ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް 5،000ރ. އަށް ބޮޑުކުރަން ރައީސަށް ހުށަހަޅަނީ

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭ "ރިހިވެލި އެވޯޑް 2019" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފައިލް ފޮޓޯ: މިހާރު

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިނާޔަތުގެ ގޮތުގައި ސަރުކާރުން ދޭ ފައިސާގެ އަދަދު ބޮޑުކޮށްދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000ރ. ގެ އިނާޔަތެކެވެ. ނަމަވެސް ޕެޓިޝަނުގައި އެދިފައި ވަނީ އެ އިނާޔަތް 5،000ރ. އަށް ބޮޑުކޮށް ދިނުމަށެވެ.

ރައީސަށް މި ޕެޓިޝަން ހުށަހަޅަނީ ހއ. އިހަވަންދޫގެ ހާއްސަ އެހީ އަށް ބޭނުންވާ ތިން ޒުވާނެއް ކަމަށްވާ މުހައްމަދު އިރުފާނާއި އަލީ ޖުއައިދު އަދި އަލީ ފަޔާޒްގެ ފަރާތުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ޕެޓިޝަން ހުށަހަޅަން އެ މީހުން ނިންމާފައި ވަނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރުމަށް އަންނަ މަހުގެ 1 ގައި އިހަވަންދޫގައި ބާއްވާ ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގަތުމުންނެވެ.

މި ޕެޓިޝަނުގައި ބުނެފައި ވަނީ މިހާރު ދޭ 2،000ރ. ގެ އިނާޔަތަކީ މިހާރު ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ. އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރު ވެސް، ކެއުންބުއިމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ ކަމަށް ޕެޓިޝަނުގައި ވެ އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ތެރޭގައި ވެސް އާއިލީ ޒިންމާތަކާއި ގިނަ ހަރަދުތައް ކުރަން ޖެހޭ މީހުން އުޅޭ ކަމަށާއި އާއިލާއެއް ފަށަން ބޭނުންވާ މީހުން ވެސް ވަރަށް ގިނައިރު، ވަޒީފާގެ ފުރުސަތުތައް އެ މީހުންނަށް ކުޑަވުމުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ޕެޓިޝަނުގައި ވެސް ބުންޏެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، ދިރިއުޅުމުގެ މުހުތާދުތައް ނުފުދި މުޖުތަމައުން އެކަހެރިވެ ނިކަމެތި ވެފައިވާ ފަރާތްތަކެކެވެ. އަދި މި ފަރާތްތަކަށް ގާނޫނުން ލިބިދޭން ޖެހޭ އެތަކެއް ހައްގުތަކާއި ހަމަހަމަ ފުރުސަތުތަކުން ވަނީ މަހްރޫމްވެފަ އެވެ،" 5،000 މީހުންގެ ސޮޔާ އެކު ހުށަހަޅަން ނިންމާފައި ޕެޓިޝަނުގައި ވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީ ބޭނުންވާ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހަށް 2019 ވަނަ އަހަރު ބިލެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ބިލަށް މަޖިލީހުގެ ތާއީދު ނުލިބިގެން ވަނީ ބޭރުކޮށްލައިފަ އެވެ.

24 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދަވެރިން

24 November 2021

އެހީތެރިކަމަށް ބޭނުންވެފައި ތިބި ބަޔަކަށް ބައެއްގެ އަތުން އެއްޗެއް އުނި ނުވެ އިނާޔަތެއް ލިބެންވެސް ބަޔަކު ހިތް ނުރުހިދާނެއެ. އިނާޔަތު ހައްގުވާ މިންވަރުގާ، އަމިއްލަ އާއިލާއެއް ބިނާކޮއްގެން ވަރަށް ނިކަމެތި ހާލުގައި އުޅެމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް އެބައުޅެއެވެ. އެކުދިންގެ ހައްގުތަކެއް ވާކަން ހަދާން ބަހައްޓަން ވާނެ. ހަސަދަވެރި ނުވާސެ. ހަސަދަ ވެރިން ނިކަމެތި ކުރައްވާނެކަން އަންގަވާފައިވާ ފަރާތުގެ ނިޔާއަށް ބިރުވެތި ވާށެ..

The name is already taken The name is available. Register?

ހައްލެ

24 November 2021

އަހަރެންވެސް ދަންނަ ދެ މީހަކު އުޅޭ ލޮލަށް އެންމެ ފުރިހަމަ އަށް ނުފެންނަ އެކަމަކު އެ ދެމީހުން ވެސް އުޅެނީ ސަރުކާރު ވަޒީފާގަ ނުވިތާކަށް ޕްރައިވެޓް ކޮމްޕެނީއެއްގަ ވެސް އެދެމީ ހުން އުޅޭ... އެ ދެތަނުން ވެސް އެ ދެމީހުންނަށް މަހަކު 230000 ރުފިޔާ ލިބޭ... ދެން މިފަދަ މީހުންނަށްވެސް ތިރުފިޔާ ދޭން ޖެހޭނެ ތޯ!

The name is already taken The name is available. Register?

މެސީ1

24 November 2021

ދިވެހި ރައްޔިތަކަށް ވީތީ އެލަވަންސް އެއް ދޭން ފެނޭ. އުފާކޮއްބަލަ އެލެވަންސްއެއް ލިބޭތީވެސް

The name is already taken The name is available. Register?

ލިނބޯ

24 November 2021

މިކަން ކުރުމުގެ ކުރިން ހާއްސަ އެހީގެ ފައިސާ ބޭނުންވާ މީހުން އަލުން ރިވިއުކުރަންޖެހޭ. ހަމައެކަނި އެއް ކަންފަތަށް ރަގަޅަށް އަޑު ނީވޭތީއޭ ކިޔާފަވެސް ބައެއް މީހުން މި އިނާޔަތް އެބަ ހޯދާ. ލޮލުގެ ފެނުމުގެ މައްސަލަ ހުންނަނީ އޭ ކިޔާފަ އައިނު ނާޅާ ވެސް މި އިނާޔަތް އެބަނަގާ. އަދި ބައެއް މީހުން ނުކުޅެދޭ ފަރާތަށް އެހީނުވެ އެފަރާތަށްލިބޭ މި އިނާޔަތް އަމިއްލައަށްވެސް އެބަ ބޭނުންކުރޭ.

The name is already taken The name is available. Register?

ގެދާނޯމޮސް

24 November 2021

އެއްކަންފަތަށް ނީވޭތީ ޖޮބުން ކަނޑާލާފަ އެބަހުރި ދެން ބުނެބަލަ ހަދާލަން ވީ ގޮތެއް !

The name is already taken The name is available. Register?

ސަޑުހަސަނު

24 November 2021

ހާއްސަ އެހީއަށް ބޭނުންވާ ބޮޑެތިމީހުންނާއި ޒުވާން އުމުރުގެ ވަރަށް ގިނަ ބަޔަކަށް ވަނީ ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސާފައި. އެހެންވީމާ ދައުލަތުގެ ކުންފުނިތަކުން މުސާރަ ލިބޭ އެފަދަ މީހުންނަށް ތިޔަ އިނާޔަތް ދިނުން ހުއްޓާލަން ޖެހޭ.

The name is already taken The name is available. Register?

ރާއްޖެ

24 November 2021

ބަރާބަރު ކޮމެންޓެއް.

The name is already taken The name is available. Register?

ހުސެން324ސދފސދފ

24 November 2021

ސަރުކާރުގެ ކޮން ކުންފުނިތަކަކުންތޯ ނުކުޅެދޭ މީހުން އުޅެނީ ؟ ދެން ތިހެންވެއްޖެޔާ 65 އަހަރުވީމަ އިނާޔަތް ލިބޭ މަ ދަންނަ އެތައް މީހުން އެބަ ބޮޑު ކުލި އަދި ބޮޑު ވިޔަފާރި ވެސް ކުރޭ އެމީހުންވެސް އެ އިނާޔަތް ކަޑާލަން ޖެހޭނެ .. ބަޔަކައް އެއްޗެއް ލިބިދާނެތީ މޭކަރާ މީހުން ވަރަށް ގިނަވާނެ .. ނުކުޅެދޭ މީހަކު ގެންގުޅޭ މީހަކައް އިގޭނީ އާދައިގެ މީހަކައް ވުރެ އަތުން ދާ ޙަރަދު ބޮޑު ވާން ކަން ޑިޒޭބިލިޓީ އެއް ހުންނަ މީހަކައް

The name is already taken The name is available. Register?

މެސީ1

24 November 2021

ކޮން އިނާޔަތެއް އެކަކައް އެކައްޗެއްވެސް ދޭނެ ކަމެއް ނެތް. ޢެކަނިވެރި މައިން އަދި ބަފައިން. މުސްކުޅިން. ވަޒީފާ ނެތްމީހިން. ބަލިކުދިން. ފަގީރުން. ނުކުޅެދޭ މީހުން. މަސްވެރިން. ދަނޑުވެރިން. 65 އަހަރުން މަތީމީހުން. ކުރީގެ ރައީސުން. މަޖިލިސް މެންބަރުން. ދެންނެއްތޯ އިނާޔައް ދެވޭނެ ފަރާތެއް

The name is already taken The name is available. Register?

ސަޑުހަސަނު

24 November 2021

ހުސެން324.އށް ރައީސް ޔާމީންގެ ދައުރުގަ ސަރުކާރުގެ އެކި ކުންފުނިތަކުން ހާއްސައެހީއަށް ބޭނުންވާ ގިނަ ބަޔަކަށް ވަޒީފާދިން. އަދިވެސް އެކުންފުނިތަކުގެ ވަޒީފާގަ އެކުދިން ތިބީ. އެކުދިންނަށް ވަޒީފާދިނީ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ވީމަ، ސްކިލް ނުވަތަ ކޮލިފިކޭޝަން އަކަށްނޫން. އެހެން މުވައްޒަފުނާއި އެއްހަމައެއްގައި މުސާރަދެނީ. ޖުމްލަގޮތެއްގައި މަސައްކަތްތަކެއް ނުކުރުވާ. އެވެސް ހަމަ އިނާޔަތެއްދޯ

The name is already taken The name is available. Register?

އިހުމާލް

24 November 2021

ނިމިދިޔަ އަނިޔާވެރި ކަމަށްބުނާ ވެރިކަމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ތަކެއް ދެއްވާ، ކައިރިން ހާލުބަލާ އެތައް އާއިލާއެއް ހިނިތުން ކުރުވި. ނަމަވެސް މި އޯގާތެރި ވެރިކަމުގައި އެކުދިންނަށް އެއްވެސް އޯގާތެރި ކަމެއްގެ އިހުސާސް ކުރެވިފައެއް ނުވޭ. ވަޒީފާ ދޫކޮށް ދާންޖެހިފައި ނުވަތަ ވަޒީފާގައި ކުރަމުންދާ އުންދަގޫ ތަކަށް ކެއްނުކުރެވި މާޔޫސްވެފައި ތިބީ ކިތައް ކުދިންބާ. ވަޒީފާ އަކީ ހައްލެއް ނޫން ހައްލަކީ ދިރިއުޅެވޭނެފަދަ އިނާޔަތެއް

The name is already taken The name is available. Register?

ދޯދިޔާ

24 November 2021

އަހަރެންނަކީ ހާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕައެއް! 2000 ރުފިޔާ އަކީ ކުއްޖާއަށް ކުރަންޖެހޭ ޚަރަދުތަކަށްބަލާއިރު ވަރަށަ ކުޑައެއްޗެއް! މަހުޖަނެއްވިޔަސް 65 އަހަރުވެފަ ހުރިނަމަ 5000 ރުފިޔާ ލިބޭ! އެކަމަކު ބުނެލަން އޮތީ 5000 ހާސް ރުފިޔާ ބޮޑުކުރިއަސް، ހާއްޞަ އެހީއަށް ބޭނުންވާ މީހެއްކަން ކަނޑައެޅުމުގެ އުޞޫލް ހަރުދަނާ ކުރަންޖެހޭ!!! ކުއްޖަކު ރުޅިގަދަވެލިޔަސް ހާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ކަނޑައަޅާފަ އެބަހުރި.

The name is already taken The name is available. Register?

މެސީ1

24 November 2021

އެލަވަސް އެއް ހަމަ ޖެހޭއިރައް އެ ކުޑަވީ ތި އެލަވަންސްތައް ހަމަޖެހުމުގެ ކުރިން އުޅުވީ ސަލާން ޖައްސަވަިގެން ތޯ.

The name is already taken The name is available. Register?

މަސްވެރިޔާ

24 November 2021

ދިނުން ނުވަތަ ނަމެއްގައި ބަހާލަން ނިކަން ފަސޭހަވާނެ. ސުވާލަކީ ތިޔަ ނުވަތަ އެނޫންންވެސް ތިޔާފަދަ ފައިސާ ދެވޭ ނިކަމެތިންނަށް އޭގެ ހަގީގީ މަންފާކުރާނެގޮތަކަށް "ސަރުކާރަށް" އެކަން ރޭވިދާނެތޯ ނުވަތަ ނޫންތޯ ބެލުން.

The name is already taken The name is available. Register?

ނީލް

24 November 2021

ތިކަންކަން އެއްވެސް އިންތިޒާމެއް ނެތި ކުރާތީ ރައްޔިތުންގެ ޓެކްސްފައިސާ އިން މިކަހަލަ ކަންކަން ކުރާއިރު އެމީހެއްގެ ނުކުޅެދުންތެރިކަން ހުންނަވަރުވެސް ބަލަންވާނެ އެމީހަކަށް އާންމުދަނީ ލިބޭ ވަޞީލަތްތަށްވެސް ބަލަންވާނެ ދިވެހިންނަކީ ވަރަށް އެޑްވާންޓޭޖް ނަގަން މަރުދޭބައެއް ބަޔަކު އެއްޗެއް ދެންޏާ އެހޯދަންދާން ލަދެއްނުގަންނާނެ ތިމާއަށް ކިތަންމެ ބައިވަރެއް ލިބުނަސް އުމުރުން ދުވަސްވެ އިވުމުގެ ބާރުދެރަވީމަ އެކަމަށް ސަޕޯޓް ބޭނުންކުރާމީހާ ދެކޮޅުންއެލަވަންސް

The name is already taken The name is available. Register?

ކައުންސެލަރު

24 November 2021

ސަރުކާރުގެ އާންމު އެންމެ އާދައިގެ މީހެއްގެ މުސާރައަކީ 4465 އެލަވަންސް 1500 މިވަރުން އަހަރެމެންނަށް ފުދޭ. ގޭގެ 20 މީހުންގެ ޚަރަދު ބަލަހައްޓާފައި 6 އޭސީ ހުންނަ ގޭގެ ކަރަންޓް ބިލުދައްކާފައި ކާންބޯން ހުރިހާ ޚަރަދެއްކޮށްކޮށްފައި ކޮންމެ މަހަކު ހެދުމެއް ގަނެފައި ފަހަށް ރައްކާކުރަން 25000 ރުފިޔާ ލިބޭ ކުރިން މިބުނި މުސާރައިން. ކަޑަ؟

The name is already taken The name is available. Register?

ބަޑިތަކުރު

24 November 2021

އެކި ނަންނަމުގައި ފައިސާ ބަހަން ފެށުމުގެ ފޮނިމީރުކަން މިހިރަދަނީ ފެންނަމުންނެވެ. މިހާރުވެސް މަހުޖަނުންނާއި ފަގީރުން އެއްވެސް ތަފާތެއްނުކޮށް ދައުލަތުން 65 އަހަރުވާއިރަށް ފައިސާ ދޭންޖެހެއެވެ. އޭގެ ތެރޭގައި ބޮޑެތި މުއްސަނދި ވިޔަފާރިވެރިންނާއި ގެދޮރު ކުއްޔަށްދީގެން ލައްކައިން އާމްދަނީ ލިބޭމީހުންވެސް ހިމެނެއެވެ. ނުކުޅެދޭ މީހުންނޭ ކިޔަސް ކުދިންނަށްވެސް މިހާރު 2000 ރުފިޔާ ދެއެވެ. އިތުރަށް ދޭންވާނީ އާމްދަނީއެއް ނުލިބޭ އާއިލާއެއް ބަލާ މީހުންނަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454