގެ ތެރެއަށް ލާފައި ނަގާފައި އޮތްހެންނެވެ. އަނިޔާލިބި މުޅިން ފިހިފައިވާ މި ތުއްތު ކުއްޖާގެ ގައިގައި ފިރުމާލައި އޭނާއާ އަޅާލާނެ ޑޮކްޓަރެއް ނަރުހެއް ނުވަތަ މަންމައެއް ބައްޕައެއް ވެސް ނެތެވެ. އެ ތުއްތު ކުއްޖާ އޮތީ ވޭނުގައި އޮވެ އަމިއްލައަށް މަރުވާން ދޫކޮށްލާފަ އެވެ. އެމީހުން އެ ކުއްޖާ ނާސަރީގެ ތެރެއަށް ވެސް ނުވެއްދި އެވެ. އެންމެ ކުޑަމިނުން އޭނާގެ ގައިގައި ފޮތިގަނޑެއް އަޅާލަން ވެސް މީހަކު ހިތަށް ނޭރި އެވެ.

އެރޭ އަހަރެން އަހަރެންގެ މި މަސައްކަތާ ދޭތެރޭ ލަދުވެތިވި އެވެ. އަހަރެމެންގެ ހޮސްޕިޓަލު ކަހަލަ ޒަމާނީ ތަނެއްގައި މިފަދަކަމެއް ހިނގާފާނެކަމަށް ގަބޫލުކުރަން ވެސް އުނދަގުލެވެ. ނަމަވެސް މިއީ ހަމަ ހިނގާ ކަމެކެވެ. އަބަދުހެން ހިނގާ ކަންކަމެވެ. އަހަރެން ހީކުރަނީ ހޮސްޕިޓަލަކީ ބަލި މީހުން ފަސޭހަކޮށްދޭ ތަނެއް ކަމަށެވެ. މީހުން މަރާ ތަނެއް ނޫން ކަމަށެވެ.

އެހެން ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެއް ގާތު، އެ ހޮސްޕިޓަލުގައި ސޭލައިން ބޭނުންކޮށްގެން އެބޯޓްކުރާ ކުދިންނަށް ހަދަނީ ކިހިނެއްތޯ އަހަރެން ސުވާލު ކޮށްލީމެވެ. އަހަރެން މަސައްކަތްކުރާ ހޮސްޕިޓަލުގައި މިފަދަ ކުދިންނަށް ނޭވާ ނުލެވިގެން ތެޅިތެޅި އޮވެ އަމިއްލައަށް މަރުވަންދެން ދޫކޮށްލިޔެއް ކަމަކު އެ ނަރުސް ކުއްޖާ މަސައްކަތްކުރާ ހޮސްޕިޓަލުގައި ހަދާ ގޮތަކީ ބާލިދީއަކަށް ލާފައި މަތިޖަހަނީ ކަމަށް އޭނާ ބުންޏެވެ. ނޭވާ ހާސްކޮށްލައިގެން މަރާލަނީ އެވެ.

ދެމަފިރިއަކު ދަރިފުޅު ބައިގެން ދިއުމުން ހިތާމަކުރަނީ: ގަސްތުގައި އެބޯޝަންހަދާ ކުދިން ވަރަށް ގިނަ

ސޭލައިން އެބޯޝަންގައި ސޭލައިން ސޮލިއުޝަން އެމިނިއޮޓިކް ފުލުއިޑްގެ ތެރެއަށް އިންޖެކްޓްކުރަނީ އެވެ. އެމިނޮއޮޓިކް ފުލުއިޑްއަކީ ދެވަނަ ޓްރައިމިސްޓާގެ ތެރޭގައި ކުއްޖާ އޮންނަ ފެން ދުލީގެ ތެރޭގައި އުފެދޭ ފެނެކެވެ. ސޭލައިން ސޮލިއުޝަން މި ފުލުއިޑާ އެއްވުމުން ތުއްތު ކުއްޖާ ނޭވާ ލާއިރު އެ ތަކެތި ފުއްޕާމެޔަށް ގޮސް އޭނާގެ ފުއްޕާމޭ ފިހެ އެވެ. އަދި ހަންގަނޑު އެއްކޮށް އަނދައިގެން ދެ އެވެ. މިކަމުގެ ސަބަބުން ކުއްޖާ މަރުވެ އެވެ. ދެން އެ ކުއްޖާގެ މަންމައަށް ވިހެއުމުގެ ވޭންވަރު ނަގައި މަރުވެފައި އޮންނަ ކުއްޖާ ވިހަ އެވެ. މިހާރު މިގޮތަށް އެބޯޝަން ވަރަށް ނަހަދަ އެވެ. ސަބަބަކީ ވިހާއިރު ކުއްޖާ ދިރި އޮންނާތީ އާއި މިކަމުގެ ސަބަބުން މައިމީހާގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު އޮންނާތީ އެވެ. އަދި އިންޖެކްޓްކުރާ ސޭލައިން މައިމީހާގެ ލޭ ދައުރުވާ ނިޒާމަށް ހިނގައްޖެ ނަމަ ފުރާނައަށް ނުރައްކާ ވާތީ އެވެ. ނަމަވެސް މިއާ ވަރަށް އެއްގޮތް ޕްރޮސީޖާއެއް މިހާރުވެސް ބައެއް ގައުމުތަކުގައި ބޭނުންކުރެ އެވެ. އެއީ ތުއްތުކުއްޖާގެ ހިތަށް ވިހަ އިންޖެކްޝަނެއް ޖެހުމެވެ. ނުވަތަ ބައެއް ފަހަރަށް އެމިނިއޯޓިކް ފްލުއިޑަށް ވިހަ އިންޖެކްޝަން ޖަހައިގެންނެވެ. މިގޮތަށް ގިނަ ފަހަރަށް ހަދަނީ ދެވަނަ ޓްރައިމިސްޓާގެ ފަހުކޮޅު ނުވަތަ ތިން ވަނަ ޓްރައިމިސްޓާއަށް އަޅާފައިވާ ކުދިން އެބޯޓްކުރާއިރު އެވެ.

މެލޯއީ އަށް ފެނުނު ތުއްތު ކުއްޖާ މަރުވެގެން ދިޔައީ ނަމެއް ވެސް ނުކިޔަ އެވެ. އދިރިހުރުމުގެ ފުރުސަތެއް ވެސް ނުލިބި އެވެ. ހަމަ މިފަދަ ގޮތަށް ސޭލައިން މެތަޑް ބޭނުންކޮށްގެން އުފަންވި ގިއަނާ ޖެސެން ކިޔާ ތުއްތު ކުއްޖަކު ޑޮކްޓަރީ ފަރުވާ ދީގެން ސަލާމަތް ވެސް ވިއެވެ. އޭނާއަކީ މިހާރު ޕްރޯ-ލައިފް އެކްޓިވިސްޓެކެވެ. އެބޯޝަން ހަދައިގެން ދަރިން މެރުމާ ދެކޮޅަށް ވެބްސައިޓެއް ވެސް ގިއަނާ ހިންގަ އެވެ. ބައެއް މީހުން ބަނޑަށް 22 ހަފުތާ ވާ ފަހުން ވެސް ކުދިން އެބޯޓް ކޮށްލަ އެވެ.

އެހެން ނަރުހަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ އެބޯޝަން ހަދައިގެން އުފަންވާ ދިރިތިބި ކުދިން ފެނުމަކީ ވަރަށް ގިނައިން އެމީހުންނަށް ކުރިމަތިލާންޖެހޭ ހިތްދަތި މައްސަލައެއް ކަމަށެވެ.

މޯލީ އަށް ފެނުނު ތުއްތު ކުއްޖާ މަރުވެގެން ދިޔައީ އޭނާއަށް ނަމެއް ވެސް ނުކިޔަ އެވެ. އަދި އޭނާއަށް ދިރިހުރުމުގެ ފުރުސަތެއް ވެސް ނުލިބި އެވެ. ހަމަ މިފަދަ ގޮތަށް ސޭލައިން މެތަޑް ބޭނުންކޮށްގެން އުފަންވި ގިއަނާ ޖެސެން ކިޔާ ތުއްތު ކުއްޖަކު ޑޮކްޓަރީ ފަރުވާ ދީގެން ސަލާމަތްވެސް ވިއެވެ. އޭނާއަކީ މިހާރު ޕްރޯ-ލައިފް އެކްޓިވިސްޓެކެވެ. އެބޯޝަން ހަދައިގެން ދަރިން މެރުމާ ދެކޮޅަށް ވެބްސައިޓެއްވެސް ގިއަނާ ހިންގަ އެވެ. ބައެއް މީހުން ބަނޑަށް 22 ހަފުތާ ވާ ފަހުން ވެސް ކުދިން އެބޯޓް ކޮށްލަ އެވެ.

އެހެން ނަރުހަކު އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ އެބޯޝަން ހަދައިގެން އުފަންވާ ދިރިތިބި ކުދިން ފެނުމަކީ ވަރަށް ގިނައިން އެމީހުންނަށް ކުރިމަތިލާންޖެހޭ ހިތްދަތި މައްސަލައެއް ކަމަށެވެ.

ނިއު ޖާސީގެ މޮރިސްޓައުންގެ ނަރުހަކު އޭނާގެ ތަޖުރިބާ ކިޔައިދިނީ މިހެންނެވެ. އޭނާއަކީ ދުވަސްނުފުރާ ވިހާ ކުދިން ބައިތިއްބާފައި ތިބޭ ތަނެއްގައި މަސައްކަތްކުރާ ނަރުހެކެވެ.

"އެބޯޓް ކޮށްލާފައި އޮތް ތުއްތު ކުއްޖަކު އެއް ރެއަކު ގެނައެވެ. ހަމަ އެރޭ އެހެން ހޮސްޕިޓަލަކުން ވިއްސި ދުވަސް ނުފުރޭ ތިން ކުއްޖަކު ވެސް އެތަނަށް ފަރުވާއަށް ގެނެސްފައި ތިއްބެވެ. އެ ތިން ކުދިންގެ ތެރެއިން ދެ ކުދިން އޭރުވެސް މަރާ ހަނގުރާމަ ކުރަނީ އެވެ. ޑޮކްޓަރުން އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ގަދައަޅާ މަސައްކަތް ކުރަނީ އެވެ. އެބޯޓްކޮށްލި ތުއްތު ކުއްޖާ ގެނައީ ބޭނުންވެގެން ހޯދި ތުއްތު ދެ ކުދިންގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުން އަވަދިނެތި އުޅެނިކޮށެވެ. އެކުއްޖާ ގޮވައިގެން އައީ ވިއްސާ ކޮޓަރީގެ ނަރުހެކެވެ. އޭނާ ބުނީ އެއީ އެބޯޓްކޮށްލި ކުއްޖެއް ކަމަށާއި ހިތުގެ ވިންދު ހުރުމުން ގެނައީ ކަމަށެވެ. އަލްޓްރާސައުންޑުން ދެއްކި ގޮތުގައި އެއީ ބަނޑަށް 23 ހަފުތާގައި އެބޯޓްކޮށްލާފައިވާ ކުއްޖެކެވެ. އެ ކުއްޖާގެ މަންމައަކީ ކެންސަރު ބަލީގެ މީހެކެވެ. ބަލިވެއިންކަން އޭނާއަށް އެނގުނީ ކީމޯތެރަޕީ ދިން ފަހުންނެވެ. އެހެންވެ ބަނޑުގައި އޮތް ދަރިފުޅުގެ ބޮޑެތި އައިބުތަކެއް ހުރެދާނެކަމަށް ޑޮކްޓަރުން ވިދާޅުވެ އެބޯޓްކޮށްލަން ލަފާ ދިނުމުން އެބޯޓް ކޮށްލާފައި އޮތް ކުއްޖެކެވެ.

އަހަރެން އެ ތުއްތު ފިރިހެންކުއްޖާއަށް ބަލައިލީމެވެ. ބަލާބެލުމަށް އެއްވެސް އައިބެއް ނެތް ހުރިހާ ގުނަވަނެއް ފުރިހަމަވެފައިވާ ކުއްޖެކެވެ. އޭނާގެ ހިތް ބަރާބަރަށް ހިނގަ އެވެ. ސްޓެތެސްކޯޕެއް ނާޅާވެސް އަހަންނަށް އެހެން ބުނަން އެނގުނީ އޭނާގެ ހިތް ތެޅޭލަން އަހަރެންގެ ހަމަ ލޮލަށް ރީއްޗަށް ފެންނާތީ އެވެ ... އެވަގުތު ތުއްތުކުދިންގެ ޚާއްސަ ޑޮކްޓަރެއް ވެސް އައެވެ. އަހަރެން އެ ދެ ޑޮކްޓަރުންނަށް އާދޭސް ކުރީމެވެ. ކުއްޖާއަށް 23 ހަފުތާއަކަސް އޭނާގެ ބޮޑުކަމާއި ވަރުގަދަކަން ބަލާބަލާށޭ ބުނީމެވެ. އެކަމަކު އެބޯޓްކޮށްފައިވާ ކުއްޖަކަށް ވާތީ އެ ކުއްޖާ އަށް އެހީތެރިވުމުގެ ހައްގު ނެތް ކަމަށް ބުނެ މަރުވާން ދޫކޮށްލީ އެވެ.

އެބޯޓްކޮށްލާފައިވާ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ނަރުހަކު މަސައްކަތްކުރަމުން ދިޔައިރު އެހެން ދެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ ޑޮކްޓަރުން ހޭބޯ ނާރާ އުޅެމުންދިޔަ އެވެ. ހަމަ އެ ކޮޓަރީގެ ތެރޭގައި، ފަސް ވަރަކަށް ފޫޓު ދުރުގަ އެވެ. އެކަމަކު އެ ހުރިހާ ފަރުވާއެއް ދެމުން ދަނިކޮށް އެ ދެ ކުދިން ވެސް މަރުވީ އެވެ.

އެހެން ނަރުހެއް ކަމަށްވާ ޖޯއާން އެސް.ސްމިތު ބުނެފައިވާ ގޮތުގައި 22 ހަފުތާގައި އެބޯޓްކޮށްލި ކުއްޖެއްގެ ފުރާނަ ހުރުމުން އެ ކުއްޖާ އޭނާއާ ހަވާލުކުރި ކަމަށެވެ. އެއީ އެބޯޓްކޮށްލާފައިވާ ކުއްޖެއް ކަމަށްބުނެ، އެހެން ނަރުހަކު ދިޔައީ އެވެ. ކުއްޖާ ލާފައި އޮތް ކަރުދާސް ރުމާކޮޅު ނިއުޅާލިއިރު އޭގެ ތެރޭގައި އޮތީ ހުރިހާ ބައިތަކެއް ފުރިހަމަވެފައި އޮތް ތުއްތު ފިރިހެންކުއްޖެކެވެ. ނަމަވެސް މި ކުއްޖާއާ ވެސް އެއްވެސް ޑޮކްޓަރަކު އަޅައެއް ނުލިއެވެ. އެންމެ ފަހުން ހަތަރު ގަޑިއިރު ފަހުން ކުއްޖާ މަރުވީ އެވެ.

ދެމަފިރިއަކު ދަރިފުޅު ބައިގެން ދިއުމުން ހިތާމަކުރަނީ: ގަސްތުގައި އެބޯޝަންހަދާ ކުދިން ވަރަށް ގިނަ

މިހާރު މެޑިކަލް ސައިންސް ތަރައްގީވެފައިވާ ވަރުން 22 ހަފުތާގެ ކުދިން ވެސް ސަލާމަތް ވެފައި އެބަހުއްޓެވެ. އެކަމަކު އެބޯޓްކޮށްލާ ކުއްޖެއް ނަމަ ފުރާނަ ސަލާމަތްކުރަން އެެއްވެސް ކަމެއް ނުކުރެ އެވެ.

އެބޯޝަން އަކީ އެއްވެސް ހާލެއްގައި ކުރަން ހެޔޮވާރުގެ ކަމެއް ނޫންކަމަށް މިހިތްދަތި ތަޖުރިބާތައް ކޮށްފައިވާ ނަރުހުން އެއްބަސްވެ އެވެ. ބަނޑަށް އެހާ ގިނަ ދުވަސް ނުވެ އުފަންވާ ކުދިން ވެސް ހަށިގަނޑު ފުރިހަމަވެ ހިތުގެ ވިންދު ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެފަދަ ކުދިން ގަސްތުގައި މަރާލުމާއި އިންސާނަކު މަރާލުމުގައި އެއްވެސް ތަފާތެއް ނެތް ކަމަށް އެންމެން ވެސް ގަބޫލު ކުރާނެ އެވެ.

18 ކޮމެންޓް, 466 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 97%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަތު

30 March 2017

ހަމަގައިމުވެސް މަގޭ ހިތަކަށް ކެތެއްނުވާނެ މިފަދަ މަންޒަރެއް ބަލާކަށް..

The name is already taken The name is available. Register?

ޒިނޭ

23 October 2017

ޒިނޭ ކުރަމުން ދުވަން އޯކޭ، ދަރި ވައްޓާލުން ގޯސް، ބޯގޯސް

The name is already taken The name is available. Register?

މަރީ

19 November 2016

ތިކަމުންވެސް ބޮޑަށް ހިތްދަތިވެ ދެރަަވާނީ ދަރިން ލިބުމުގެ ނަސީބުން މަހުރޫމު ވެފަތިބި މީހުން...

The name is already taken The name is available. Register?

ޖިލްބާބު ހަބީބު

19 November 2016

އިސްލާމްދީނުގައި ވަރަށް ފުރިހަމައަށް އިންސާނާ އުފައްދަވާގޮތާއި މަރުޙަލާތައް ކަޑައްތު ކުރާއިރު އަންނަ ބަދަލުތަކާއި ފުރާނަ އެޅުއްވުމުގެ މަރުޙަލާވެސް ބަޔާންކުރައްވާފައިވޭ. ޖާހިލިއްޔަ ޒަމާނުގައި މިހާރު މިގެންގުޅޭ ފަދަ ޑޮކްޓަރީ އާލާތްތަކާއި ބޭސް ނުހުންނާތީ އެއިރު އެބޯޝަން އޮންނަނީ ވިހެއުމަށްފަހު. މިހެން މިބުނީ އެއިރުވެސް ދަރިން މަރާލަނީ ނުވަތަ ދިރިހުއްޓާ ވަޅުލަނީ އެދަރިފުޅު ބޭނުން ނުވާތީ. މިހާރު އެބޯޝަން ހަދައިގެން ޑަސްބިނަށްލާ ނުވާ ބާރުގަދަ އިންޖެކްޝަނާ ބޭސް ދީގެން މަރާލަނީ އެދަރިފުޅު ބޭނުން ނުވާތީ. ތުއްތު ދަރިފުޅު މަރާލުމުގައި ޖާހިލިއްޔަ ޒަމާނާއި ތަހުޒީބީ ޒަމާނުގެ ތަފާތެއް އޮތްކަމަކަށް ނުފެނޭ. އޮތްނަމަ އޮތް ތަފާތަކީ މަރާލުމުގައި ޢަމަލުކުރާ ގޮތުގެ ތަފާތެއް. އެބޯޝަން ހެދުމުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކަކީ އިންސާނީ ޙައްގުތަކަށް އެންމެ ބާރުލާފައި ވާހަކަ ދައްކާ އެމެރިކާ، އިނގިރޭސި، ކެނެޑާ، އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން. މިވަރުންވެސް އަހަރެމެން ހަމަ ގަމާރު ކަންމަތީ އަބަދަށް.

The name is already taken The name is available. Register?

އަހުމަދު ނިޔާޒު

19 November 2016

ސުބުހާނަﷲ

The name is already taken The name is available. Register?

ސޭޑް

18 November 2016

ސޭޑް ޓު ސީ ދިސް

The name is already taken The name is available. Register?

ދޮންދީނި

18 November 2016

ހަމަގައިމުވެސް މަގޭ ހިތަކަށް ކެތެއްނުވާނެ މިފަދަ މަންޒަރެއް ބަލާކަށް...

The name is already taken The name is available. Register?

ގޮޖޫ

18 November 2016

ގައުމު ގެ ތިލިއުންކޮޅު ވަރަށް ފުރިހަމަ ހަބޭސް

The name is already taken The name is available. Register?

އަލްޖިބްރާ

18 November 2016

" ގައުމު " އަށް ! އެކަމަކުވެސް އިންސާނުން ހިމާޔަތް ނުކުރެވުނަސް ވަލުޖަނަވާރާއި ދޫނި ސޫފާސޫފި ހިމާޔަތް ކުރަން ޤާނޫނު ތައް ހަދާ ފިޔަވަޅު އަޅާނެ ކަމަށްވެސް އެބައަންގާ ! މީ ދުނިޔޭގެ މިއަދުގެ ޙާލަތު !

The name is already taken The name is available. Register?

1234

18 November 2016

12 ހަފްތާގައި ދަރިފުޅުގެ ހަށިގަނޑުގައި ފުރާނައެޅި އިންސާނެއްގެ ސިފަ އަންނަށް ފަށާ..އކުދިން މެރުމަކީ މީހުން މެރުންހާ ނުބައި ކަމެއް. މިފަދަ ރަހުމުކުޑަ އަމަލު މިގައުމުގައިވެސް ހިނގާލެއް މަދެއްނޫން.

The name is already taken The name is available. Register?

މޯ

18 November 2016

އަދި ކިރިޔާ އިނގުނީ..އެބޯޝަން ނަހަދާށޭ އިސްލާމްދީނުގަ އޮންނަނީ ވެސް އެއީ އިންސާނަކު މެރުން ފަދަ ކަމަކަށް ވާތީ..މުސްލިމަކަސް ޢަޢިރު މުސްލިމަކަސް ދުވަހެއް އެބައޮތް އަދި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454