އދ. ދަނގެތީގައި މަރާލި އެރަށު ވިިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގެ ދައުވާލިބޭ ޝާ އަލޮމް މިއާ (ސާލިމް) ގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު މަރާލުމަށްފަހު އެރަށު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލާގައި ސާލިމް ވަނީ މަހްމޫދު މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަހްމޫދު މަރާލީ ފައިސާ ހޯދުމުގެ ބޭނުމުގަ އެވެ.
އެ މައްސަލާގައި ސާލިމްގެ މައްޗަށް ދައުލަތުން ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
އެ ދެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށަން ހަމަޖައްސާފައިިވަނީ މާދަމާ ހެނދުނު އެވެ.
ފުލުހުން ބުނެެފައިވާ ގޮތުގައި މަހްމޫދު މަރާލިއިރު އޭނާގެ އަތުގައި ހުރި ފައިސާތައް ސާލިމް ދިރިއުޅުނު ގެއިން ވަނީ ފެނިފަ އެވެ. އަދި އެކަމުގައި އޭނާ ނޫން އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ،