ޓެރަރިޒަމްގެ ތަހުގީގެއް ހުއްޓިފައި ވަނިކޮށް، އާ ހެއްކެއް ލިބުމުން ތަހުގީގު އަލުން ފެށުމުގެ އިހުތިޔާރު ފުލުހުންނަަށް ލިބޭ މާއްދާއެއް ބިލުގައިވޭ.
ސިފައިންނާއި ފުލުހުން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް، މީގެ ކުރިން އޮޕަރޭޝަނެއް ހިނގަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނަން މިއަދު ފާސްކުރި . ފޮޓޯ: ނިޝާން އަލީ/މިހާރު
29 ނޮވެމްބަރ 2021 - 20:04
ޓެރަރިޒަމްގެ ތުހުމަތަށް ތަހުގީގު ކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވުނަސް، އެ ތަހުގީގު އަލުން ކުރެވޭނެ ހާލަތުތަކެއް ހިމަނައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްްކޮށްފި އެވެ.
ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ރިޕޯޓް ފާސްކުރީ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހުށަހެޅުއްވި އިސްލާހަކާ އެކުގަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުުން، ޓެރަރިޒަމްގެ މައްސަަލައެއް ތަހުގީގު ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމެނީ ފުލުހުންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކަމަށް ވެއްޖެ ނަމަ، ތަހުގީގަށް އިތުރު މުއްދަތު ލިބޭނެ އެވެ. މުއްދަތު ފަހަނައަޅައި ދާއިރު ދައުވާ ކުރެވޭ ވަަރަށް ތަހުގީގު ނުނިމިގެން ހުއްޓިފައިވާ މައްސަލައެއްގައި އާ ހެއްކެއް ލިބިއްޖެ ނަމަ އަލުން ތަހުގީގުކޮށްް، ދައުވާކުރުމުގެ ފުރުސަތު ދޭން ވެސް ކޮމިޓީން ގެނައި ބަދަލުތަކުގައި ވެ އެވެ.
ބިލަށް ކޮމިޓީން ހުށަހެޅި އެއް އިސްލާހަކީ އެ ގާނޫނުގެ 28-1ގެ (ކ) އިން ފެށިގެން (ފ) އާ ހަމައަށް އަކުރުތައް އިތުރުކުރުމެވެ. އެ މާއްދާއަށް އިތުރުކުރާ (ކ)ގައިވާ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރަން ގާނޫނުގައި މިހާރު އޮތް މުހުލަތު ހަމަވާއިރު، ތަހުގީގު ނިންމައި ދައުވާކުރަން ނުފޮނުވޭ ނަަމަ އެ މުއްދަތު އިތުރުކުރަން ޕީޖީ އޮފީހަށް ހުށަހެޅޭނެ އެވެ. އެގޮތަށް ހުށަހެޅުމުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އިތުރު ކޮށްދިނުމުގެ އިހުތިޔާރު ޕީޖީ އަށް އޮންނާނެ އެވެ.
ގާނޫނުގެ 28-1 އަށް އިތުކުރި (އ) ގައި ވާ ގޮތުން މުއްދަތު އިތުރުކޮށްދޭ ހާލަތުގައި ވެސް އެ މާއްދާގެ (ޅ)ގައިވާ އިޖުރާއަތުތައް ހިނގާނެ އެވެ. އެެއީ 15 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި މުއްދަތު އިތުރުކުރި ސަބަބު ބަޔާންކުރާ ލިޔުމެއް، ދައުވާއާ އެެކު ކޯޓަށް ހުށަހެޅުމެވެ.
ގާނޫނަށް އިތުރުކުރި (ކ) ގައިވާ ގޮތަށް ކުރާ ތަހުގީގު ހިންގައި، އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އަލުން ދައުވާ ކުރެވޭނީ (މ)ގައިވާ ގޮތަށް އާ ހެއްކެއް ލިބިއްޖެ ހާލަތެއްގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު2
30 November 2021
ޓެރަރިސްޓުން ވަރަށް ރުޅިއަންނާނެ މިބިލު ފާސްކުރީމަ.
2 ފުށް
29 November 2021
ޑްރަގް މައްސަލަތަކަށް ތިކަހަލަ ގާނޫނެއް ނުހަދަނީ އެއީ ކަމަކަށް ނުވާތީ ތޯއެވެ. ނޫނީ މަތިފަޑީގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންގެ މަސްލަހަތު އެކަމުގައި އޮތީތޯއެވެ! ވަކި މީހަކަށް ކޯޓް ފަހައިދޭން މަޖިލިސް ހޭލާ އޮވެގެންވެސް ގާނޫނު ހެދެއެވެ. ކޮންފަދަ ދެފުށްކެހެރި ބައިގަނޑެއްތޯއެވެ.
ބޮޑުމީހާ
29 November 2021
މިގައުމުގައި މަސްތުވާތަކެތި، ބިދޭސީން، ބޯހިޔާވެހިކަން، ކޮރަޕްޝަން ފަދަ ކުށްތަކަށްވުރެވެސް އިސްކަންދެވެނީ ޓެރެރިޒަމަށް