ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ފައިސާ ފޮނުވި ކަމަށް ބުނެފައިވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން
06 ޑިސެމްބަރ 2021 - 22:06
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ފަޅާއަރުވާލައިފި އެވެ.
ފުއްގިރި ދޫކުރުމައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ނުފޫޒު ހުރި ވިޔަފާރިވެރިންނާއި ގައުމުތަކުގެ ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ހިންގާފައިވާ ސިއްރު މާލީ މުއާމަލާތްތައް ހާމަކޮށްފައިވާ ޕެންޑޯރާ ޕޭޕާސްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފުއްގިރި ޑީލްގައި ރިޝްވަތު ދިނުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ބަޔަކާއި އިންޑިއާގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެކެވެ.
ފުއްގިރި ކުއްޔަށް ދީފައިވަނީ ބިޑަށް ލުމަކާނުލައި، 1.55 މިލިއަން ޑޮލަރަށް، ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށެވެ. ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ޑޮކިއުމަންޓްތަކުން އެނގޭ ގޮތުގައި މި ކުންފުންޏަކީ އިންޑިއާގެ ޕޫނޭގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ އާއިލީ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި އުޅޭ އެހެން ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕެކެވެ. ބޮސާލޭގެ އާއިލީ ވިޔަފާރިން މި ކުންފުނީގެ 50 ޕަސެންޓް ހިއްސާވެ 8.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ފުއްގިރި ދިނުމުގައި ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން ޑޮލަރު ފޮނުވީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން، ޔާމީންގެ އެކުވެރިއަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. މި ވާހަކަ މިހާރު ކުރިއަށްދާ މި ރަށުގެ މުއާމަލާތާ ގުޅޭ ދައުވާއާ ދިމާވެ އެވެ. ދައުވާގައި ބުނަނީ ރިޝްވަތުގެ ފައިސާ ދިނީ ޔާމީންގެ ގާތް ބޭފުޅެއް ކަމަށްވާ ކްރިކް ރިޒާ މެދުވެރިވެގެންނެވެ. އަދި އެ ފައިސާ ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް ލޯންޑާކުރި ކަމަށް ތުހުމަތުކުރެ އެވެ. ރިޒާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ބޮސާލޭ އާއިލާ އަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ލަގްޒަރީ ހޮޓާތަކުގައި އިންވެސްޓްކޮށްފައިވާ ބައެކެވެ. އަދި މި އާއިލާ ދިރިއުޅެނީ އެމެރިކާގެ ވައިޓް ހައުސް ގޮތަށް ހަދައި "އަވިނާޝް ބޮސާލޭ ޕެލަސް" ގެ ނަން ދީފައިވާ ގެއެއްގަ އެވެ. އަވިނާޝް އާއި ބޮސާލޭ ދުބާއީގައި އިންވެސްޓްކޮށް އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފްވި ކަމުގެ ތުހުމަތުގައި މަނީ ލޯންޑަރިންގެ އިންޑިއާ އިން ތަހުގީގު ވެސް ކޮށްފައިވެ އެވެ.
މީގެ ކުރިން، އެމްއެމްޕީއާރްސީ މެދުވެރި ރަށްތައް ވިއްކާލައި އެއިން ވައްކަންކުރި ގޮތުގެ ތަފްސީލްތަކެއް ހާމަކުރި އޯސީސީއާރްޕީގެ އިންވެސްޓިގޭޝަން ރިޕޯޓް "ޕެރަޑައިޒް ލީޒްޑް: ދަ ތެފްޓް އޮފް ދަ މޯލްޑިވްސް" ގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ވާހަކަތައް ގެނެސްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ސޮލްންޓްސެވޯ ގޭންގުގެ މެމްބަރެއް ކަމަށް ބުނާ އެވްޖެނީ ނޮވިޓްސްކީ އާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންގެ އަރިސް މީހެއް ކަމަށްވާ ކިރިލް އެންޑްރޮސޮވް ގުޅިގެން އުފެއްދި ވެންޗާ ފަންޑަކާ ގުޅިފައިވެ އެވެ.
ޕެންޑޯރާ ޕޭޕާސް އަކީ އެކި ގައުމުތަކުގެ 600 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވާ، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އަށް އޯފްޝޯ ހިދުމަތް ދޭ 14 ތަނަކުން ލީކުކޮށްފައިވާ މައުލޫމާތެވެ. މި މައުލޫމާތުތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އަންނަނީ އެކި ބައިތަކަށް ބަހާލައިގެން ހާމަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީފާ
08 December 2021
އިންޑިއާ އައުޓް... އެކަމަކު އަވިނާޝް ބޯސްލޭ އޯކޭ، އަމިތް ކުމާރު އޯކޭ. ކަސޯޓީ އޯކޭ، އަނޫޕަމާ އޯކޭ.
މެޑޯރާ
07 December 2021
އިންޑިޔާ އައުޓުވާންމިޖެހެނީ މިހިންވެބާ؟
ނަޓްވަރުލާލް
07 December 2021
ފުއްގިރި ލައިގެން ޖިހޭނީ ފުއްކައްކަން އެއްކަމެއްވެސްނުވާނެ ތިކަހަ ވާހަކަތަކެއް ކުރިން އަލްޖަޒީރައިންވެސް ދެއްކި ވީކަމެއްނެތް ބޭނުމީ ރައްޔެތުންގެ ބޮޅުކަށިހެފުން ދެންތިކަމެއްނުވާނެ މައްސަލަބަލާނިމޭރު އޮންނަނީ ހުރިހާވަގުންނައް ބައިއަޅައިގެން ކާލާފަ
ޝަފީރު
07 December 2021
ރިޝްވަތު ދީގެން ހޯދި ރަށެއްކަމުގައިވާނަމަ އެރަށް މިހާރު ހުރި ހިސާބަކުން ދައުލަތަށް ނަގަން ފެނޭ. ޤާނޫނާ ޚިލާފަށް ހޯދާފައިވާ މުދަލަކީ ދައުލަތަށް ނެގެންޖެހޭ މުދަލެއް.
ޑައޮޜީ
07 December 2021
ގިނަ އަދަދުން ފައިސާ ގެޔައް ވައްދައިފިނަމަ އަންހެނުންވެސް ނާހާނެ ކޮންތާކުން ހޯދި ފައިސާއެއްތޯ - ޔާނިން -
120687
08 December 2021
ޔާމީން ބުންޏަސް އެއީ ތެދެއް. އެއީ މިއަދު އަހަރުމެން ހާލަކީ. ކުރިން ދުވަހުވެސް ދުވަހު ނޫހެއްގައި އޮތް ވައްކަން ކޮށްގެން ޒުވާނަކު ހޯދިހާ ފައިސާއަށް އޭނާ ހެދި ގޮތް. ބައި އަޅާލި ގޮތް. މަންމައަށާއި ޢައިލާ މީހުންނަށް އަގު ބޮޑު ފޯނު ގަނެދީ ގެޔަށް ސޯފާ ސެޓާއި ޓީވީ ގަނެ ވައްދާ، ދެން ބާކީ ހުރި ތަކެއްޗަށް މަސްތުވާތަކެތި ގަނެ އެ ފައިސާ ތަޅާ ދުންކާލި އަރުވާލި ގޮތް. އެ މަންމަ އެހި ތަ، އެ ދައްތަ އެހި ތަ، ދަރިފުޅާއޭ މިއީ ކިހިނެތް ހޯދިހާ ފައިސާ ތޯ. 1/2
120687
08 December 2021
ގައިމު އާއިލާ މީހުންނަށް ރޭކާ ލާފަ ދޯ އޮންނާނީ ތިމާގެ ދަރި މިއީ ކޮންކަހަލަ މީހަކު ކަންކަން. އެވަރު ނޭނގޭ ވަރަށް ތިމާގެ އަމިއްލަ ނަފުސާ މެދުވެސް ލޯނުކަނު މީހުން ގިނަ ވެއްޖެއްޔާ ހެވެއް ނުބައެއް އެ ގަހު ކޭލެއް މި ގަހު ކޭލެއް ވަކި ނުވާނެ. އެއީ ޔާމީނު އެ ބުނާ ވާހަކަ އަކީ. 2/2
ޑަޮއޯރީ
08 December 2021
އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ އަނބިމީހާގެ ވާހަކަ އެގޮތަށް ދައްކައިފިނަމަ މިހާރު ހުންނާނީ ވަރިވެފައި. ޑައޮރީމެންނަށް އެވަރު ނުވިސްނޭތީ ހެއްވައީ.
ހަހާ
07 December 2021
އެންމެނަށްވެސް އިނގޭ ކަމެއް އޮވެއެވެ. ޔާމިނަކީ ކޮރަޕްޓް ވެރިއެކެވެ. ސުވާލަކީ ކަރަޕްޝަން ހެޔޮ މީހުން ރާއްޖޭގައި ގިނައީތޯ؟
އެފައިސާ މިފައިސާ
07 December 2021
ތިހާ މޮޅަށް ދަވާލާ މީހަކު އަނެއްކާވެސް އައިސް ތިޖޫރީގަނޑު ހުރިތާ ހުރި ވަޅުގަނޑުވެސް ނުބަހައްޓާނެ. އެކަމަކު ގައިގަ އަތެއް ނުލެވޭނެ. މާ ނުރައްކަލެއްނު؟ އެކަމަކު މި މީހުން މި އިންޑިއާ މާ ދޯޅުކޮށްގެން އުޅޭތީ ދެން ވޯޓް ލެވޭކަށްވެސް ނެތް.
މޮޅުފޮޓޯ
07 December 2021
މިނޫހުން ފޮޓޯޖަހާފައި ތިޔަވާ އޭޝިއަސިޓި ޓްރަސްޓުން އެބަ ބުނޭ އެމީހުންގެ ވެބްސައިޓްގައި ތިޔަ ޕެންޑޯރާ ޕޭޕާރސްގަ ކަނޑައެޅިގެން ދޮގު އަދި އޮޅުވާލާފައިވާ މައުލޫމާތު ހުންނަކަން. އެމީހުން އެބައޮތް ބުނެފަ ތިޔަ ނަގާކިޔާ އައިސީއައިޖޭއިން އެމީހުންނަށް ފެންނަ ގޮތަކަށް އެކި ކަންކަން އޮޅުވާލައިގެން ވާހަކަތައް ގެނެސްދޭ ވާހަކަ. އަލްޖަޒީރާގަ ހުރެ ސްޓީލިންގ ޕެރެޑައިސް ހަދާދީފަ އައިސީއައިޖޭގަ ހުރެގެން ކިތަންމެ ވާހަކައެއްވެސް އޮޅުވާލައިގެން ތިހެން ގެނެވިދާނެ.
ރާއްޖެ ބިތުފަންގި
07 December 2021
ދެން އެކައުންޓުގައި ހުރި އެތައް މިލިއަން ޑޮލަރާއި 15 ބުރީގެ ގެއަކީ ކިހިނެއް ހޯދި އެއްޗެއްސެއް؟
ބިތުގެފަންގި
08 December 2021
އެކައުންޓްގަ ހުރި ފައިސާގެ ވާހަކަ ޔާމީނު ބުނި ދުވަހަކުން ސާފުވާނީ. އެއީ ޔާމީނު ޖަވާބުދާރީވާންޖެހޭ ކަމެއް. 15 ބުރީގެ ނިންމާފަ ހުރި ގެއެއް ފެންނާކަށް ނެތް. އެންމެ 4 ވަރަކަށް ބުރި ނިންމާފަ ހުރީ.
ހަސަނު
07 December 2021
މުޅި ގައުމު ލޫޓުވާލާފަ މިއަދު ނުކުމެ މިކިޔަނީ ތިމަންނަ ޖަލަށްލާން އުޅެނިއޭ...
ޗައިނާ ދިވެހިން
07 December 2021
ރިޕޯޓް ހެދިދާނެ ކޮމްމެމީހަކައްވެސް އެމެރިކާ އިންޑިޔާ ނޭދޭމީހަކު ވެރިކަމައް އައިސްދާނެތީ ދޮގުވާހަކަ ފަތުރާނެ.
ރާއްޖެ ބިތުފަންގި
07 December 2021
ރިޕޯޓަކީ ހަދާފައި އޮތް އެއްޗެކޯ. ދެން އެކައުންޓުގައި ހުރި ފައިސާއަކީ ކިހިނެއް ހޯދި އެއްޗެކޯ؟