09 ޖޫން

June 09, 2017 35
ސައުދަށް ކުރަނީ ޝުޖާއު އަވަހާރަކޮށްލަން ރޭވުމުގެތުހުމަތު

އޭނާގެ މައްޗަށް ވެސް ފުލުހުން ތުހުމަތު ކުރަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތު ކަމަށް ވިލިނގިލީ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ސައުދު ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.

05 ޖޫން

June 05, 2017 19
މެމްބަރު ސައުދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސައުދު ހުސެއިން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

01 ޖޫން

June 01, 2017 52
ސަރުކާރަށް ޝަކުވާ: "އަނިޔާވެރިވިއަސް ބޮޑުވަރު"

ސިންގަޕޫރުގައި ފަރުވާދެމުން ދިޔަ، ބޮޑުދައިތަ ފަރީޝާ އިބްރާހިމް ދެކިލަން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ފާރިސް މައުމޫން ތަކުރާރުކޮށް ސަރުކާރުގައި އާދޭސް ދެންނެވި އެވެ؛ އެކަމަކު ރޭ އެކަމަނާ އަވަހާރަވިއިރު ވެސް ސަރުކާރުން އެ ފުރުސަތު އޭނާއަކަށް ނުދިނެވެ. މި މައްސަލާގައި އެތައް ބައެއްގެ ނުރުހުން މިވަނީ...

22 މެއި

May 22, 2017 3
މަޖިލިހުގެ ޖަލްސާތައް ޖޫން 5 ގައި ފަށަނީ

ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ދޮޅުމަސް ދުވަހުގެ ޗުއްޓިއަކަށް ފަހު، އަންނަ މަހުގެ ފަހެއްގައި ފަށަން ނިންމައިފި އެވެ.

17 އެޕްރީލް

April 17, 2017 139
މުހައްމަދު އިސްމާއިލްގެ "ފައިސާ ގޯނި" މައްސަލަ ބަލަނީ

"ފައިސާ ގޯނި" ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ވާހަކަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

12 އެޕްރީލް

April 12, 2017 10
ގާސިމްގެ މައްސަލާގައި މެމްބަރުންގެ ހޫނު ރައްދު މަސީހަށް

ފުލުހުންގެ ބަންދުގައި ހުންނެވި ދުވަސްތަކުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކޮށް ނުދިން މައްސަލާގައި އިދިކޮޅު...

April 12, 2017 24
ގާސިމް ހައްޔަރުކުރި މައްސަލާގައި ޕީޖީ ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ހިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ޕްރޮސިކިއުޓަ...

11 އެޕްރީލް

April 11, 2017 45
މެމްބަރުންގެ ހަމަބުއްދި ކޮބައިތޯ މައުމޫން އައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭ ގޮތް ބަދަލު ކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރި އިރު، އެ މެމްބަރުންގެ ހަމަބުއްދި ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފި އެވެ.

10 އެޕްރީލް

April 10, 2017 53
ގަވައިދަށް ބަދަލު ގެނެސް މަސީހާއި މޫސަ ސަލާމަތްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހަޅާފައިވާ މައްސަލައިން އެ ދެ ބޭފުޅުން ސަލާމަތް ކުރުމަށްޓަކައި މަޖިލިހުގެ ގަވައިދަށް ކުއްލި ގޮތަކަށް އިއްޔެ ގެނައި އިސްލާހަށް ވޯޓަށް އެހުމުގެ ޖަލްސާ ފަށައިފި އެވެ.

09 އެޕްރީލް

April 09, 2017 37
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަމުންދާ ގޮތަށް ބަލާއިރު، ސަރުކާރަށް ތާއީދުކުރާ...

April 09, 2017 20
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި...

06 އެޕްރީލް

April 06, 2017 37
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް

ކިތަންމެ ބިރެއް ދެއްކެވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިސްލާހީ ހަރަކާތާ ގުޅިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

05 އެޕްރީލް

April 05, 2017 14
މަޖިލިސް "ހަމައިން ނެއްޓިފައިވާ" މައްސަލަ އައިޕީޔޫއަށް

ގާނޫނާއި އިޖުރާއަތުތަކާ ހިލާފުވެ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

02 އެޕްރީލް

April 02, 2017 4
ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

28 މާޗް

March 28, 2017 109
ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް...

14 މާޗް

March 14, 2017 72
މިއީ ހަމައެކަނި މަސީހާ ދެކޮޅު ވޯޓެއް ނޫން: ރައީސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2017 34
މަސީހު ވަކިކުރުމުގެ މައްސަލަ މި މަހުގެ 27 ގައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ މި މަހުގެ 27 ގައި ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވައިފި އެވެ.

09 މާޗް

March 09, 2017 84
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހައިރާންވާވަރުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ؛ ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި އެތައް ހައްގެއް ނިގުޅައިގެންފި އެވެ. ސަރުކާރު ބޭނުންވާ ގޮތަކަށް އެތައް ކަމެއްގައި "ރަބަ ސްޓޭމްޕް" ޖަހައި ދީފި އެވެ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ހުރިހާ ދޮރެއްހެން ބަންދުކޮށްފި އެވެ. "ކުރާނެ މަސައްކަތެއް...

08 މާޗް

March 08, 2017 97
މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 26 މެމްބަރެއްގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ދެންމެ ހުށަހަޅައިފި އެވެ.

28 ފެބުރުއަރީ

February 28, 2017 60
މެމްބަރުންނަށް ފުލުހުން ޖެއްސުންކުރާ ކަމުގެ ޝަކުވާތަކެއް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފުލުހުން "ޖެއްސުން" ކުރާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

February 28, 2017 4
ހެލްތުން 16 މިލިއަން ރުފިޔާ ހަރަދުކުރި މައްސަލަ މަޖިލީހަށް

ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެ މައްސަލަ ބަލައިދޭން...

February 28, 2017 144
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!

ރައްޔިތުންނަށް ދެއްކީ މުޅިން އެހެން މަންޒަރެކެވެ؛ ފަރުދާގެ ފުރަގަހުގައި ސަރުކާރާއި އިދިކޮޅު އެމްޑީޕީން ހެދީ ވަރުގަދަ "ސިއްރު ޑީލެކެ"ވެ. ސަރުކާރުން "ފޮރުވާފައި" އޮތް އެޖެންޑާ އަކީ...

25 ފެބުރުއަރީ

February 25, 2017 46
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރު ދީފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

23 ފެބުރުއަރީ

February 23, 2017 64
ބިން މިލްކުކުރެވޭ އިސްލާހު ބަދަލުކުރަން ހުށަހަޅަނީ

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނިންމައިފި އެވެ.