14 ޑިސެމްބަރ

December 14, 2018 81
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ބުނެ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން ސަރުކާރަށް މިއަދު ފާޑު ކިޔައިފި...

December 14, 2018 118
ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި...

13 ޑިސެމްބަރ

December 13, 2018 26
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ...

10 ޑިސެމްބަރ

December 10, 2018 16
ކޮރަޕްޝަން ހާމަކުރާ މީހާ އަށް ފިޔަވަޅު އަޅާނަމަ ޖަލަށް

ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނާ ދޭތެރޭގައި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ކުރާ މީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް"ގައި ހިމަނައިފި އެވެ.

09 ޑިސެމްބަރ

December 09, 2018 16
ކޮރަޕްޝަން ސާބިތުކުރަން ގާނޫނުގައި ބާގަނޑު އެބަހުރި

ކޮރަޕްޝަންގެ ކުށް ސާބިތު ކުރަން ގާނޫނުތަކުގައި ބޮޑެތި "ބާގަނޑުތަކެއް" ހެދިފައި ހުރި ކަމަށާއި އެކަން ހައްލު ކުރަން ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އައިއިރު، ހައްލެއް ލިބިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2018 42
މާފަރު އެއާޕޯޓް: ރައްޔިތުންގެ އުންމީދުތައް ފެނަށް!

ނ. މާފަރުގައި އެއާޕޯޓް އަޅަން ސަރުކާރުން ހަވާލު ކުރުމާ އެކު، އެ އަތޮޅާއި އެ ރަށު ރައްޔިތުން ގަބޫލުކުރީ އެ މީހުންގެ އުންމީދުތަކަށް ނިމުމެއް އައީ ކަމަށެވެ! ބޮޑު އަގުގައި އެ މަޝްރޫއު ބިޑްކޮށް މަޝްރޫއުގައި އެހެން ކަންކަން ވެސް ހިމެނޭތީ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެކަމަކު އާޚިރުގައި އެކަން ނިމިގެން މި ދަނީ ހީ ވެސް ނުކުރާ...

03 ޑިސެމްބަރ

December 03, 2018 19
ދެ ކޮމިޝަން ތަހުގީގީ އިދާރާއަކަށް ހަދައި ބާރުތައް ދެނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 15
ހަ މަހުގެ މައްސަލަތަކުން 100 މިލިއަން ލިބެން ޖެހޭ

މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ފޮނުވި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ އަދަދު 108 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭސީސީން ބުނެފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 21
އިބޫއަކީ އުފެދުމުގައި ވެސް ލީޑަރެއް: ފައިސަލް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ "އުފެދުމުގައި ވެސް ލީޑަރެއް" ކަމަށާއި ރައްޔިތުންގެ މަޖިލިހުގައި އޭނާގެ ފަރާތުން އެކަން ފެނިވަޑައިގެންފައިވާ ކަމަށް، ރަނިން މޭޓް ފައިސަލް ނަސީމް މިއަދު، ކ. ކާށިދޫގައި، ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2018 20
ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: އިބޫ

ރާއްޖޭގެ ބައެއް ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަކަށް ވުރެ، ގިނަ މީހުންނަށް ދީ ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2018 30
ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ: އިބޫ

ސަރުކާރުން ފައިސާ އިން ވައްކަން ކުރިކަމަށް ވިޔަސް، ވޯޓުން ވައްކަން ކުރިޔަ ދީގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

08 ސެޕްޓެމްބަރ

September 08, 2018 49
ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނަން

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2018 18
ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު، ވޭތުވެދިޔަ މާޒީން ފެންނަ އެހެން މަންޒަރެއް ވެސް އޮވެ އެވެ. އެއީ ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ ބައެއް މީހުންނަށް އަންނަ ކުއްލި...

02 ސެޕްޓެމްބަރ

September 02, 2018 11
ކޮރަޕްޝަން ހިންގަން ދެވަނަ ފުރުސަތެއް ނުދޭނަން: އިބޫ

އިދިކޮޅު ވެރިކަމެއްގައި ވައްކަމާއި ކޮރަޕްޝަނަށް އަރައިގަންނަ މީހުންނަށް ދެވަނަ ފުރުސަތެއް ނުދީ ފިޔަވަޅު އަޅުއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގއ. ކޮނޑޭ ގައި މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2018 107
ނިހާން އިދިކޮޅަށް: ރީތި އަޚުލާގަކީ ވަގަށް ގޮވުންތޯ؟

ރީތި ކެމްޕެއިނަކާ އެކު، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާން، މާރިޔާ އަހުމަދު ދީދީ ވިދާޅުވުމާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2018 102
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން

ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތަކީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދިނުން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

06 އެޕްރީލް

April 06, 2018 79
ނިހާނަށް އިންތި އާއި ރޮޒެއިނާގެ ވަރުގަދަ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ މުސާރައިން ކަމަށް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް...

11 ފެބުރުއަރީ

February 11, 2018 10
އަނބުރާ ހޯދަން އެންގި ފައިސާ 1.3 ބިލިއަނަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި މައްސަލަތަކުގައި 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވާ އޭސީސީން ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2018 7
އެއްބަސްވުމެއް ނެތި 19 މިލިއަން ރުފިޔާގެ ތަކެތި ހޯދި

އެއްބަސްވުމެއް ނެތި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2018 8
އަދީބަށް އިހުމާލެއް ނުވޭ، ހުރިހާ ފަރުވާއެއް އެބަދޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

24 ޑިސެމްބަރ

December 24, 2017 18
ވައްކަން ކުރަން ރައީސް ވިދާޅުވެފައެއް ނެތް: ސިޔާމް

ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، ވައްކަމެއް ކުރަން ރައީސް އަބްދުﷲ ޔާމީން ދުވަހަކު ވެސް އޭނާގެ އަރިހުގައި ވިދާޅުވެފައި ނުވާ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.