ރާއްޖެ އައި މީހެއްގެ އަތުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި. -- ފައިލް ފޮޓޯ
23 ޑިސެމްބަރ 2021 - 21:16
ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު ތިން މީހެއްގެ ހަށިގަނޑުގެ އެކި ތަންތަނުގައި ފޮރުވައިގެން ގެނައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ޕާކިސްތާނު ދެ ފިރިހެނެއްގެ ބޫޓު ތެރޭގައި ފޮރުވައިގެންނާއި މި މީހުންނާ އެކު އައި ޕާކިސްތާނު އަންހެނެއްގެ ޖަނގިޔާ ތެރޭގައި ފޮރުވައިގެންނެވެ.
މި ތިން މީހުންނަކީ ބުސްރާ އަނީސް، 51، މުހައްމަދު ޔަސީން، 49، އަދި މުނީރް އަޒީޒް، 41، އެވެ. މި ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.485 ކިލޯގްރާމް ހުއްޓެވެ.
މި މީހުންގެ ތެރެއިން ބުސްރާގެ ޖަނގިޔާ ތެރެއިން 852 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. އަދި މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމް ހެރޮއިން އަދި މުނީރްގެ ބޫޓު ތެރެއިން 895 ގްރާމްގެ ހެރޮއިން، ފެނިފައިވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް މި ތިން މީހުން ފަޅާއެރުމުން އެ މީހުން ވަނީ މިއީ ދިވެއްސަކު ބުނެގެން ގެނައި އެއްޗެހި ކަމަށް ބުނެފަ އެވެ. އެހެންވެ މި ތަކެއްޗާ ހަވާލުވަނީ ކާކުތޯ ބެލުމަށް ފުލުހުން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގި އެވެ.
މި އޮޕަރޭޝަން ހިންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެއްސެކެވެ. އެއީ އަބްދުﷲ އާމިރު، 31، އެވެ. އޭނާގެ އެޑްރެހަކީ ފުވައްމުލަކު ބީޗްވޭ އެވެ.
އަބްދުﷲ އާމިރު ވަނީ މަސްތުވާތަކެތި އޭނާއާ ހަވާލުކުރުމުން، ޕާކިސްތާނުން މަސްތުވާތަކެތި ގެނައި ތިން މީހުންގެ ތެރޭގައި ހިމެނޭ މުނީރުއަށް 3،000 ޑޮލަރު ވެސް ދީފަ އެވެ.
މަސްތުވާތަކެތި އެތެރެކުރި ތިން މީހުންނާއި އެ ތަކެއްޗާ ހަވާލުވި ދިވެހި މީހާ ވެސް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ތަހުގީގަށް ބަންދުގައި ބައިތިއްބަން، ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ. މި އެންމެންނަށް ވެސް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.
ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލާ މަސްތުވާތަކެތީގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ އަތުން ފެންނަ ތަކެތީގެ އިތުރުން އެތައް ސަތޭކަ ކިލޯއަކުން ކަނޑުމަގުން ގެންނަ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
25 December 2021
ބިދޭސީންގެ ތެރެއިން ވެސް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މީހުންނަށް އަދަބު ދެވޭނަމަ، މި ވަބާއަށް ކޮންމެ ވެސް ވަރަކަށް ހައްލު ލިބޭނެ.
ކުޗީ
24 December 2021
ބަޔެއް ފަހަރު ފުލުހުންނާއި ކަސްޓަމްސް ކުރާ މަސަތްކަތަށް ތައުރީފް ކުރަން. އެހެނަސް މައްސަލަ އަކީ ވަކިހިސާބަކުން ލިސްޓް ނުދީގެން ނޫނީ އުންސުރު ހަމަނުވެގެން ދޫވާތީ.
2021
24 December 2021
ތިކަން ކުރި ކަސްޓަމްސް އޮފިސަރުން ލަސްތަކެއްނުވެ މާލެ އޮފީހަށް ބަދަލުކުރާނެ. ނުވަތަ ތިޔަ ބޭރު މީހުން ޕާސްޕޯޓަށް 100 އެއްހާ ޑޮލަރ ލާފަ ދިންނަމަ ވެސް ސ.އޮފިސަރަކު ބުނާނެ އަޅާނުލަށޭ ރިފަރެންސް :މަސްމަރާބަޑި އެތެރެކުރި ފަތުރުވެރިއެއް-
ބަކުންބޭ
24 December 2021
ސާބަހޭ ތިކުރާ މަސައްކަތަށް. ގުންޑާ ސަރުކާރުތަކަށް މިމަކެއްނުކުރެވޭނެ
ޖަމީލުބެ
24 December 2021
الحمد لله
ޖާހިލުންގެ ރާއްޖެ!
24 December 2021
މިރާއްޖޭ އަކީ ޓޫރިސްޓުންނައް ދުނިޔެމަތީގެ ސުވަރުގެ. އެކަމަކު އާންމު ރައްޔިތުންނައް މިއީ ދުނިޔެމަތީގެ ނަރަކަ. ދެނެއް މިރާއްޖެއެއް ހަމަ މަގަކައް ނޭޅުވޭނެ. މި ގައުމަކު ނެތް ސާފުތާހިރު ކަމެއް! މުޅި މާހައުލު ހަރާބުވެ ނުބައި އަމަލު ތައް ހުރިހާކޮޅަކުން ފެނި އާންމުއިރު، މާބޮޑުކަމަކައް ނުވޭ، އެކަމަކު ހޯލިކޮޅެއްވެސް ބިމައްޖަހާފަ ‘މެރީ…’ އޭ ބުނާއަޑު އިވޭމީހަކު ވަގްތުން ވަގްތައް ރަންބުއްދިވެ، ބުނި މީހާ ހަވަރައްދީ އައިސީޔޫ އައް ފޮނުވާލާނެ! ޖާހިލުންގެ ރާއްޖެ!
އަލީ!
24 December 2021
ކަބަޑު ޗެކުކުރިތަ؟
ޝަފީރު
23 December 2021
ދައުލަތުން ޚަރަދުކޮށްގެން ކާންދީ ބަލަހައްޓަން ޖަލުގައި ބައިތިއްބާފައި ފަންސުރު ހަމަނުވާތީ. ނޫނީ އިޖުރާތު ހުންއައިސްގެން ދޫކޮށްލަދެއްވާ. ބަންދު ކުރުރީމާ ކާންދޭން ލިބުނަކީވެސް ހާދަ ފައިދާބޮޑު ޑީލެކޭދޯ.
ޖޯޖް
23 December 2021
ސަރުކާރުން ޑުރަގާ ދެކޮޅަށް ހިންގޭ ހަރަކާތް ވަރުގަދަ ވެފަ ސަރުކާރުގެ ތާއީދު އިތުރުވާތީ އިންޑިއާ އައުޓު ގުރޫޕް ހަޖަމް ނުވެގެން ރިޔާސީ އިންތިހާބެއް ޒަމާނަކުވެސް އަތު ނުޖރހޭނެކަން ޔަގީ އވރ މަގުމައްޗަށް ނިކުތަސް ސަރުކާރުން ޑުރަގާ ދެޖޮޅު ހަރަކާތައް ނިމުމެއް ނާންނާނެ ވަރައް ސަލާމް
ޙަސްތީ
24 December 2021
މިއީ ސަރުކަަރުން ކުރާ ކަމެއްނޫން. މިއީ އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރާ މުވައްޒަފުންގެ މިންނެތް މަސައްކަތް. ހަމަ އިންޑިޔާ އައުޓް.
1828
24 December 2021
އިންޑިއާ އައުޓް. އިންޑިއާ ސިފައިން ޖެހޭނީ މިފަސްގަނޑުން ފައިބައިގެން ދާން. އިތުރު އެހެން އެއްވެސް ގޮތެއް ނެތް. މަސްތުވާތަކެތި އަތުލައި ތުހުމަތުގައި ބަޔަކު ހައްޔަރުކުރުމަކުން އަދި ނުނިމޭ. އެމީހެއްގެ މައްޗަށް ކުށްސާބިތުކޮށް ދިނުމާއެކު ހުކުމްވެސް ތަންފީޒް ކުރެވެން ޖެހޭނެ. އެކަމަކު މިސަކާރުގައި ފަހުން އިޖުރާއަތްތައް ގޯސްވެގެން، ޤާނޫނީ އިންޒާރު ނުދީގެގެން ނުވަތަ އުންސުރު ހަމަނުވެގެން މިނިވަންވާތަން ގިނައިން ފެންނަނީ.