މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ބޭއްވި "އެމްއައިބީ ޗެލެންޖު"ގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

މި ޗެލެންޖުގެ ނަސީބުވެރިންނަށް ހޮވުނީ ހަސަން ހަމްދޫނާއި މުހައްމަދު އަޒްވަރު އަދި މަމްދޫހް ޝަހީމެވެ.

އެ ތިން ނަސީބުވެރިން ހޮވީ ކުއިޒު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރި މީހުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. ތިން ނަސީބުވެރިންނަށް ވެސް ދީފައި ވަނީ އައިފޯން 17 ޕްރޯ މެކްސް އެވެ. 

"އެމްއައިބީ ޗެލެންޖު" ބޭއްވީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

"އެމްއައިބީ ޗެލެންޖް" ބޭއްވީ އެ ބޭންކުން ފައިނޭންޝަލް ލިޓްރަސީ އިތުރު ކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް ޕްރޮމޯޓު ކުރުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ހިތްވަރު ދިނުމަށެވެ. 

މި ކުއިޒަށް އާންމުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އެމްއައިބީ އިން ބުންޏެވެ. އަދި މި ފަދަ ބޮޑު ތަރުހީބެއް ލިބުމަކީ އެމްއައިބީގެ ހިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ރަމްޒު ކޮށްދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރި އެވެ.