މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހައިޝަމް އިބްރާހިމް އަލީ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ހޯދައިފި އެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި މި މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތައް ކުޅެފައިވަނީ އިއްޔެ ހަވީރު އެވެ. ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު ފައި
ފިރިހެން ސިންގަލްސް ތަށި ހައިޝަމް ކާމިޔާބުކުރީ މުޅިން އަލަށެވެ. ފައިނަލްގައި ނިބާލް އަހްމަދުގެ މައްޗަށް 2-1 ސެޓުން ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށް ފަހު އެވެ. ސެޓްތައް ދިޔައީ 17-15، 08-15 އަދި 15-12 އިންނެވެ.
ބެޑްމިންޓަނާ ކުޅުން ހުއްޓާލައިގެން ވެސް ހައިޝަމް ހުއްޓެވެ. އަލުން ކޯޓަށް ނުކުމެ އޭނާ ހޯދި މި ކާމިޔާބީއަކީ ގައުމީ މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފައިނަލުންނެވެ. އޭނާ ފައިނަލަށް ދިޔައީ ސެމީގައި ޒަޔާން ޒަކީ ބަލިކުރުމަށްފަހު އެވެ. އަދި ނިބާލް ފައިނަލުގެ ޖާގަ ހޯދީ ހަސަން ޒަޔާން މުހައްމަދު ސީދާ ދެ ސެޓުން ބަލިކޮށްގެން އެވެ.
އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ނަބާހާ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އަދި އޭނާގެ އުއްތަރަ އާމިނަތު ނަބީހާ އަބްދުއްރައްޒާގު ސީދާ ދެ ސެޓުން ބަލިކޮށްގެން އެވެ. މި މެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ 15-6 އަދި 15-12 އިންނެވެ.
ޑަބަލްސް އިވެންޓުތަކުގައި، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީ އާއި ނިބާލްގެ ޕެއާއެވެ. އެއީ ފައިނަލްގައި ހައިޝަމް އާއި މުހައްމަދު ހަލަފް އިމްރާންގެ ޕެއާ މައްޗަށް ކުރިހޯދައިގެންނެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަބާހާ އާއި ނަބީހާގެ ޕެއާ ހޯދީ މައިސާ ފަތުޙުﷲ އާއި އާއިޝަތު އަފްނާން ރަޝީދުގެ ޕެއާ 15-04 އަދި 15-05 އިން ބަލިކުރުމަށްފަހު އެވެ.
މިކްސްޑް ޑަބަލަސް ޗެމްޕިއަންކަން ހޯދީ ނިބާލާއި ނަބީހާގެ ޕެއާ އެވެ. އެ ދެ ކުޅުންތެރިން ކާމިޔާބު ހޯދީ ޒަޔާން ޒަކީ އަދި ނަބާހާގެ ޕެއާއާ ދެކޮޅަށެވެ.