ލައިފްސްޓައިލް / ފޭސްބުކް

ފޭސްބުކަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ

ފަހަކަށް އައިސް ފޭސްބުކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ގުޅިގެން އެ ކުންފުނި އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަނިކޮށް ފޭސްބުކަކީ މުޖްތަމައުގެ ހަލާކު ކަމަށް ވިދާޅުވެ ސްޕެންޗެޓްގެ ސީއީއޯ އެވަން ސީގަލް ފާޑު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ސޯޝަލް ޕްލެޓްފޯމްތަކެއްގެ ގޮތުގައި މަގުބޫލު އެތައް އެއްޗެއް މިހާރު އޮތަސް، ފޭސްބުކުން މަސައްކަތް ކުރަނީ އެ ނޫން އެއްޗެއް ނެތް ކަމަށް ދައްކަން ކަމަށެވެ. އެކަމަކު އެއީ އެހެން ޓެކް ކުންފުނިތަކުން ނަމޫނާއަކަށް ބަލާވަރުގެ ކުންފުންޏެއް ނޫން ކަމަށާއި ސްނެޕްޗެޓް ދުވަހަކު ވެސް ފޭސްބުކަށް ވާން މަސައްކަތް ނުކުރާނެ ކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ގޮތުގައި ކުރިއަށް ދާން. އަހަރެމެން އަމާޒަކީ މުޖުތަމުއަށް ޕޮޒިޓިވް ބަދަލުތަކެއް ގެނެސްދިނުން. ފޭސްބުކަށް ވާކަށް އަހަރެމެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން." އެވަން ވިދާޅުވި އެވެ.

"މުޖުތަމައު ހަރާބުކޮށް. ހަލާކޮށްލައި ނުރަނގަޅު އެތައް ކަމެއްގެ ފެށުމަކީ ފޭސްބުކް."

އޭނާ ވިދާލުވި ގޮތުގައި މިހާރު ސޯޝަލް ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް ބަލާ އިރު މުޅި ދުނިޔެ އަށް އެންމެ ބޮޑު ބިރަކަށް ވެފައި އޮތީ އެންމެ ކުންފުންޏެކެވެ.

"މުޖުތަމައު ހަރާބުކޮށް. ހަލާކޮށްލައި ނުރަނގަޅު އެތައް ކަމެއްގެ ފެށުމަކީ ފޭސްބުކް،" އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ އެޕްތައް ވެސް ހިންގާ ފޭސްބުކާ ބެހޭ ގޮތުން އެވަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޭސްބުކަކީ ނަމޫނާ ދައްކާ ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ހިންގަން އެއާ ގުޅުނު އެތައް ބަޔަކު މަސައްކަތްކުރި ނަމަވެސް އެތެރޭގައި ހުރި ދޯދިޔާ އެތައް ކަމެއްގެ ސަބަބުން ފޭސްބުކާ މެދު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި އެކަމާ ހުރެ އެހެން ޓެކް ކުންފުނިތަކުގެ ނަމަށް ވެސް ހުތުރު ވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާ އަކީ މިހާރު ބިލިއަނުން މީހުން ބޭނުންކުރާ މުޖުތަމައުގެ ވަރަށް ނުފޫޒު ގަދަ ވަސީލަތެއް. އެކަމަކު ފޭސްބުކްގެ އަމަލުތައް މިހާތަނަށް ހުރި ގޮތުން މީގެ ނުރަނގަޅު އަސަރު އެބަކުރޭ އެހެން ޓެކް ކުންފުނިތަކަށް ވެސް،" އެވަން ވިދާޅުވި އެވެ. "ފޭސްބުކް އެބަޖެހޭ ހަމަ މަގަށް އައިސް މީހުންގެ އިހުތިރާމާއި އިތުބާރު އޮންނަ ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރަން."

ފަހަކަށް އައިސް މާކް ޒަކަބާގްގެ ފޭސްބުކަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑުކިޔުމަކީ އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް އެ އެޕްގެ ސަބަބުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމަށް އެތެރޭގެ ސާވޭއަކުން ދެއްކި ނަމަވެސް އެކަން ސިއްރު ކޮށްފައި އޮތުމެވެ. އަދި އެކަން ފޭސްބުކުން ސިއްރު ކޮށްފައި ވަނީ ލިބިދާނެ މާލީ ގެއްލުންތަކަކަށްޓަކަ އެވެ.

"ފޭސްބުކްގެ އަމަލުތައް މިހާތަނަށް ހުރި ގޮތުން މީގެ ނުރަނގަޅު އަސަރު އެބަކުރޭ އެހެން ޓެކް ކުންފުނިތަކަށް ވެސް."

އެ ސާވޭގެ ވާހަކަ މިގޮތަށް ތިލަވެފައި ވަނިކޮށް ފޭސްބުކުން ދާދި ފަހުން ވަކިވި ކުންފުނީގެ އިސް މަގާމެއް އަދާކުރި ފްރާންސެސް ހޯގެން ފޭސްބުކާ ބެހޭ ގޮތުން އާންމުކުރި ވާހަކަތަކާ ގުޅިގެން ފޭސްބުކްގެ އަނދިރި ފަރާތް އިތުރަށް ބާޒާރު ވެފައިވެ އެެ. އެގޮތުން ބޮޑަށް މާލީ ފައިދާތަކަށް ވިސްނައިގެން ކުންފުނި ބައްޓަން ކުރުމާއި ހިއުމަން ޓްރެފިކިން އާއި ސިޔާސީ ނުފޫޒު ވެސް ފޭސްބުކަށް ފޯރާފައިވާ އޮތް މިންވަރާ ބެހޭ ގޮތުން ފްރާންސެސް އެތައް ވާހަކައެއް މީޑިއާތަކަށް ކިޔައި ދީފައިވެ އެވެ.

މި ހޫނުގަނޑުގެ ތެރެއިން ސްނެޕްޗެޓްގެ ވެރިޔާ ފޭސްބުކަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު، ފޭސްބުކުން ސްނެޕްޗެޓް ގަންނަން 2013 ގައި ހުށަހެޅި އެވެ. އެކަމަކު އެ ހުށަހެޅުން ބޮލާލާޖަހައި ސްނެޕްޗެޓުން ބުނީ އެ މީހުންނަކީ "ފޭސްބުކް ހިނގާ މަގުން ހިނގާ ބައެއް ނޫން" ކަމަށާއި "ކުރިއަށް ދާން އަމިއްލަ ޕްލޭންތަކެއް އެބަހުރި" ކަމަށެވެ.

ސްނެޕްޗެޓަކީ 2011 ގައި ވުޖޫދަށް އައި އެއްޗެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 290 މިލިއަނަށް ވުރެ ގިނަ އެވެ.

7 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދޯގުދޯ

30 October 2021

ޕޮޓް ކޯލިންގ ކެޓްލް ބުލެކް

The name is already taken The name is available. Register?

ޒުކާބަރގަރ

29 October 2021

އެފްބީ މީ ޔަހޫދީން ގެ އެއްޗެއް. ބޯރޑް ގަ ވެސް ގިނައީ އެމީހުން

The name is already taken The name is available. Register?

ހުސެން32234224

30 October 2021

ޒުކަބާރގް އަކީވެސް ޔަހޫދީއެއް ! ދެން ގިނަވާނީ އޭނާގެ ރަށުމީހުންނެއްނު

The name is already taken The name is available. Register?

ސްނެޕް އައުޓް

29 October 2021

ސްނެޕް މީ އާއިލާ ހަލާކުކޮށް ވައްކަން ކުރަން މިހާރު ގެންނުޅޭ އެއްޗެއް . ފޭސްބުކަށްވުރެ ސްނެޕް މާނުބައި

The name is already taken The name is available. Register?

ޢަދުނާނު (ތަބައް)

29 October 2021

އާންމު ރައްޔިތަކަށް ހެވެއްއެދި މިފަދަ ވާހަކައެއް ދައްކަފާނެކަމަޖަށް ނުފެނޭ. ތިމާގެ ވިޔަފާރި ފުޅާކުރަން ތިމާ ވާހަކަދައްކާނީ! ވިޔަފާރީގެ ބަހުރުވައާއި، ސިޔާސީ ޕާޓީތަކުން ކުރާ ބަހުގެ ވިޔަފާރީގެބަސްތަކަކީ ދާދި އެއްގޮތަކަށް ބައްޓަންކުރެވޭ އެއްޗެއް!

The name is already taken The name is available. Register?

އަބޫބަކުރުބެ

29 October 2021

ސްނެޕްވެޓަކީ ވަކިރަނގަޅުއެއްޗެއްތަ؟

The name is already taken The name is available. Register?

މެޓަ

29 October 2021

މީހަކަށް ބުނެވޭ ވަރުގެ މީހެއްތަ މީ؟ ކޮންގްރާ މެޓަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454