"މި ލޯނުތައް ދިން އިރު ބޭންކުތަކުން ކުރި އެ ޝަރުތުތަކާ ހިލާފްވެއްޖެ ނަމަ ލޯނު ޑިފޯލްޓްވާނެ ކަމަށް ލޯނު އެއްބަސްވުމުގައި އޮންނާނެ"
ހުޅުމާލޭގައި ހަދާފައިވާ އަދި ހަދަމުން އަންނަ ބައެއް އިމާރާތްތައް ފެންނަ ފޮޓޯއެއް: އެ ރަށުގެ ތަރައްގީއަށް ލޯނު ނަގާފައިވަނީ ބިންތައް މޯގޭޖް ކޮށްގެން. -- ފޮޓޯ: މިހާރު
09 ޑިސެމްބަރ 2021 - 07:06
ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކާއި ތަރައްގީގެ އެކި ކަންކަމަށް ލޯނު ނަގަން ހުޅުމާލޭގެ ބިން ރަހުނުކޮށްފައި ވާއިރު އެޗްޑީސީގެ ފުރިހަމަ ބާރުގެ ދަށުގައި ހުޅުމާލެ ބޭއްވުން، ބޭންކްތަކުން ލޯނު ދިނުމުގައި ޝަރުތުކޮށްފައިވާ ކަމަށް އެކަން އެނގޭ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ އަށް އެންމެ ފުރަތަމަ ވަކި ރަޖިސްޓްރީއެއް ހަދައިދީ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކެއް ކަމުގެ ލިޔުމެއް ހޯދަން ޖެހުނު ސަބަބަކީ ވެސް ކުންފުނީގައި ރަހުނު ކުރާނެ ރަނގަޅު އެސެޓެއް ނެތުމުން، ވިޔަފާރި އުސޫލުން ކުންފުނި ހިންގުމަށް ބޭނުންވާ ލޯނު ހޯދަން ދަތިވުން ކަމަށް މިކަމުގައި އުޅުއްވި ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވި އެވެ. އޭގެ ފަހުން ދިޔައީ އެކި ދުވަސްވަރު އެކި ކަންކަމަށް ލޯނުތައް ނަގަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކަން ބޭނުންވާ ފައިސާ ހޯދުމަށް ލޯނު ނެގީ ވެސް ހުޅުމާލޭ ފޭސް 1 މޯޖޭގްކޮށްފަ އެވެ.
ފޭސް 2 ހިއްކައި ނިމުމުން އެ ބައި ވެސް ހިމެނޭ ގޮތަށް ފޭސް 1 އާ އެއްކޮށް ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް ހައުސިން މިނިސްޓްރީން، މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ކަމުގައި ހުންނެވިއިރު ދެއްވައިފަ އެވެ. އަދި އޭގެ ފަހުން ފޭސް 2 ގައި ފްލެޓް އެޅުމާއި އެހެން ކަންކަމަށް ވެސް މި ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނުތައް ނެގި އެވެ. މި ލޯނުތައް ދިން އިރު ވެސް ހުޅުމާލޭގެ ބިމުގެ އަގަށް ނޭދެވޭ ބަދަލެއް އަންނަ ކަމެއް ނުކުރުމާއި އެ ބިން އެޗްޑީސީގެ ދަށުގައި ބޭއްވުން ޝަރުތުކޮށްފައިވާ ކަމަށް އެކަން އެނގޭ ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"މި ލޯނުތައް ދިން އިރު ބޭންކުތަކުން ކުރި އެ ޝަރުތުތަކާ ހިލާފްވެއްޖެ ނަމަ ލޯނު ޑިފޯލްޓްވާނެ ކަމަށް ލޯނު އެއްބަސްވުމުގައި އޮންނާނެ. އެހެންވެ ކައުންސިލުން މިހާރު މި ކަންތައް ކުރާ ގޮތުން ދައުލަތުން އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހި ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް،" އެއްބަސްވުންތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ނަން ހާމަ ނުކުރަން ޝަރުތުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުންތަކުގައި ޝަރުތުކޮށްފައި ހުރި ކަންކަމުގެ ތެރޭގައި އެޗްޑީސީގެ ބާރުގެ ދަށުން ހުޅުމާލޭގެ ބިން ނުނެގުން ހިމެނޭ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީޕީއެމް އިން ހުޅުމާލޭ ދެ ވަނަ ފޭސްގައި ޖަލްސާއެއް ބާއްވަން އުޅުމުން އެކަން ކުރެވޭނީ އެޗްޑީސީން ހުއްދަ ނަގައިގެން ކަމަށް ބުނުމުން އެކަމާ ދެބަސްވުމަށް ފަހުގަ އެވެ. ކައުންސިލުން ބުނަނީ ހުޅުމާލެ އަކީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އޮތް ތަނެއް ކަމަށާއި އެތަނަށް ހިނގާނީ ކައުންސިލްގެ ބާރު ކަމަށެވެ.
ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފެށި އިރު އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ގާނޫނަށް އަމަލުކުރަން ފެށުމުގެ މާ ކުރިން އެޗްޑީސީ އުފައްދާފައި ވަނީ ހުޅުމާލޭގެ ބިމުގެ ބޮޑު ބައި ކުންފުނީގެ ރައުސުލްމާލްގައި ހިމެނޭ ގޮތަށް އެ ބިމަކީ ކުންފުނީގެ މިލްކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯނުސޭޓް
09 December 2021
ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ކިތައް ލޯނަށް މޯގޭޖް ކުރެވިފަވޭތޯއެވެ؟ އެއްރަޖިސްޓްރީ ހަލޯނަށް މޯގޭޖް ކުރީ ކިހިނަކުންތޯއެވެ؟
ގަރޫޑާ
09 December 2021
ދިވެހިރާއްޖޭގެ ސަރަހައްދެއް އަދި އާބާދީ ބޮޑު ތަނެއް ކުންފުންޏެއްގެ ބާރުދަށުގަ އޮތުމަކީ ހޭޖޭހޭ ކަމެއްނޫން.
ހިއުމަންރިސޯސަސް ޑީސީ
09 December 2021
އެޗް.ޑީ.ސީ އަކީ އެކްރޮނިމްއެއް. ހެޔޮ ތަ އެކި ފަަހަރު އެކި ގޮތަށް މާނަކުރިއަސް? ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލާފަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހެދީ. ކިހިނެތްވާނީ ހުޅުމާލެ ޑިވް.. ކޯޕަރޭޝަން ނަމުގަ ނެގި ލޯންތަކަށް. ގާނޫނީ ގޮތުން އެއީ ހަމަ އެއް ކުންފުންޏެއްތަ؟ ދެން އަންނަ ސަރުކާރަކުން މިހާރުގެ އެޗް.ޑީ.ސީ އުވާލާފަ އާ ކުުންފުންޏެއް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގަ ހެދިއަސް އެ ވެސް އެއް އެޗް.ޑީ.ސީ އަކަށްތަ ވާނީ؟
އުތުރު
09 December 2021
އެލްޖީއޭއިން ހަމަ މިހާރު މާލެ ސިޓީކައުންސިލް އުވާލާ
ޏަން
09 December 2021
ލޯނު ޝަރުތު އަބަދު ދަމަހައްޓާކައް ނުޖެހޭނެ. އެހަވާލުވާ ބަޔަކު އެ ޝަރުތު ފުރިހަމަ ކުރާނެ.
ހާރު
09 December 2021
މޯގޭޖް ކުރުމަކުން މުނިސިޕަލް ޚިދުމަތް ސިޓީކައުންސިލް އަށް ދިނުމަށް ހުރަހެއް ނެތް
ބަބަުރު
09 December 2021
ކިރިޔާ ބާރެއް ލިބޭއިރަށްވެސް މިހިރީ ހަރުކަށިކަން. މިއުޅެނީ އެޗް.ޑީ.ސީ އިން ހުއްދަ ނުހޯދަންވެގެން ދެރަވެދާނެތީ. ގަޓު ހުރިކަންދައްކަން. ރައްޔިތުންނަށް ގަޓުދައްކާނެކަމެއްނެތް ތީ އަހަރުމެންގެ ނޯކިރީން. މިހާރު ހީވަނީ މިތިބީ ވެރިކަމަށް އެރިގެންހެން. ލޯމަތީ ކޮކާބުރާހެން ފައިސާތައް މިހާރު ފެންނަކަހަލަ.
މަހޭ
09 December 2021
ކައުންސިލްތަކާއި މަގާމުތަކުގަ ތިބެގެން އަޅާ އެގިތިބެ ގަސްދުގަ ނިންމާ ނިންމުން ތަކުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު އެނިންމުން ތައް ނިންމާ ފަރާތްތަކުން ޒިންމާ ވާގޮތަށް އޮންނަ ނަމަ ތިވަރުގެ ކަނެއް ނުކުރާނެ، ތިކަމުުގެ ސަބަބުން ލިބޭ ގެއްލުން މުއިއްޒު ގެ ވިއްކާފަ ދޭގޮތަށް ހަދަންވީ
މާލެސީ
09 December 2021
ދެން ތިޔަ ލޯނު ބަދަލުކުރަންވީނު މާލޭ ސިޓީ ކައުންސިލަށް
ްަސ1
09 December 2021
މި ޤައުމު ބަދަލް ކުރަންވީ މާލޭ ސިޓީ ކައުންސިލްގެ ދަށަށް. ހޮވި އިރުވެސް އިގެންޖެހޭނު މުއީޒް އަކީ ކިހާ ނުލަފާ މީހެއްކަން.
ސައްތާ
09 December 2021
ކޮންމެ އެއްބަސްވުމެއްވެސް އެމެންޑް ކުރެވިދާނެ، ހަމަތަކާ އުސޫލްތަކުގެމަތިން.
ހައްވާއްތަ
09 December 2021
ތިބުނިހެން ހަމަ. ބަދަލުނުކުރެވޭނެ މާއްދާތައްވެސް ހުރޭ. އޭގެއިން އެއްޗެއްގެ ވާހަކަޔާ ވައްތަރީ. އެހެނީ ސުކޫކުގަވެސް އެހެރަ ދައްކަންޖެހެނީތާ އިމާރާތްތައް. އެއީ އެ ދަރަނީގެ އަސްލު. އެ ނެތި ގޮއްސިޔާ އެދިޔައީ ދަރަނީގެ ފޫ