ނ. ހޮޅުދޫ: ޑޮކްޓަރުކަން ކިޔަވައި ނިންމުމަށްފަހު ރާއްޖެ އަންނަން ތައްޔާރުވެފައި ވަނިކޮށް އެ ރަށުގެ ޒުވާނެއް ވަނީ ފިލިޕީންސްގައި ނިޔާވެފައި.-- ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ
26 ސެޕްޓެމްބަރ 2025 - 16:30
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު، އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވެގެން ހުރި ޒުވާނަކު ނިޔާވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުން އައި ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫ، ސްވޯޑް، ހުމެއިދު އަހުމަދު، 30، އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހުމެއިދު ވެއްޓިފައި އޮއްވާ ފެނުނީ އާއިލާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދޭތީ، އޭނާއާ އެކު އެއް އެޕާޓްމަންޓެއްގައި ދިރިއުޅެމުން ދިޔަ އެހެން ދިވެއްސަކަށް ގުޅައިގެން އިތުރަށް ބެލުމުން ކަމަށެވެ.
ހުމެއިދު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެ އެވެ.
"ގްރެޖުއޭޝަން ވެސް ނިންމުމަށް ފަހު ރޭ މާލެ އަންނަން އޮތީ،" ރަށުން ވާހަކަ ދެެއްކި އެހެން މީހަކު ބުންޏެވެ.
މައުލޫމަތު އެނގޭ އިތުރު މީހަކު ބުނީ އިއްޔެ ހެނދުނު ވެސް މަންމަ އަށް ގުޅައިގެން ހުމެއިދު ވާހަކަ ދެއްކި ކަމަށެވެ.
މާލޭގައި ދިރިއުޅޭ އެ އާއިލާގެ މީހުން ހުމެއިދަށް މަރުހަބާ ކިޔުމަށް ވެލާނާ އެއާޕޯޓަށް ވެސް ދިޔަ ކަމަށްވެ އެވެ. އެކަމަކު، ބޯޓުން މީހުން ފައިބައިގެން އެތައް އިރެއް ވިއިރު ވެސް ހުމެއިދުގެ ޚަބަރެއް ނުވުމުން އޭނައާ އެކު ފިލިޕީންސްގައި ދިރިއުޅެމުން ދިޔަ މީހާ އަށް ގުޅީ އެވެ.
"ގުޅައިގެން ބެލިއިރު ކޮޓަރި ތެރޭގައި ވެއްޓިފައި އޮތީ. ފޮއްޓަށް އެއްޗެހި އަޅައި ޕެކް ވެސް ކޮށްފައި ހުރި ކަމަށް މައުލޫމާތު ލިބޭ،" އޭނާ ބުންޏެވެ.
ހުމެއިދުގެ އާއިލާ މީގެ އަހަރުތަކެއް ކުރިން ވަނީ މާލެ ބަދަލުވެފަ އެވެ. އަހުލާގު ރަނގަޅު އަދި މަޑުމައިތިރިކޮށް ހުންނަ ޒުވާނާގެ ކުއްލި ވަކިވުމާ އެކު، އާއިލާއަށް ވަނީ ބޮޑު ހިތާމައެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުމޭނާ
27 September 2025
ކޮންފަދަ ހިތާމަވެރި ޚަބަރެއް. ޢާއިލާގެ ހާދަ ބޮޑު އުންމީދެކޭ ގެއްލިގެން އެދިޔައީ. ހާދަ ބޮޑު މަސައްކަތަކާއި ދަރިވަރުގެ ގުރުބާނީއަކަށްފަހުގައޭ އެހިސާބަށް އެދެވުނީ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި!
ޜިިތި
26 September 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށި آمیـــــــــــــن یارب العالمين
އެޕާރޓްމަންޓުގައި އުޅުނު ދެވަނަ މީހާ؟؟؟؟؟
26 September 2025
މިކަމުގައި އުފެދޭ ސުވާލަކީ ހުމެއިދާއިއެކު އެޕާރޓްމަންޓުގައި ދިރިއުޅެމުންދާ ދެވަނަ މީހަކީ ޚާއްޞަކޮށް ދިވެއްސަކަށް ވެފައި، ހުމެއިދު ތަން ދޫކޮށް ދިވެހިރާއްޖެއަށް އެނބުރި އަންނަ ދުވަހު ވަދާއީ ސަލާމް ވެސް ކޮށްނުލަނީބާ އެވެ؟ އެއްވެސް ވަރަކަށް ބަލާނުލަނީ ހެއްޔެވެ؟ ރޫމެގެ ތަޅުދަނޑިފަދަ ތަކެތި ޙަވާލުކުރަން ނެތީހެއްޔެވެ؟
ހހހހހ
26 September 2025
ގޮތް ނޭނގޭ މަރުތައް މިހާރު ހާދަ ގިނައޭ. މިއީ ވެސް ޒަކިއްޔާ ރަށު މީހެއް ދޯ؟
އަދާލަތު
26 September 2025
اناللله واناإليه راجعون މާތްﷲ މައްޔިތާގެފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވާށި. ޢާއިލާޔަށް ކެތްތެރިކަމާއި ދުޅަހެޔޮކަން މިންވަރުކުރައްވާށި. އާމީން
raajje
26 September 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އަޅުގަނޑުދެކޭގޮތުގައި މިގޮތަށްދިމާވީމާ މިކަންރަނގަޅަށް ތަހުގީގުކުރުންވަރަށްމުހިންމު، އެއަރޕޯޓަށްދާން ގޭންނިކުތްކަމެއްނޭންގެ، އެއަރޕޯޓަށްދިޔަކަމެއްނޭންގެ، ފުލައިޓަށްއެރިކަމެއްނޭންގެ ނަމަވެސް އާއިލާއިންތިބީ އެއަރޕޯޓަށްބަލާގޮސް ހަމަނުޖެހޭގޮތެއްއެބަހުރޭދޯ؟ ފުލައިޓުގައިންނަންޖެހޭ ގަޑީގާވެސް ފޯނުވެސްއޮންނާނީ އޮންކޮށްތާ (ފުލައިޓަށްނާރާތީ) އާއިލާއިންވީގޮތްބަލަންއުޅުން މާބޮޑަށްލަސްކޮށްފަވާކަމަށްފެނޭ
މަދުން
26 September 2025
ފުރަން އޮންނަ ދުވަހުގެ ބޮޑުބައެއް ދާނީ އެކި ކަންކަމުގައި އަވަދިނެތި. ފޯނު ނުނެގުން ވެދާނެ ކަމެއް ހަމަ. އާއިލާއިން ބާލާދާނެ.
ދޮން ހަސަނު
26 September 2025
އެ އެޕާރޓްމަންޓްގައި އުޅުނު އަނެއް މީހާއަށް ތިކަމުގައި ޝައްކުކުރެވެން އެބައޮތް.
މޭގޮޑްބުލެސް
26 September 2025
މި ޑޮކްޓަރުގެ އާއިލާއާއި އެކުވެރިންނަށް މަގޭ ފަރާތުން ތައުޒިޔާ މަރުވި ކުއްޖާއަށް ސުވަރުގެ ދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވާތޯ ދުއާކުރަން އާމީން
raajje
26 September 2025
މޭގޮޑްބުލެސް: "މަގޭފަރާތުން، މަރުވިކުށްޖާއަށް" ބަހުރުވައަށްބަލާއިރު ހިޔެއްނުވޭ އެއްވެސް ޖެނުއިންކަމެއްހުރިހެނެއްދޯ! ދުޢާކުރަމޭ އާމީންއޭބުނިޔަކަސް އެއީދުއާކުރުންކަމަކަށްނުވާނެ، މީހުނަށްހެޔޮއެދިގެން ދުޢާކުރަނީ ނޫސްތަކުގެ ކޮމެންޓުސުޕޭސްގައެއް ނުވަތަ ފޭސްބުކުގައެއްވެސްނޫންދޯ ދުއާކުރާކަން އިޝްތިހާރުވެސްކުރާކަށްނުޖެހޭނެދޯ، މީދިވެހިންނަށް ވަރަށްބޮޑަށް އޮޅުންބޮޅުންވެފަ އޮންނަކަމެއްވީމާ ފާހަގަކޮށްލީ
މޭގޮޑްބުލެސް
26 September 2025
އަސްލުވެސް ދުއާ ކޮއްފައި ކޮންމެންޓް ކުރީ ޖެނުއިން އިހުސާސް އެއް ނެތް ނަމަ ކޮމެންޓެއް ނުކުރީމުސް މަގޭ އާއިލާގައިވެސް މި ވަގުތު ޑޮކްޓަރުކަން ކިޔަވާ މީހަކު ބޭރުގައި ހުރީމައި މި މި ހަބަރު އިވުމުން އަސަރު ކުރީމައި ކޮމެންޓް ކުރީ ، މަގޭ އުމުރާ ބަލާފައި މަރުވި ޑޮކްޓަރަށް ކުއްޖާއޭ ލިޔެވުނީ ، ދުއާ ކުރަމޭ ބުނުމަކީ މައްސަލައެއް ކަމެއް ނޭނގެ އެ ކޮމެންޓަކީ ތައުޒިޔާގެ މެސެޖެއް ، ރިޕްލައި ޓު ރާއްޖެ