ކައުންސިލުން ބުނީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މިއަދުން ފެށިގެން ނައިޓް މާކެޓް ހުއްޓާލާނެ ކަމަށް
ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް 2020 ވަނަ އަހަރު ބޭއްވި ނައިޓް މާކެޓެއްގައި ގިނަ ބަޔަކު ހަރަކާތްތެރިވަނީ-. ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
06 ޖެނުއަރީ 2022 - 10:44
ރަސްފަންނުގައި ބާއްވަމުން އަންނަ ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
މިގޮތަށް އެންގީ މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ގިނަ ދުވަސްތަކަކަށް ފަހު، ކޮވިޑްގެ އޮމިކްރޮން ވެރިއަންޓާ އެކު މިހާރު ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންވެ އެޗްޕީއޭ އިން ވަނީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކައުންސިލުން އިންތިޒާމުކޮށްގެން ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެންނެވެ. ގިނަ ބަޔަކު ތޮއްޖެހިގެން އެތަނުގައި ބާޒާރު ކުރަމުން އަންނައިރު އެ ހަރަކާތް ވަގުތުން ހުއްޓާލުމަށް އެޗްޕީއޭ އިން އެންގުމާ އެކު މިއަދުން ފެށިގެން ނައިޓް މާކެޓް ހުއްޓާލަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"އެޗްޕީއޭ އިން ވަގުތުން ވަގުތަށް ނައިޓް މާކެޓް ހުއްޓާލަން އަންގާފައި އޮތީ. ވިޔަފާރިވެރިން އެގޮތަށް ބޭނުން ނުވިޔަސް އެޗްޕީއޭ އިން އެންގީމާ އަޅުގަނޑުމެން ޖެހޭނީ އެގޮތަށް އަމަލުކުރާކަށް ނޫންތޯ،" މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.
ރަސްފަންނުގައި ނައިޓް މާކެޓް ބާއްވަން ފުރަތަމަ ނިންމީ 10 ދުވަހަށް ނަމަވެސް އަދިވެސް ނައިޓް މާކެޓް ބާއްވަމުން އަންނައިރު އެތަނުގައި ކޮވިޑުން ރައްކާތެރިވުމުގެ އެއްވެސް ފިޔަވަޅަކަށް ނުބަލަ އެވެ. މާސްކް ނޭޅުމާއި ގައިދުުރުކަަމަށް ވެސް ބެލުމެއް ނެތެވެ.
ރަސްފަންނުގައި ނައިޓް މާކެޓް ބޭއްވުމުގެ ކުރިން މިދިޔަ ޑިސެމްބަރުގައި ވަނީ މާލޭގެ ދަރުބާރުގެ އާއި ހުޅުމާލޭގައި ވެސް ނައިޓް މާކެޓް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުންބޭ
08 January 2022
ނައިޓްމާރކެޓަކީ ޕޕއމ އަށް ފައިސާ ހޯދުމަށް ހިން ޖަރީމާއެއް. ގޮޅި ބެހިގޮތަކީ ސިއްރު ސިއްރު މީހުނަށް ގުޅައިގެން ލިބޭ އެއްޗެއް. ޕޕ އިން ފްލްެޓްވެސް ބެހިގޮތަށް. މުއިޒް ކަންތައްކުރާގޮތަށް ކަރަޕްޓް ގޮތްގޮތަށް
ބޮކިއަލި
07 January 2022
ކީއްކުރަން. ވާނެއެއްޗެއް ވެ ނިމުނީމަ. ކޮންކަމެއް ކޮންތަނެއް ރަގަޅަށް އޮތީ. ބޭނުންވީމަ މީހުން އެއްކޮށްގެން ޖަލްސާބޭއްވޭ. މުޅި މާލޭ ހުޅުމާލޭ އެއްތަން ކޮށްގެން ޓެކްސް ލާރިން ނާޗަރަންގީ ބޭއްވޭ. މިިއިންކަމެއް ނުބެލޭ ނުހުއްޓުވޭ.
ޢަރުތަ
06 January 2022
ހުއްޓުވާފިއޭ! މާދަންރޭ އަނެއްކާ އަނެއް ނައިޓްމާކެޓް ހުޅުވާކަމުގެ މައުލޫމާތު އޮތީލިބިފަ 7 ން 16 ށް،
ހުސޭނު
06 January 2022
އެއްގޮތަކަށްވެސް ނައިޓުމާކެޓު ހުއްޓުވައިގެންނުވާނެ. އަދިއިތުރަށް ގިނައިންމީހުން ތޮއްޖެސްސޭނެގޮތެއްްްއޮތިއްޔާ އެކަމެއްވެސް ރާވަންވީ. ސާބަސް ސަރުކާރު
ލޫކް
06 January 2022
ވަރަށް ރަގަޅު ހުއްޓުވާ... ދެން ހުރި މީހުން ގިނައިން އެއްވާ ތަންތަން ވެސް ހުއްޓުވާ، ރަށްރަށުގަ ބާއްވާ ބޮޑެތި ހަފްލާތަށް ވެސް ހުއްޓިވާ.... އާއަހަރަށް 11،000 މީހުން އެއްކޮށްގެން ޔޫތު މިނިސްޓަރު ކުރި ކަންތަކަކީ ވަރަށް ދެރަ ކަންތަށްތަކެއް... ސަރުކާރުގެ މިނިސްޓަރަކު ކޯވިޑް ޕެންޑެމިކްގަ ކުރަންވާނެ ވަރުގެ ކަމެއް ނޫން... އެޗްޕީއޭގެ އެންގުމާ ހިލާފަށް އާއަހަރު ފާހަގަ ކުރީކަން އެއީ ވަރަށް ދެރަކަމެއް
ޢަރުތަ
06 January 2022
އެކަމަކު އެތަނަށް ދިޔަ 11000 ރައްޔިތުންނަށް އެކަން އެއީ ދެރަކަމަކަށް ނުވިތާ!
ރައްޔިތެއް-
06 January 2022
ރެންޑަމް ސާމްޕްލިންގ ނަގަން އިއްޔެ ދިޔައިރު ސޯޝަލް ސެންޓަރުތެރެއިން ވަނުމުގެ ހުއްދައެއް ނެތް. ޖެހުނީ ތޮއްޖެހިފައި އޮތް މަގުމަތީ ބާޒާރު ތެރެއިން ލާފައި ގޮސް ސޯޝަލް ސެންޓަރު ބޭރުން އިންނަ ދޮރަކުން ވަންނަން. މަގުމަތީ ބާޒާރުގައި އެއްޗެހި ވިއްކަންތިބޭ މީހުނާއި ގަންނަންގޮސް އުޅޭ މީހުންގެ %99 މާސްކުވެސް ރަނގަޅަށް ނާޅާ ތިބީ.
ށސ111
06 January 2022
ކަލޭމެން އަަދި ސަރުކާރުން ޖަލްސާއާ އިވެންޓު ބޭއްވުން އޯކޭދޯ
ޢަރުތަ
06 January 2022
މުޒާހަރާވެސް އޯކޭ ވީމަ ވާނީއެހެންތާ
ކަމަނުު
06 January 2022
އެހެންނޫނަސް ތިޔައީ ބިދޭސީން އުނގުވިޔަފާރި ކުރަން ހުޅުވާފަ އޮންނަ ތަނެއް، ގިނައީ ހުސް ބިދޭސީން ހިންގާ ސްޓޯލްތައް
ޅަބޭގެ ދޮށީއަނބ
06 January 2022
ބަލަ އެޗްޕީއޭއިން ބަލަން ޖެހޭ ތަންތަން ނުބވަލަ އެވެ. މާރުކޭޓު ތަކުގައި ބުޅަލާ މީދަލެވެ. ހޮޓާ ތަކުގައި މުއްދަތު ހަމަވެފައި ހުރި ނުތާހިރު ސެޓިފިކެޓު ތަކެވެ. ފިހާރަ ތަކުގައި މުއްދަތު ހަމަވެފައި ހުރި ކާބޯތަކެއްޗެވެ. ރޯމަސް މާރުކެޓުގައި ކުނިވެފަ ހުންނަ މަސް ވިއްކަ އެވެ. ވަޅޯމަސް މަރުކެތުގައިވެސް އެފަދ ައެވެ. ސަރުކާރުން ކަޑުވެސް މިއޮތީ އަގު ހެއު ކޮށްފަ އެވެ. ތިންބާތުން ކޮންމެ ކިލޯއެއް ލިބެނީ 5 ރުފިޔާ އަށެެވެ. ފައްޔަބޯވެސް ނުބަލަ އެވެ.
ޢަރުތަ
06 January 2022
ޅަބޭގެ ދޮށީއަނބ ތިބުނީ ރަނގަޅު ވާހަކައެއް، ތިބުނިކަންކަމާ ދެކޮޅަށް މުޒާހަރާ ކޮށްލަންކެރޭނެ މީހަކު ނެތެއްނު، ރައްޔިތުންނަށް ކިހާ ގެއްލުންހުރި ކަންކަން ތިހުންނަނީ، ރާއްޔިތުންގެ އާއްމު ސިއްހަތު މުޅިން ފުނޑުފުނޑު ވެގެންދާވަރުގެ ކަންކަން، އެކަމަކުވެސް ތިކަހަލަކަމަކާ މުޒާހަރާ ކޮށްލާކަށްނުކެރެ. ސިޔާސީ މުޒާހަރާވިއްޔަ މުޅިންވެސްދޯ.
ޗުޕް
06 January 2022
ކީއްވެގެންތޯ ނިއު އިޔަރ ނައިޓުގައި ހުޅުމާލޭގައި ބޭއްވި ބޮޑު މިޔުޒިކު ޝޯ ނުހުއްޓުވީ. އެތަނުގައި މީހުން މަދީތޯ. ގައިގޯޅިކަން ނެތީތޯ. ޝޯ ކުރިޔަށް ދިޔައިރު ވަގުތީ ގޮތުން ކޮވިޑް މިޤައުމުން ފައިބައިގެން ދިޔައީތޯ
ޢަރުތަ
06 January 2022
ހޮޓާ ކެފޭތަކަށްވަދެ ކައިބޮއި ކޮފީ ބޯއިރު ކޮވިޑްތައް ތިބެނީ މާދުރުގަ ބަލަންއުތަ!
ޢުމަރު
07 January 2022
އެރޭ ކޯވިޑް ދިޔައީ އޭނަގެ އޮރިޖިން ގައުމަށް ޝޯބަލަން