"ސްކްއިޑް ގޭމް" ގެ ޕޯސްޓަރެއް.
04 އޮކްޓޯބަރ 2021 - 06:53
މިދިޔަ މަހުގެ ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ސީރީޒް "ސްކްއިޑް ގޭމް" ވެފައި ވަނީ ވަރަށް ބޮޑު ހިޓަކަށެވެ. ނުވަ އެޕިސޯޑްގެ މި ސީރީޒުން ދައްކަނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ބަޔަކު، ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން އެ މީހުންގެ ދިރިއުޅުން ހީ ވެސް ނުކުރާ ކަހަލަ "ބިރުވެރި" ގޮތަކަށް ބަދަލުކޮށްލާ ގޮތެވެ.
"ސްކްއިޑް ގޭމް" ގެ ލިޔެ ޑައިރެޓްކުރީ ވަންގް ޑޮންގް-ހޫކް އެވެ. ކޮރެއާގެ މިފަދަ އުފުދެއްދުންތައް މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް މަގުބޫލެވެ. އެއް ހެއްކަކަށް، 2018 ގައި އޮސްކާ އެވޯޑްސްގެ ތާރީހު ބަދަލުކޮށްލި ފިލްމު "ޕެރަސައިޓް" ފުދެ އެވެ.
ސަވަވައިލް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ސްކްއިޑް" ގޭމާ އެކު ކޮރެއާގައި އެރި ފޯރީގައި އެ ގައުމުގެ އިންޓަނެޓަށް ވެސް ބާރު ބޮޑުވެ، އެކަން މިހާރު މައްސަލައަކަށް ވެސް ވެއްޖެ އެވެ.
South Korean internet service provider SK Broadband has sued Netflix to pay for costs from increased network traffic and maintenance work because of a surge of viewers to 'Squid Game' https://t.co/vye2qy1Ujr pic.twitter.com/5ynOXswTkx
— Reuters (@Reuters) October 1, 2021
ދެކުނު ކޮރެއާގެ އިންޓަނެޓް ހިދުމަތްދޭ ކުންފުނި އެސްކޭ ބްރޯޑްބޭންޑް އިން މިހާރު ވަނީ "ސްކައިޑް ގޭމް" އާއި ކޮރެއާގެ އެހެން އުފެއްދުމެއް ކަމަށްވާ "ޑީޕީ" ގެ ބަލާ މީހުންގެ ގިނަވެ އޮބިނޯންނަ ވަރަށް ބާރު ބޮޑުވުމުން ދިމާވާ މައްސަލަތަކާ ހެދި އެކަމުގެ ބަދަލެއްގެ ގޮތުން ނެޓްފްލިކްސް އިން މި ސީރީޒްތަކުން ލިބޭ އާމްދަނީން ބައެއް ހޯދަން ދައުވާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ނެޓްފްލިކްސް ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކުން ބޮޑު ފައިދާއެއް އެ ގައުމުން ނަގާ އިރު، އެ ފައިދާ އިން ނިސްބަތެއް ލިބެން ޖެހޭނެ އެވެ. ހިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމަށް ވެސް މަގުފަހިވާނީ އޭރުން ކަމަށް އެސްކޭ އިން ބުންޏެވެ.
ނަމަވެސް ނެޓްފްލިކްސް އަކީ ދެކުނު ކޮރެއާގައި ޔޫސޭޖް ފީ ދައްކާ ކުންފުންޏެއް ނޫނެވެ. އެކަމަކު އެސްކޭއެފުން ވިއުގަ ވަރުގަދަކުރަން ޖެހޭތީ އެ ކުންފުނިން މިހާރު ވަނީ 2018 އިން ފެށިގެން އެ ކުންފުނި މެދުވެރިކޮށް ކޮންޓެންޓް ބަލާ މީހުންގެ ފަރާތުން ލިބޭ އާމްދަނީން ބައެއް ނެޓްފްލިކްސް އިން ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ. އެސްކޭ އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ނެޓްފްލިކްސް އިން އެ ކުންފުންޏަށް ޔޫސޭޖް ފީގެ ގޮތުގައި 27.2 ބިލިއަން ވޮން (23 މިލިއަން ޑޮލަރު) ދޭން ޖެހޭނެ އެވެ.
އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމުން ބުނީ އެސްކޭއެފުން ހުށަހެޅި މައްސަލަ ރިވިއުކުރާނެ ކަމަށެވެ. އަދި ދެ ފަރާތް ވާހަކަ ދައްކައިގެން ކަސްޓަމަރުންނަށް އަސަރެއް ނުކުރާނެ ގޮތަކަށް މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޒް
04 October 2021
މިދެން އަނެއްކާ ހާދަ ހެއްވާ ކަމެއް މިފެށެނީ.. އިންޓަނެޓް ބޭނުންކުރާތީ އިންޓަނެޓް ބޭނުން ކުރާ ސަބަބު އަތުން ފައިސާނެގުން.. ގެއަށް އިންޓަނެޓް ލާފާއި ހުންނާތީ ގެއަށްވެސް ޗާޖް ކުރަންވާނެ.. އިންޓާނެޓްގެ ވާހަކަ ދެއްކިޔަސް އެކަމަށް ޗާޖް ކުރުން
ހަމީދު އ
13 October 2021
މިހާރުވެސް ޗަރޖު ކުރޭ. މިވެރިން އަހަރެމެން އެމީހުންގެ މަޖަލުގައި ޖައްސައިގެން ހަނާކުރަނީ