ޚަބަރު / ރިޔާސީ ބަޔާން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަނީ

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެނގޭ ގައުމީ ދަފުތަރެއް ނެތް ކަމަށާއި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އިނާޔަތް ބޮޑުކުރަން ނިންމާފައި ވަނީ މި ދަފުތަރު އެކުލަވާލައި ނިމުމުންނެވެ.

"އެ ދަފުތަރަކީ އެ މީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީ އާއި އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައި ވާނެ. މި ދަފުތަރު ނިންމައި މި އަހަރުގެ ފަހު ކުއާޓާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން،" ރައީސް ވިދާޅުވި އެވެ.

ނަަމަވެސް، ބޮޑުކުރާނެ އަދަދެއް ވިދާޅެއް ނުވެ އެވެ.

ރައީސް މިގޮތަށް ނިންމެވި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ކުޑަވެގެން ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ މިހާރު ދޭ އިނާޔަތަކީ ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000ރ. ގެ އިނާޔަތެކެވެ. ނަމަވެސް މި ޕެޓިޝަނުގައި އެދިފައި ވަނީ އެ އިނާޔަތް 5،000ރ. އަށް ބޮޑުކޮށް ދިނުމަށެވެ.

މި ޕެޓިޝަނަށް ފަހު، ލޯފަން މީހުންނާއި އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބައެއް ބެލެނިވެރިން މި މައްސަލައިގައި ރައީސް އޮފީހަށް ގޮސް އެ މަނިކުފާނާ ބައްދަލު ވެސް ކުރި އެވެ. އެ މީހުންގެ ޝަކުވާތައް އަޑު އެއްސެވުމަށް ފަހު ރައީސް ވަނީ، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުކުޅަދާނަ ބަލާމިހާ

03 February 2022

ތިޔަ ބޮޑުކޮށްދެއްވާ ޢިނާޔަތް ދެވޭލެއް މާއަވަސް. ދެވަނަ ދައުރަކަށް އިސްކުރައްވައިފިނަމަ. ނަމަ ދެއްވަން ވިދާޅުބިނަމަވެސް އެއަޑު އަހާނެ މީހުން ތިބޭނެ.

The name is already taken The name is available. Register?

ޝަފީރު

03 February 2022

ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާއި ތަފްސީލު އެނގޭ ގައުމީ ދަފުތަރެއް ނެތް ކަމަށާއި މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ### މިކަން މިހެން އޮތްނަމަ މަނިކުފާނުގެ ހެލްތު މިނިސްޓަރ އެމާޤާމުން ވަކިކުރައްވާފަ ގޭގައި ބަހައްޓަވާ. އެބޭފުޅަކީވެސް މަޤާމަށް ނުކުޅެދުންތެރިއެއް.

The name is already taken The name is available. Register?

koba koba

03 February 2022

nspa ކޮބަ؟

The name is already taken The name is available. Register?

ދޮންކޮޅު ޝުޖާ

03 February 2022

އިބޫ 2023 ޔަގީން

The name is already taken The name is available. Register?

ބޮޑުމީހާ

03 February 2022

ބޮޑުކުރަނީ، ކުރަނީ، އަންނަ އަހރު، އަންނަ މަހު މިނޫން ވާހަކައެއް ނުދައްކާ! ކޮމަންޑޫ ދާއިރާގެ އިންތިހާބު އޮތީމަ ބަޖެޓްގަ ނެތް ބްރިޖްވެސް ފެށީ، ބިންވެސް ހިއްކަން ފެށީ، އައިސް ޕްލާންޓްވެސް އަޅަންފެށީ، ދިވެހިން ހޭއަރާ ސިޔާސީ މީހުން ޒިންމާދާރުކުރަން އެބޖެހޭ.

The name is already taken The name is available. Register?

ދެން އޮތީ

03 February 2022

ދަފްތަރު ނެތް ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް.

The name is already taken The name is available. Register?

އާދަންކުޑޭ

03 February 2022

ތެދެއް ހެދިތަ

The name is already taken The name is available. Register?

lies

03 February 2022

yes lies

The name is already taken The name is available. Register?

ކުރީގެ ޑިސެބިލިޓީ ކައުންސިލްގެ މެމްބަރ

03 February 2022

ރާއްޖޭގައި ޖުމްލަ ތިބީ ކިތައް ނުކުޅެދޭ ކުދިންކަމެއް އަދި ރާއްޖޭގައި އަހަރަކު އުފަންވަނީ ނިސްބަތުން ކިހާ ނުކުޅެދޭ ކުދިންނެއްކަމެއް މިހާތަނަށް ހޯދިފައެއްނެތް. ހަމައެކަނި ފެންނަން މިއޮންނަނީ އެންސްޕާގެ ދަފްތަރު. އެދަފްތަރުގައި ރެޖިސްޓާވެފަތިބީ ނިސްބަތުން ވަރަށްމަދު އަދަދެއް. ލަފާކުރެވޭގޮތުން %40. އިނާޔަތް ބޮޑުކުރާއިރު %60 ރެޖިސްޓާނުވާ ފަރާތްތަށް އަވަހަށް ރެޖިސްޓަރ ވުން މުހިންމު. ދައުލަތުގެ ދަރަނި ބޮޑުކަމުން މިކަން ކުރެވިދާނެތޯ ސުވާލު އެފެދޭ.

The name is already taken The name is available. Register?

ކުރީގެ ޑިސެބިލިޓީ ކައުންސިލް މެމްބަރ

03 February 2022

އާހިރުގައި މިކަން ނިމިގެންދާނީ ބައެއް ނުކުޅެދޭ ފަރާތްތަކަށް ލިބެމުންއަންނަ އިނާޔަތްކެޑި އަނެއްބާ ފަރާތްތަކަށް އިތުރުވުމަކަށް. މި ސަރުކާރު ފުރަތަމަ އައިސް ނުކުޅެދޭ ކުދިން ކެޓަގަރައިސްކޮށް ޕޮއިބްޓްތަކެއް ދޭންއުޅުނީ. 40 ޕޮއިންޓުންމަތީގެ ފަރާތްތަކަށް އިނާޔަތްދީފަ 40 ޕޮއިންޓުން ދަށުގެ ފަރާތްތަކަށް ހަމައެކަނި ނުކުޅެދޭ ފަރާތްތަކުގެ ދަފްތަރުގަ ރެޖިސްޓަރ ކޮށްދެނީ. މީ ވަރަށް ބޮޑު ދިރާސާއަކަށް ފަހު ކުރެވޭނެ ކަމެއް. ހުރިހާ ކަމެއް ރަގަޅަށްދާނެ ކަމަށް ހީކުރަން

The name is already taken The name is available. Register?

އާދެ

03 February 2022

ކޮބާތޯ 2021ގައި ތިތާ ހުންނަވާ ވިދާޅުވި ހާއްސައެހީ އަށް ބޭނުންވާ މީހުން ގެ މަރުކަޒު. ޢަދި ދިވެހިރާއްޖެ އަކު ނެއް ސްޕެޝަލް ސްކޫލެއް ނަމަވެސް ކުޅެދޭ ކުދިންނަށް ސްކޫލް ހުރި އަދަދު މަނިކު އޮޅުންފިއްލަވާ?

The name is already taken The name is available. Register?

ސަރުދާރ

03 February 2022

ޝުކްރިއްޔާ ރައީސް ސާލިޙް، މަރުހަބާ ހުރިހައި ޓީޗަރުންނާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454