ޚަބަރު / ހިއުމަން ރައިޓްސް

ގާނޫނުތަކުން އަންހެނުންގެ ހައްގުތައް ކަށަވަރުވާ ކަމަށް ގަބޫލުކުރަނީ މަދުބައެއް: ދިރާސާ

އެމްއެންޔޫގެ ރިސާޗަރުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.

ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަންހެނުންގެ ހައްގުތައް ރަނގަޅަށް ރައްކާތެރިކުރެވޭކަން ގަބޫލުކުރަނީ ވަރަށް މަދު ބަައެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެދިގެން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ކުރި ދިރާސާއިން ދެއްކި ގޮތުގައި ގާނޫނު އަސާ އާއި ގާނޫނުތަކުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވޭ ކަމަށް "ވަރަށް ބޮޑަށް" ގަބޫލުކުރަނީ 40 ޕަސެންޓަށް ވުރެ މަދު މީހުންނެވެ. އެކަން އެއްގޮތަކަށް ވެސް ގަބޫލުނުކުރާ ކަމަށް ސާވޭގައި ޖަވާބު ދިން މީހުންގެ ތެރެއިން 32.2 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ދެނެގަނެ، އެކަން ހުއްޓުވަން ކުރަންޖެހޭ ކަންތައްތައް ވެސް ދެނެގަތުމަަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ޕާލަމެންޓްރީ އިންކްއަރީގެ ބައެއްގެ ގޮތުގައި ކުރި އެ ސާވޭއިން ދެއްކި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫތަކުން އަންހެނުންގެ ހައްގުތައް ރައްކާތެރިިކުރެވޭ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަނީ ޖަވާބުދިން މީހުންގެ ތެރެއިން 17 ޕަސެންޓް ފިިރިހެނުންނާއި 11 ޕަސެންޓް އަންހެނުންނެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓްގައިވާ ގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަންހެނުންގެ ހައްގުތައް ކަށަވަރުކުރެވޭ ކަމަށް ގަބޫލުކުރެވޭތޯ 600 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރެއިން 180 މީހުން ނުވަތަ 29.9 ޕަސެންޓް މީހުން ބުނެފައި ވަނީ އެކަމުގައި ވަކިކޮކޮޅަކަށް ބުރަނުވާ ކަމަށެވެ.

ރިޕޯޓްގައިވާ ގޮތުން އެމްއެންޔޫގެ ކޮންޓިޓޭޓިވް ސާވޭއަކާއި ކޮޮލިޓޭޓިވް ސާވޭއެއް ކުރި އެވެ. އޭގެ ތެރެއިން އެއް ސާވޭ ކުރިއަށް ގެންދިޔައީ ސުވާލުކަރުދާހަކަށް ބައިވެރިން ޖަވާބު ދޭ ގޮތަށެވެ. އެ ބައިގައި 498 އަންހެނުން ބައިވެރިކުރި އިރު، ފިރިހެނުން ބައިވެރިކުރީ އެއަށް ވުރެ މަދުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އަންހެނުންގެ ހައްގުތަކާ ބެހޭ ޕާލަމެންޓްރީ އިންކްއަރީއެއް ކުރިއަށް ގެންދަން ހުށަހެޅުއްވީ އޭނާ. ފޮޓޯ: މަޖިލީހުގެ އިދާރާ

އޮންލައިން ސާވޭއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ސާވޭގެ މައިގަނޑު ބޭނުމަކީ ރިޕޯޓްގައި ބުނި ގޮތުގައި ރާއްޖޭގަައި ޖެންޑާގެ ތަފާތުކުރުން އޮތް ވަރު ދެނެގަތުމެވެ. އެ ސާވޭ ކުރިއަށްގެންދިޔައީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޮންލައިން ސާވޭގެ ލިންކް ހިއްސާކޮށްގެން، ބައިވެރިން އަމިއްލައަށް ސުވާލު ކަރުދާސް ފުރައިގެންނެވެ. ދިރާސާގެ ސަރވޭގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދަކުން ޖުމްލަ 619 ދިވެހިން ބައިވެރިވެރި ވި އެވެ.

ގާނޫނުން ރައްކާތެިރކަން ލިބޭކަމަށް ނުދެކޭ ބައެއް ސަަބަބުތައް

1- ގާނޫނުތައް ހުރި ނަމަވެސް ތަންފީޒު ނުވުން (މިސާލަކަށް އަންހެނުންނަށް ކުރިމަތިވާ ފުރައްސާރަ ރިޕޯޓް ކުރިޔަސްް މައްްސަލަ ދިގުލައިގެން ދިއުން)

2- ރިޕޯޓް ކުރުުމުން ސިއްރު ނުހިފެހެއްޓުން، ރިޕޯޓްކުރުމުގެ ނިޒާމުގައި ރައްކާތެރިކަން ނެތުން.

3- އާއިލާގެ ގަދަރު ހިފެހެއްޓުމަށް ޓަކައި ރިޕޯޓްނުކުރަން އާއިލާތަކުން އެދުން.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ދިރާސާގެ ހޯދުންތައް ހުށަހަޅުއްވަމުން އެމްޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ބައިނަލްއަގުވާމީ އެހެން ދިރާސާތަކަށް ބަލާއިރު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޖެންޑާގެ ތަފާތުކުރުން ކުޑަކަމަށެވެ. އެކަމަކު ކަންކަމާ ކުރިމަތިލުމުގައި ހުރަސްތަކެއް ނެތް ނަމަވެސް ސަގާފަތާއި އާދަކާދައިގެ ގަބޫލުކުރުންތަކުގެ ސަބަބުން އެ ފުރުސަތުތައް ބޭނުންކުރުމުގައި ރާއްޖޭގައި ހުރަސްތައް އެބަހުރި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ގާނޫނުތައް ތަންފީޒުކުރުމުގައި، އަންހެނުންނަށް ތަފާތުކުރާ ކަން، ދިރާސާއިން ފާހަގަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެން ބޭފުޅުން ވަރިވާން ބޭނުންވިޔަސް، އެ ބޭފުޅުންނަށް ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅުނުކަމައި ވިޔަސް، އަންހެން ބޭފުޅަކު ހުށަހަޅުއްވައިފިއްޔާ އެ ދިގުލައިގެން ދިއުމާ، އެކަހަލަ ކަންތައްތައް [ކުރިމަތިވޭ]،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުންގެ ހައްގުތައް ލިބިދެވޭ ވަރު ބަލަން ޕާލަމެންޓްރީ އިންކުއަރީއެއް ހިންގީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

4 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމޭއްތަ

17 November 2021

އަންހެނުންނަށް ރާއްޖޭގައި ނެތީ ކޮން ހައްގެއްތޯ ކަންނޭނގެ ބަލަންވީ. ގައިމު ފިރިހެނުންނަށް ރިޒާވް ސީޓު ތަކެއް ނުހުރޭ. އަންހެނުންނަށް ހުރޭ. ފިރިހެނުންގެ ހައްގު ލިބޭތޯ ބަލަން ދިރާސާ އެއް ކުރިޔަސް އޮންނާނީ ނުލިބެޔޭ. ވިޔަފާރަވެރިން ކައިރިން ފައިދާއެއް ވޭހޭ ބަލަން ދިރާސާއެއް ކުރިއަސް ބުނާނީ އަނގަޔާ އަތާ ދިމާނުވެއޭ. އެކަމު އެތައް ވިޔަފަރިއެއް އޮންނާނެ

The name is already taken The name is available. Register?

ސަލާން

17 November 2021

ބަލަ ރާއްޖޭގެ އަންހެނުންނަށާއި ފިރިހެނުންނަށްވެސް ނުލިބިގެން މިއުޅެނީ އެންމެ އަސާސީ ހައްގުތައް ކަމުގައިވާ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އަދި ހުރިހާ ކަމެއްގައި އަދުލު އިންސާފު. މި ގައުމު މީހުން އުޅޭ ހާލު ނޭނގޭ ބަޔަކު ބޮޑު ގޮނޑީގައި ބައިތިއްބައިގެން ޔޫރަޕުގެ ތަރައްގީވެފައިވާ ގައުމުތަކުގައި ނަގާ ޕޮލް ނަގައިގެން މި އެނގެނީ ވަކި ކޯއްޗެ؟ ގަމާރުން ވޯޓުލާ ގައުމެއްގައި ތިބޭނީ މިކަހަލަ ވެރިން

The name is already taken The name is available. Register?

ޖަމީލުބެ

17 November 2021

ގާނޫނުތަކުން ފިރިހެނުންގެ ހައްގުތައް ކަށަވަރުވާ ކަމަށް ގަބޫލުކުރަނީ ކިތައް ޕަސެންޓު މީހުންބާ؟ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ!

The name is already taken The name is available. Register?

އެމްސް

17 November 2021

ޤާނޫނުން ފައިދާއެއްވަނީ ޤާނޫނު ހަދާ މީހުނަށް، އެއީ މަހުން މަހަށް ލިބޭ މެގަ އާމްދަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454