19 މާޗް

March 19, 2019 23
ބައެއް މައްސަލަތަކުގެ ތަހުގީގު ނިމިއްޖެ: ސުއޫދު

މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ނިމިފައިވާ ކަމަށް، އެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

March 19, 2019 22
ޝިމާ ގެއްލުން: ފުލުހުން އަދިވެސް އެއްޗެކޭ ނުބުނޭ!

ލ. ފޮނަދޫން، އެ އަތޮޅު މާމެންދު އަށް ކުޑަ ޑިންގީއެއްގައި ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލައި އައިމިނަތު ޝިމާ، 19، ގެއްލުނު ހާދިސާގެ މިހާތަނަށް ތަހުގީގު ގޮސްފައިވާ ގޮތާ މެދު ފުލުހުން...

11 މާޗް

March 11, 2019 47
ފަޒީލާއެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ގެއްލިފަައިވާ އައިމިނަތު ޝިމާގެ އަންހެން ކޮއްކޮއެއް ގޮވައިގެން އިއްޔެ ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ދަތުރުކުރި އިބްރާހިމް ފަޒީލާއި އިތުރު ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް މިއަދު ޖަހައިފި އެވެ.

10 މާޗް

March 10, 2019 82
ޝިމާގެކޮއްކޮ ގޮވައިގެން ޑިންގީގައި ދަނިކޮށް ހުއްޓުވައިފި

މިދިޔަ މަހު ޑިންގީއެއް ބަންޑުން ޖަހާލައި، ގެއްލިފަައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ވެސް ދަތުރުކުރި އިބްރާހިމް ފަޒީލްގެ އިތުރުން އެހެން ދެ މީހަކު ފުލުހުން ހިފަހައްޓައިފި އެވެ.

28 ފެބުރުއަރީ

February 28, 2019 22
ޝިމާ ހޯދުން: މުޅި އަތޮޅު ބަލައިގެން ވެސް ނުފެނުނު

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން މުޅި ލ. އަތޮޅު ބެލުމުން ވެސް އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފާއި މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2019 112
"ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ"

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް، މިދިއަ ހުކުރުދުވަހުގެ އިރު އޮއްސި، ކަނު އަނދިރީގައި، ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލިފައިވާއިރު ޑިންގީ ދުއްވަން އިން ޒުވާނާ އަށް ބައެއް މީހުންގެ ނުރުހުމުގެ އިނގިލި ވަނީ އަމާޒުވެފަ އެވެ.

23 ފެބުރުއަރީ

February 23, 2019 50
ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ޒުވާނާ އަދި ނުފެނޭ

ޑިންގީ ބަންޑުން ޖަހާލައިގެން ރޭ ގެއްލުނު އަންހެންމީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2019 13
ފީނަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެ

ބ. އެނބޫދޫ ކައިރީގައި އޮންނަ ރަންގަލި ފަރަށް ފީނަނިކޮށް މިއަދު ގެއްލުނު ޒުވާނާ، މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

05 ފެބުރުއަރީ

February 05, 2019 3
މަރުގެ 7 މައްސަލައެއްގައި ފިޔަވަޅު އެޅި:އެޗުއާރުސީއެމް

ތަފާތު މަރުތަކާއި ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ މީިހުންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި އިހުމާލުވި ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާއިން ފިޔަވަޅު އަޅާފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2019 19
ސުއޫދަށް ދައުވާ ކުރެވޭނީ ޕީޖީ އަށް އެކަނި: ނަޝީދު

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދާ ދެކޮޅަށް ދައުވާ ކުރެވޭނީ ދައުލަތުން އުފުލާ ދައުވާއެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

22 ޖެނުއަރީ

January 22, 2019 18
މަރުގެ މައްސަލަ ބަލާ ކޮމިޝަނުން އުގެއިލްގެ އެހީ ހޯދަނީ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.

19 ޖެނުއަރީ

January 19, 2019 4
ގެއްލުނު ދޯނި ފެނިއްޖެ

ގދ. ތިނަދޫ އިން ތިން މީހުންނާ އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ދޯނި ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

18 ޖެނުއަރީ

January 18, 2019
ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ގދ. ތިނަދޫން ފުރައިގެން ތިން މީހުންނާ އެކު މާލެ އަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިރޭ ހޯދަން ފަށައިފި އެވެ.

16 ޖެނުއަރީ

January 16, 2019 2
މަނަދޫ ކައިރިން ގެއްލުނު މީހާ ވެސް ފެނިއްޖެ

ނ. މަނަދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ވެސް ފެނިއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2018 3
މަރުތައް ބަލާ ކޮމިޝަނުން މުނާޒް އިސްތިއުފާ ދެއްވައިފި

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ މެމްބަރު ކަމުން އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 3
އަމާޒަކީ މައްސަލަތައް 3 މަހުން ނިންމާލުން: ކޮމިޝަން

މިހާރު ބަލަމުން އަންނަ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް، ވަގަށް ނަގާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2018 26
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟

ރިިޔާސީ ކޮމިޝަންތައް އުފެއްދުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އައި ފަހުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް އެކި ނަންނަމުގައި އަދި އެކި ބޭނުމުގައި ރިޔާސީ ކޮމިޝަންތައް އުފައްދައި، މަސައްކަތްތަކެއް ކުރި އެވެ. ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން، ދައުލަތުން ޚަރަދުތަކެއް ކޮށްގެން އެފަދަ...

03 ޑިސެމްބަރ

December 03, 2018 19
ދެ ކޮމިޝަން ތަހުގީގީ އިދާރާއަކަށް ހަދައި ބާރުތައް ދެނީ

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.

27 ނޮވެމްބަރ

November 27, 2018 10
ރިލްވާންގެ ތަހުގީގަށް، މިނިސްޓަރު ބަޔާން ދެއްވައިފި

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަަލައިގެ ތަހުގީގަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް މިއަދު ހާޒިރުވެވަޑައިގެން ބަޔާން ދެއްވައިފި އެވެ.

21 ނޮވެމްބަރ

November 21, 2018 28
"އިންސާފަށް ވާސިލްވާން، ތަހުގީގުން ނަތީޖާ ނެރެދޭނަން"

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ރައްޔިތުންނަށް އިތުބާރު ކުރެވޭ ދަރަޖައަށް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމާ ހަމައަށް ވާސިލްވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަން، ރިޔާސީ ކޮމިޝަނުން މިއަދު ދީފި އެވެ.