އެފްއޭ ކަޕްގެ ދެވަނަ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީން ޖެހި ދެ ލަނޑު ވެސް ޖަހައިދިނީ ބިދޭސީ ފޯވާޑް ޕްރިންސް ބޯޑޫ އެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލްގައި ޓީސީ ބައްދަލުކުރަން ޖެހޭނީ ނިއު ރޭޑިއަންޓާ އެވެ.

ދިވެހި ޕްރިމިއާ ލީގު ޓީސީން ނިންމާލީ ރެލިގޭޝަން ޒޯނުގައި އޮވެގެން ކަމަށް ވީނަމަވެސް، ލީގުގެ ގަދަ ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް އަތުން މި މެޗުގައި ޓީސީ ފެނުނީ ވަރަށް ވަރުގަދަކޮށެވެ މިއީ ޓީސީން މި ސީޒަނުގައި ދައްކަމުން އަންނަ ކުރިއެރުން ހާމަވެގެންދިޔަ އެންމެ މުހިންމު ނަތީޖާ އެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީން މީގެ ކުރިން ކުޅެފައިވަނީ 2016 އަދި 2017 ވަނަ އަހަރު އެވެ. އެ ދެ އަހަރުވެސް ޓީސީ ފައިނަލަށް ގެންގޮސްދިނީ މިހާރު ބުރު ސްޕޯޓްސްގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމެވެ. ނަމަވެސް މިފަހަރު އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ބުރު ބަލިކޮށް ޓީސީން ވަނީ އޭނާގެ މައްޗަށް ކުރިހޯދާފަ އެވެ .

މީގެ ނުވަ އަހަރު ކުރިން، 2017 ގައި ކުޅުނު  ފައިނަލުގައި ވެސް ޓީސީން ނުކުތީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. . އެ ފަހަރު ޕެނަލްޓީ ޖަހައިގެން ކުރިހޯދައި ތަށި އުފުލާލީ ނިއު ރޭޑިއަންޓެވެ . އެހެންކަމުން މިފަހަރުގެ ފައިނަލަކީ ޓީސީއަށް ބަދަލުހިފަން ލިބޭ ރަނގަޅު ފުރުޞަތެކެވެ .

ޓީސީގެ މިހާރުގެ ކޯޗު އަޙްމަދު އާތިފް (އާތީ) ޓީމާ ހަވާލުވީ ސީޒަނުގެ މެދަކާ ހިސާބުންނެވެ . އޭނާ ޓީމާ ހަވާލުވި ފަހުން ޓީސީގެ ކުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެ، ނަތީޖާތަކުން އެކަން ފެންނަން ފަށާފަ އެވެ .

އެފްއޭ ކަޕް ފައިނަލު މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. އެ ދުވަހު ހަވީރު ތިންވަނަ ހޮވާ މެޗުގައި ޓީސީ އާއި ބްލޫ ސްޕޯޓްސް ވާދަކުރާނެ އެވެ. ނިއު ފައިނަލަށް ދިޔައީ ބްލޫ ބަލި ކުރުމަށް ފަހު އެވެ.