ޓްރާސްޕޯޓް މިނިސްޓަރު ނަހުލާ: ކައުންސިލާ ދެކޮޅަށް އެ މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައި. --ފައިލް ފޮޓޯ/މިހާރު
09 ފެބުރުއަރީ 2022 - 23:18
މާލެއިން 1،000 ޕާކިން ޖާގަ ދިގު މުއްދަތަކަށް ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރުތަކަކަށް ދެމިގެންދާނެ ގޮތަށް ޕާކިން ޖާގަ ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
އެކަމަކު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި އަދި ވަކި ވަގުތަކަށް ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޯޓުން ބުނީ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ހިލޭ ޕާކް ކުރާނެ ސަރަހައްދުތަކާއި ފީ ނަގައިގެން ޕާކް ކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޕާކިން ޖާގަތަށް ދޫކުރާނެ އުސޫލަކާއި، އެ ޖާގަތައް ހަދާނެ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް އެ މިނިސްޓްރީ އަށް ހުށަހަޅާއި ފާސްކުރުމަށް ފަހު އެކަން ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ކުރެވޭނެ ކަމަށެވެ.
އެގޮތަށް ކަންތައް ކުރެވެން އޮތަސް، ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު އެ މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާ އިރު، އެކަމުގެ ހުއްދަޔަކަށް ވެސް މިހާތަނަށް އެދިފައި ނުވާ ކަމަށް ބުންޏެވެ.
"މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދައާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެކަމަށް އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް، އެ މަސައްކަތް މަޑުޖައްސާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މިއަދު އެ ކައުންސިލަށް އަންގާފައިވެ އެވެ.
ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ. އެކަމަކު އެ ތަންތަނުން ޖާގަ ވިއްކާނީ ސައިކަލު ޕާކިންގެ ޖާގަ ނުގެއްލޭ ގޮތަށް އަދި ޓްރެފިކް ބާރު ބޮޑުނުވާ ގޮތަށް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ފަހުން މާލޭގައި ޕާކިން އިމާރާތެއް އެޅުމުން އެ ޖާގަތައް އެތަނަށް ބަދަލު ކުރާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަހެލާ
10 February 2022
މީހުން އެއުޅެނީ ތިޔަ މިނިސްޓްރީއަށް ވެހިކަލެއްގެ ވެރިފަރާތް ބަދަލުކޮށްލަން ހުށަހަޅާ ދޮޅުއަހަރު ވާއިރުވެސް އެކަން ނުކ9ށްދީގެން. ޒޯން ބަދަލުކޮށްލަނުދޭ 6 މަސް ވާއިރުވެސް. ފުރަތަމަ ތިމާގެ މުއައްސަސާޔާ މުއައްޒަފުންގެފަންނީ ސުލޫކު ރަނގަޅުކޮށްބަލަ ބޭކާރު އަނގަނުތަޅާ!
ހުނެވިލު
10 February 2022
ނާގާބިލު ވަޒީރަށް ބުނެލަން އޮތީ ބޮޑު މުސާރަނަގައިގެން އޮފީހަށް ނައިސް ބަޔަކު ކަމެއްކުރަން އުޅޭއިރަށް މަގާމުގެ ދަހިވެތިކަން ހިތައް އައިސް ރައްޔިތުންނަށް އުނދަގޫކޮށް ފުރައްސާރަ ނުކޮށް މަޑުން ހުރެވޭތޯ ބަލާށޭ
އެއްކަލއިއްބެ
10 February 2022
މީދެން ކިހާ ދެރަކަމެއް . ޤައުމުގެ އެއް މުއައްސަސާއިން ކުރާ ކަންކަން އަނެއް މުއައްސަސާގެ އިޙްތިސޯސްތެރެއަށް ވަދެގެން ނިކުންނަން ނޭނގިގެން އުޅެނިކޮށް ޢާންމުން މިތާށިވަނީ . މީ ދެރަވަރު . ބައެއް މުއައްސަސާތަކަށް ލިބިދީފައިވާ އިޙްތިސޯސްތައް ޒަޢާމަތީ ބާރުތަކުން އަތްބާނާ އުނދުޅިބާނާ އުނިއިތުރު ކޮށްކޮށް މުއައްސަސާތައް ހިކިއަނަރޫފްވެ ބާރުކެނޑިފަ އޮންނަތަންވެސް އެބަފެނޭ ، ދެރަވަރު " އެއްގަލަށް " އެރޭނެ އެއްވެސް ގޮތެއް ނެތީތާދޯ އެއް އުއްމަތެއް އެއްދީނެއް
އުސްތާޛޫންކީ އުސްތާޛު
10 February 2022
ލާމަރުކަޒު ކުރަނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތްދިނުމަށެވެ. އެހެންކަމުން ސިޓީ ކައުންސިލާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލްތައް އޮންނަށް ޖެހެއެވެ. އެކަމަކު ވެރިކަންކުރާ ރަށް މާލެ ސިޓީގައި ސިޓީކައުންސިލެއް އޮންނާކަށް ނުޖެހެއެވެ. އެއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ދައުލަތުގެ ވަސީލަތްތައް އޮތީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުގައެވެ. މުސްކުޅި ބަހުގައި އޮންނަނީ އެއްއުރައެއްގައި ދެކަނޑިއެއް ނޯންނާނެކަމަށެވެ.
ކަޅު ހުއްތު
10 February 2022
މާލެގެ އެކި ގޭގޭކުރިމަތީ ޒޯނުހަދާ މިނިސްތަރު ކާރު ޕާކްކުރަން ޖާގަދެވެ، ސިއްކަ ގެޔާ އާއިލާ އެންމެން ގެތައް ވަށައިގެން ރޮނގުދަމާ ވަކިބަޔެއްގެ ވެހިކަލް ބާއްވަން މުޅސަރަހައްދުގަ ރޮނގުދަމާގެން އުޅެވެ، ބާކީ އޮތް ތަންކޮޅެއްގަ ވިއްޔާ ރަތްރޮނގު ދަމާ މަޑުކުރުންވެސް މަނާ. އެކަމު ކައުންސިލައް މަނާ؟؟؟
ރަދީފް ހުސެން
10 February 2022
ރައްތަކުގެ ބިން އެތައްއަހަރަކައް ކައުންސިލައް ވިއްކެ، ހުޅުމާލޭން ބޭނުންތަނެއް އެޗްޑީސީއައް ވިއްކެ، އެކަމު މާލެ ސިޓީ ކައުންސިލައް މާލޭގެ ބިމުންތަންކޮޅެއް ކުއްޔައްނުދެވެ؟
ޙަސަން އަޙްމަދު
10 February 2022
ހަތަރު ފުރޮޅުލީ އުޅަނދު އޮންނަނީ ގަރާޖެއްގައި ރަޖިސްޓަރީ ކޮށްފަޔޯވެސް ބަޔަކު ކިޔާ. އެކަމަކު އަހަރެމެން އޮފީސްކުރިމަތީ އޮންނަ ސައިކަލު ޒޯން ފުރިފަ އޮންނަނީ ކާރު. މިހާރު އެތަނުން އެއް ހޮޅީގަ ޖަހާފަ ހުރި ނިޝާން ވެސް އެހެރީ އަމިއްލައަށް ނައްޓާފަ. ނުވިތާކަށް އެމީހުންނަށް ހޭލެވުން އިރަކުން ހޭލައިގެން މި ދަނީ ކާރު އޮތް ޖާގަ ބަންދުކުރަން އެތާ ބޯޑަރު ވެސް ދަމާފަ. ސަރުކާރެއް އޮވެމެ ތަންގަޑުގައި ދާދާގިރީ ހިންގާ އުސޫލު މާލޭގައި މި އޮންނަނީ.
ރަދީފްއޮފިޝިއަލް
10 February 2022
މިމީހުންގެ ހުރި ނުލަފާކަން މިފެނުނީ.ސިޓީ ކައުންސިލުން މަގުމަތީގަ ނަމްބަރު ޖަހާ ރޮނގުދަމާ ހުރިހާ ކަމެއް ނިންމާ އިއުލާންކުރަން އޮތް ދުވަހު މިނިސްޓްރީން ބަޔާން ކަނޑާލީމަ ދެރަ ދޯ.ގައިމު ދެލޯ އަނދިރި ނޫންނަމަ މަގުމަތީގަ މެތެމެޓިކްސް ފޮތެއްގަ ނަމްބަރު ޖަހާހެން ޖަހާފަހުރިތަން މީގެ 15 ދުވަސްކުރިން ފެންނާނެ.އެހެންވީމަ މިނިސްޓްރީގެ އިހްލާސްތެރިކަން މިކަމުގެ ނެތޭ ބުނުމަށް މަގުފަހިވޭ.ވ.ވ.ވެދުން
ސޭޓުގެ އަނބި
10 February 2022
ޢެއުޅެނީ ގަރާޖުސިޓީ ފައިސާ ނުލިބިދާނެތީ. ތިކަމެއްގަ ގިނައިން އުޅެނީ ޓްރާންސްޕޯޓް މިނިސްޓްރީ މީހުން. ފުރަތަމަ ބަލާބަލަ އެއް ގަރާޖުގަ 10 ވެހިކަލް އޮންނަ މައްސަލަ.
އަދުރޭގެ އަނބި
10 February 2022
ގަރާޖު ސިޓީ ދޫކުރަނީވެސް ބަލަހައްޓަނީވެސް ކައުންސިލްތަކުން
ބށނު
10 February 2022
ވަކިތަންތަން ހަދައިގެން ކުއްޔަށްދެވިދާނެ. ހިގަން އޮންނަމަގުގެ އާއްމު ބޭނުންތަކަށް އޮންނަ ބައި ކުއްޔަށް ނުދެވޭނެ.