ޑރ. އަހްމަދު ލަތީފް
24 ނޮވެމްބަރ 2021 - 22:37
ދިވެހިންގެ ތެރެއިން ދެ ވަނަ އަށް އެމްބީބީއެސް ހާސިލްކުރެއްވި އަދި ރާއްޖޭގައި އެމްބީބީއެސް ޑޮކްޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިދުމަތް ކުރެއްވި ދިވެހި ޑޮކްޓަރު ކަމަށްވާ ޑރ. އަހުމަދު ލަތީފް މިއަދު އިނގިރޭސި ވިލާތުގައި އަވަހާރަވެއްޖެ އެވެ.
އުމުރުން 80 އަހަރަށް ވުރެ މައްޗަށް ގޮސްވައި ވަނިކޮށް އަހްމަދު ލަތީފް އަވަހާރަވި އިރު ދެ އަންހެން ބޭފުޅަކާއި ކާފަ ވިދާޅުވާ ތިން ބޭފުޅަކު އެބަތިއްބެވި އެވެ.
ޑރ. އަހްމަދު ލަތީފް އަވަހާރަވީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި މުސްކުޅި ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
އިންޑިއާ އިން އެމްބީބީއެސް ހާސިލުކުރައްވައި 1967 ގައި ރާއްޖެ ވަޑައިގެން ޑރ. އަހްމަދު ލަތީފް ފުރަތަމަ ހިދުމަތް ކުރެއްވީ ސަރުކާރު ހޮސްޕިޓަލުގަ އެވެ. އޭގެ ދެތިން އަހަރު ފަހުން އިތުރަށް ކިޔަވާ ވިދާޅުވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އިނގިރޭސި ވިލާތުގެ ސިއްހީ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ހިދުމަތް ކުރައްވައި ރިޓަޔާ ކުރެއްވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.
ގދ. ވާދު އަށް އުފަން ޑރ. އަހްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު (ސީނާ) އާއި ޑރ. އަލީ ލަތީފްގެ އިތުރުން ޑރ. ފާތިމަތު އަލި ދީދީގެ ބޮޑުބޭބޭފުޅެވެ. އެ އާއިލާގައި މިހާރު ވެސް ހަތަރު ޑޮކްޓަރަކު އެބަ ތިއްބެވި އެވެ. ޑޮކްޓަރުންނާއި ދިވެހި ބޭސްވެރިކަން މޮޅަށް ކުރެއްވި ބޭފުޅުން ވެސް މި އާއިލާގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
26 November 2021
ޤައުމީޚިދުމަތުގަ 3 އަހަރު، ބައިނަލްއަޤްވާމީ . . . . 40 އަހަރު! މިހާރުވެސް ޑޮކްޓަރުންގެ ގޮތުގަ މަސައްކަތްކުރާ ދިވެހީން ބޭރުޤައުމުތަކުގަ (ޔޫކޭ، ޔޫއެސް، އޮސްޓްރޭލިއާގަވެސް) އެބަތިބި!
ބަދީއު
26 November 2021
މުހައްމަދު އިސްމާއިލް ތިދެއްކީ ރަނގަޅު ވާހަކައެއްނޫން. ޑޜ. އަބުދުއްރަޝީދަކީ ރާއްޖޭގެ މެ ޑިކަލް ޑޮޑޮކްޓަރެއްގެ ފާސް ނެންގެވި ފުރަތަމީހާ. އޭނާ މާލެ ވަ ޑައިގަތީ 22 ޖޫން 1965 ގައި. ހޮސްޕިޓަލް ގެ ޑޮކްޓަރެއްގެ ވަޒީފާ އަދާނުކުރޭ. ކުރު ޗުއްޓީއެއްގައި މާލޭގައި ހުރުމަށްފަހު ގައިނެކޮލޮޖީ ކިޔެވުމަށް ކެނެ ޑާ އަށް ވަ ޑައިގަތީ. ޑރ. ލަތީފު މާލެ ވަ ޑައިގަތީ އޭގެ 2 އަހަރު ފަހުން 15 ޖޫން 1967 ގައި އޭނާ. މަސައްކަތް ކުރަން ޖެހުނީ އެން ޑީ އަބުދުއްލާ ގެ ދަށުން.
މުހައްމަދު އިސްމާއިލު ފުޅު
25 November 2021
ޑޮކްޓަރ ލަޟީފަކީ ރާއްޖޭގައި 2 ވަނައަށް މަސައްކަތްކުރެއްވި އެމް. ބީ ބީ އެސް. ޑޮކްޓަރ ފުރަތަމަ މަސައްކަތް ކުރެއްވީ ޑޮކްޓަރ ޢަބްދުއްރަޝީދު
ޖާޑި
25 November 2021
ޖަޑިބު. ތަނެއް ދޮރެއް ނޭނގި ގަމާރުވިއަސް ތީ ތަންކޮޅެއް ބޮޑުވަރު . ގައުމަށް ވެގެން އުޅޭ ގޮތް ނޭގެނީ ޖަޑިބަށް އެކަނި. މިނޫހާއި އެހެން ނޫސްތަކުގައިވެސް ގިނަވާނީ ސިޔާސީ އާޓިކަލް ތައް. ޢެއިން އާޓިކަލް އަކަށް ސިޔާސީ ކޮމެންޓް ކޮށް ތި ސުއާލު ކޮށްބަލަ . ސިޔާސީ ވިއަސް ތީ ތަންކޮޅެއް ބޮޑުވަރު.
ބަދީއު
25 November 2021
ޑޮކްޓަރ އަހުމަދު ލަތީފު ގެ އާއިލާގައި ތިބީ 4 ޑޮކްޓަރުންނެއްނޫން. އެއީ ރާއްޖޭގައި އެންމެ ޑަކްޓަރުން ގިނަ އާއިލާ. ޑރ. ލަތީފު ގެ މަންމަ ނިސްބަތްވާ ގދ.ވާދޫ ގައްދަޑުގޭގެ 3 ޖެނެރޭޝަން ގެ 15 އާއި 20 އާއި ދެމެދު ގެ އަދަދަކަށް ޑޮކްޓަރުން އެބައުޅުއްވާ. އަދި ލަތީފު ގެ ބައްޕަ ނިސްބަތްވާ ސ. ހުޅުދޫ ގެދަރު އާއިލާ ގައިވެސް އެތައް ޑޮކްޓަރުންނެއް އެބައުޅުއްވާ. ލަތީފު އަށް ބޮޑު ބޭބެ ވިދާޅުވާ އިތުރު 3 ޑޮކްޓަރަކު ޔޫކޭ އާއި ލަންކާ ގައި އެބަ އުޅުއްވާ.
ކުޗީ
25 November 2021
ދިވެހިންގެ ތެރެއިން ދައުލަތުގެ ޙަރަދުގައި ނުވަތަ ގައުމަށް ލިބޭ ސޮކްލަޝިޕް ތަކުގައި ކިޔަވަންދާ ގިނަބަޔަކު އަނބުރާ ގައުމަކަށް ނާދެ. އޮސްޓްރޭލިޔާގައި އޮޒްއެއިޑް ގެވެސް އެތަށް ބަޔަކު އެބައުޅޭ ރާއްޖެ ނައިސް. އަންނަނީ ޗުއްޓީއަށް. އޮޒްއެއިޑް ގިނައިން ލިބެނީ މާލެ އަށް ނިސްބަތް ނުވާމީހުންނަށް ، ބޭނުމަކަށް ވަނީ ރާއްޖެތެރެ ތަރައްގީ ކުރުން. މިއީ ގައުމަށް ގައްދާރުވުން.
ރައީސް.
25 November 2021
ނުޖެހޭ ރާއްޖެއައިސް މާލެއަށް ހިދުމަތް ކުރާން ހުންނާކަށް. ކަލޭމެން ރައްޖެ ތިކިޔަނީ ކ.އަތޮޅު މާލެއަށް އެކަނި.
ޖޯޖް ވޮޝިންގޓަން
25 November 2021
މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާތޯ ދުޢާ ކުރަަން. އިންސާނިއްޔަތަށް ހިދުމަތް ކުރުމަކީ ވަކި ގައުމަކަށް ނުވަތަަ ވަކި ނަސްލަކާ ދީނަކާ ގުޅޭ ކަންކަމެއް ނޫން. ދިވެހި ރައްޔިތުންގެ ފައިސާ އިން ކިޔެވި ނަމަ ދިވެހި ރައްުޔިތުންނަށް ހިދުމަތް ކުރަންޖެހޭނެ. ބައެއް މީހުންނަށް އެކި ސަބަބުތަކާ ހުރެ އެކަން ނުކުރެވުމަކީ އެމީހުން ކުށްވެރި ކުރަންޖެހޭނެ ސަބަބެއް ނޫން. އިންސާނިއްޔަތަށް ހިދުމަތްކޮށްދެވި އަދި ކޮއްދެއްވާ ހުރިހާ ފަރާތަކަށް ޝުކުރު ހައްޤު.
ޖަޑިބު
25 November 2021
ފުރަތަމަ ޑޮކްޓަރު ނޭގިގެން އުލެން އެެްފަރާތް ކޮށްފަ ގައުމަށް ވެގެން މިއުޅޭ ގޮތް އެންމެ ފުރަތަމަ އެނގޭ މީހެއް ހުރިތޯ ބަލާބަލަ
ބަރަކް އޮބާމާ 3
25 November 2021
@ ބިލް ކްލިންޓަން. ޑޜ. އަބުދުއްރަޝީދު ވެސް އެފް.އާރް.ސީ.އެސް ހަދަން އުޅުއްވުމަށްފަހު ފީލްޑް ބަދަލު ކޮށް ގައިނެކޮލޮޖީ އިން ޝްޕެޝަލައިޒްވީ. އޭގެފަހުން އެެންމެ ފުރަތަމަ ރާއްޖެއިން ޕީއެޗްޑީ ހެއްދެވީ ހިޕްނޮޓިޒަމް ގެ ދާއިރާއިން. ނަމަވެސް މިހަގީގަތްވެސް ތާރީޚުން އޮޅުވާލާ ފުރަތަމަ ޕީއެޗްޑީ ޝަރަފް ދީފައިވަނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް. މިމައުލޫމާތު ހުންނާނެ ދިވެހި ތާާރީޚީ ފޮތްތަކާއި ވެބްސައިޓް ތަކުގައި. ހުރިހާ ކަމެއްގައިވެސް އޮތީ އޮޅުވާލުން.
ޑޮކްޓޫރު
26 November 2021
ޑރ. ޢަބްދުއްރަޝީދު ޕީއެޗްއެޑީ ހާސިލްކުރެއްވިއިރު އެއީ ދިވެހި ރައްޔިތެއް ނޫންކަމަށް ވަނީ. އޭރު ކެނެޑާގެ ރައްޔިތުކަން ހޯއްދަވައިފި.
ބަރަކް އޮބާމާ 2
25 November 2021
@ ބިލް ކްލިންޓަން .ކުރީ ކޮމެންޓާއި ގުޅޭ. ޑރ. އަހުމަދު ލަތީފަކީ ރާއްޖެއިން 2 ވަނަ އަށް އެމް.ބީ.ބީ.އެސް ފާސް ނެންގެވި ޑޮކްޓަރު ގެ އިތުރަށް ރާއްޖޭގެ ފުރަތަމަ އެފް.އާރް.ސީ.އެސް ސްޕެޝަލިސްޓް އަދި ފުރަތަމަ ސާރޖަން. ރާއްޖޭ ގެ ޑޮކްޓަރީ ފާސް އެމްބީބީއެސް ފުރަތަމަ ނެންގެވީ ދަހަރާގޭ އަބުދްރަޝީދު. ޢޭނާ ޑޮކްޓަރުކަން ކިޔެވުމަށްފަހު ރާއްޖެއަށް ޗުއްޓީއެއްގައި ވަޑައިގަތަސް ހޮސްޕިޓަލް ގައި ޚިދުމަތް ނުކުރޭ.