މައްޗަންގޮޅި ސަހަރާތެރޭގައި އޮންނަ ހުސް ސަރަހައްދުގައި މައިޒާނެއް ހެދުމަށް، އެ ސަރަހައްދުގައި އުޅޭ މީހުންނާ އެކު މަޝްވަރާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މައްޗަންގޮޅި ސަހަރާ ތެރޭގައި އޮންނަ ހުސް ސަރަހައްދު ސާފުކޮށް ހިތްފަސޭހަ މައިޒާނަކަށް ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުގައި އުޅޭ މީހުންނާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓާ އެކު ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމް، އެ ސަރަހައްދުގައި އުޅޭ މީހުންނާ ބައްދަލުކުރާ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

މައްޗަންގޮޅި ސަރަހާ ސަރަހައްދުގައި އުޅޭ މީހުން ރާޒުވާ ކުޅުން ފަދަ ކަންކަން އެތަނުގައި މިހާރު ވެސް ކުރެ އެވެ.

އެ ސަހަރާއަކީ ވެސް މީގެ އެތައް އަހަރެއް ކުރިން ފެށިގެން މީހުން ވަޅުލުން ހުއްޓާލާފައިވާ ތަނެކެވެ.