މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ކޯޗުންގެ އެވޯޑް ބޮޑީބިލްޑިންގެ އަބްދުލް ހަސީބާއި ނެޓްބޯޅައިގެ އާއިޝަތު ނީޝާ ހަލީމް ހޯދައިފި އެވެ.
ނެޓްބޯޅައިގެ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު ނީޝާ ވަނީ ވިދިވިދިގެން ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދާފަ އެވެ.
އެ އެ ވޯޑްގައި އޭނާއާ ވާދަކުރީ ނެޓްބޯޅައިގެ ޒުވާން ކޯޗު އާއިޝަތު ލޫނާ މޫސާ އާއި ހޭންޑްބޯޅަ ކޯޗު ނަޝްފާ އާމިރާ އެވެ. ލޫނާ ވަނީ ތިންވަނަ ހޯދާފަ އެވެ. ނަޝްފާ އަށް ތިންވަނަ އެވެ.
އެންމެ މޮޅު ފިރިހެން ކޯޗުގެ އެވޯޑްގައި ގައުމީ ބޮޑީބިލްޑިން ކޯޗު ހަސީބާއި ވާދަކުރަނީ އެތުލެޓިކްސް ކޯޗު ހުސައިން ހަލީމާއި ހޭންޑްބޯޅަ ކޯޗު ހަސަން ފަހީމެވެ.
ޓެކްނިކަލް އޮފިޝަލުންގެ އަންހެން ގަދަ ތިނެއް ވެސް ހޭންޑް ބޯޅަ އަށް
އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލުންގެ އެވޯޑް ހޯދީ ހޭންޑޯޅައިގެ ޝިމްލާ އެވެ. އޭނާއާ ވާދަކުރީ ވެސް ހޭންޑްބޯޅައިގެ ދެ އޮފިޝަލުންނެވެ. އެއީ ފާތމަތު މަލްޝާ ޝިޒުނާ ރަޝީދެވެ.
އެންމެ މޮޅު ފިރިހެން ޓެކްނިކަލް އޮފިޝަލުގެ އެވޯޑް ހޯދީ ޓީޓީގެ މުހައްމަދު ޔާމީނެވެ. އޭނާއާ ވާދަކުރީ ވޮލީގެ ބީޗްވޮލީ ކެޓަގަރީގެ ހުސައިން މުހައްމަދާއި އިސްމާއީލް އަބްދުﷲ އެވެ.