29 މާޗް 2022 - 11:08
މުހިންމު މައްސަލަތައް ބަލައިގަނެ ބަހުސް ކުރުމަކީ "ސަރުކާރާ ޖައްސާލުން" ކަމަށް ހީކޮށްގެން އުޅޭ ނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އުނދަގޫ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އީވާ މިހެން ވިދާޅުވީ، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެ އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރެއިން ސަރުކާރަށް ތާއީދު ކުރާ 11 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ.
އެ މައްސަލާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ވިޔަސް ސައީދު ހުށަހެޅުއްވީ ތިން އަތޮޅަކަށް ހިދުމަތް ކުރާ އަދި 35،000 އެއްހާ މީހުންގެ އާބާދީ އަށް ހިދުމަތް ދޭ ހޮސްޕިޓަލަކާ ގުޅޭ މައްސަލައެއް ކަމަށެވެ. އެމްޑީޕީ މެޖޯރިޓީއެއް އޮވެ އެފަދަ މައްސަލައަކަށް ބަހުސް ކުރަން ފުރުސަތު ނުދޭންވީ ސަބަބެއް ނުވިސްނޭ ކަމަށް އީވާ ވިދާޅުވި އެވެ.
"މެމްބަރު ހުށަހަޅުއްވާފައި އޮތީ ޓާޝަރީ ހޮސްޕިޓަލެއް ނުހިންގައިގެން އެ ވާހަކަ. އިބާރާތުގައި ވެސް މައްސަލައެއް ނެތް އޮތީއެއް ނޫން. ސަރުކާރުން ގަދަކަމުން ނުކުރަނީ އޭ، ސަރުކާރު ނުލަފާ ކަމުން ނުކުރަނީ އޭ އެކަހަލަ ވާހަކައެއް ވެސް އޮތީއެއް ނޫން،" އީވާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އަގުލަބިއްޔަތެއް މަޖިލީހުގައި އޮތް އިރު އެމްޑީޕީ އަށް އެއްވެސް ކަމަަކަށް ވަކާލާތު ކުރަން ފުރުސަތު ނުލިބުމުން ޖެހުނީ މެގަފޯނުތައް ހިފައިގެން ނިކުމެ މޭޒު މައްޗަށް އަރައިގެން ވެސް އަޑު އުފުލަން ކަމަށާއި ނަމަވެސް އެމްޑީޕީ އަށް 65 ގޮނޑި ކާމިޔާބު ކުރެވުމުން އަގުލަބިއްޔަތު ފައިދާ ނާޖާއިޒް ގޮތުގައި ނުހިފާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީގެ މެމްބަރުން އެހާ ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރު ގެއްލުނީ ކޮން އިރަކުތޯ އީވާ ސުވާލު ކުރެއްވި އެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުމިއްޔާ މައްސަލަތައް ރަނގަޅަށް ބަލައިދިނުން ނޫން ގޮތެއް ނޯންނާނެ. ކިރިޔާ މައްސަލައެއް ބުނާ އިރަށް ސަރުކާރާ ޖައްސާލަނީ އޭ ބުނާ ކަމަށް ވަންޏާ 2023 ވަރަށް އުނދަގޫ ވާނެ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގައި ތިބެގެން ސަރުކާރު މެމްބަރުން މިފަދަ މައްސަލަތަކަށް ބަހުސް ނުކުރަން "ރަތަށް ފިތިޔަސް" ހޮސްޕިޓަލުގެ ހާލަތު ގޯސްކަން ލ. އަތޮޅު ރައްޔިތުންނަށް ނޯޅޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ރައްޔިތުން ދެކޭނީ އެމްޑީޕީގެ މެޖޯރިޓީ އޮވެ އެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.
"މިއަށް ވުރެ ތަސައްވަރު ފުދެން ޖެހޭ އެބަ. މި ރާއްޖޭގެ ސިޔާސީ ބަހުސްގެ ނާރެސް މިއީ، ބަހުސް ކުރިޔަށް ގެންދަން އެމްޑީޕީ އަށް ފުރުސަތު ދޭން ޖެހޭ، އަޅުގަނޑުމެން ހިނގަމުންދާ މައްސަލަަތައް ނުވާ ކަމަށް ހަދަން އުޅުނަސް ދާއިރާތަކުގެ ރައްޔިތުންނަކަށް ނޯޅޭނެ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގައި އިއްޔެ ވެސް ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީން ވިޕެއް ނެރުނެވެ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އެ މައްސަލަ ބޭރު ކޮށްލުމަށް ވޯޓު ދިނުމުން އީވާ އާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުންގެ ފާޑު ކިޔުން އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
29 March 2022
އެއްވެސް ޝަރުތަކާނުލާ 2023 ހުގަ ބޮޑުވަޒީރުކަން އައްނި އައް ޔާމީނު ދޭނެ, ޔާމީނު ހުންނާނީ ރައީސްކަމުގަ ގައުމުހިނގުމުގެ ހުރިހާބާރެއް އޮންނާނީ އައްނި އައްދޫކޮއްލާފަ,
އަލި
29 March 2022
އެއްވެސް ޝަރުތަކާނުލާ 2023 ހުގަ ބޮޑުވަޒީރުކަން އައްނި އައް ޔާމީނު ދޭނެ, ޔާމީނު ހުންނާނީ ރައީސްކަމުގަ ގައުމުހިނގުމުގެ ހުރިހާބާރެއް އޮންނާނީ އައްނި އައްދޫކޮއްލާފަ,
ނަޖާހު
29 March 2022
ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ، މި ވެރިން ގެ ކިބައިން މިގައުމު އާއި މިގައުމުގެ ކުރި އަށް އޮތް ޖީލް ތައް މިންޖު ކުރައްވައި ފައި ދޭވެ.
ސްމޭޝް-ފުވައްމުލައް
29 March 2022
ސަރުކާރުން ދޭ ޚިދުމަތްތަކުގެ މައްސަލަތަކަށް މަޖުލީހުގައި ބަހުސު ކުރަން ފުރުސަތު ނުދެވޭނަމަ ކަންކަން ރަނގަޅު ކުރާނެ ގޮތެއް ނުވިސްނޭ! ބަލަގަ މަޖުލީހުގައި ގިނައީ އެމްޑީޕީ މެމްބަރުން ބަހުސު ކުރަން ބިރުގަންނާކަށް ނުޖެހޭ! ސަރުކާރަށް ކަންކަން ކުރެވޭ ކަމާއި ކަންކަން އިސްލާހުކުރަން ރާވާފައިވާ ގޮތް ހާމަކޮށްދީގެން ރައްޔިތުންގެ ތާއީދު ހޯދަން ލިބޭ ފުރުސަތުގެ ބޭނުންކުރަން އެނގެންވާނެ. މަޖުލީހުގެ ކުރީ ކޮޅު އެކަން ފެނިގެންދިޔަ. އަލުން ރަނގަޅު ކުރޭ1
ވާގޮތެއް
29 March 2022
އަދިވެސް މިގައުމުން، އެމްޑީޕީ އިން ކިޔަމުން އައި "މައުމޫނިޒަމް" ނުނެތޭ. އެމްޑީޕީގެ ބައެއް ފަރާތްތަކަށް ހީވެފަ އޮންނަނީ އާއިލީ ވެރިކަމެކޭ އޮންނަންޖެހޭނީ އެމްޑީޕީއާ ޖެހުނީމާ
ސްމޭޝް-ފުވައްމުލައް
29 March 2022
މިއީ މައުމޫނިޒަމަކާއި އަނނި ޒަމެއްގެ ވާހަކައެއް ނޫން! ބަހުސަށް ޖާގަ ދޭންޖެހޭނެ!
ރަންހަދާ ޖަމީލް / ސ.ހިތަދޫ
29 March 2022
2023ގަ ކަލޭމެން ދާން ޖެހޭނީ މަހަށް.
އީވާ ބުނަން....
29 March 2022
ކަލޭމެންގެ ވާހަކަ ތަކާއި، ޢަމަލުން ސާފުކޮށް ފެންނަނީ ކޯލީޝަން ސަރުކާރާއި ޖައްސާލައިގެން އުޅޭ ތަނެވެ. ކަލޭމެން ހީކުރިގޮތާއި ޚިލާފަށް ރައީސް ޞާލިޙް ކަލޭމެންގެ ޕަޕެޓަކަށް ނުވީމައި ތިތިބީ ގޮތްހުސްވެފަ އެވެ. ކޯލީޝަން ރޫޅާނުލެވުނީމައި، ބައިވެރިންނާ ދިމާކޮށްލައިގެން ތިއުޅެނީ އެހެންވެގެންނެވެ. 2023 ކީއްކުރަންގެއްޔެވެ! ކޮންމެ އިންޠިޚާބެއް ކާމިޔާބު ކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ.
އެމްޑީޕީ މީހާ
29 March 2022
މުހިންމީ އީވާއެއް ނަޝީދެއް ނޫން! މުހިންމީ މައްސަލަ! މަޖުލީހުގައި ބަހުސަށް ޖާގަ ދޭން ޖެހޭ!
ހުސްނޫ
29 March 2022
މިއީ ނަސީދު ފެކްޝަން... މިވެރިންނައް ދިމޮކްރަސީ ކިޔަވަދޭން އެބަޖެހޭ
އަސްލު
29 March 2022
މާލޭ ނިކަމެތި ރައްޔިތުންނަށް ހުޅުމާލެއިން ގޯތިދޭން އީވާވެސް ވަޢުދުވި އެކަމަކު ވެރިކަންލިބި, މަޖިލީސް ގޮނޑި ލުބުނު ހިސާބުން އެކަން ހަނދާން ނެތިއްޖެ. އިންޝާ ﷲ ދެން ދޮގުވަޢުދުވާ މީހުންނަކަށް ވެރިކަމެއް ނުލިބޭނެ.
ކޮރަލް
29 March 2022
އީވާ މަޖްލީހުގަ 3 ދައުރު ހަމަ ވާއިރު ދާއިރާ އަށް ކޮށްދިން އެއް ކަމެއްވެސް ބުނެ ބަލާށެވެ. ކޮންމެ އިންތިހާބަކުވެސް ގޭގެ އަށް އެއްފަހަރު ވަދެލަ އެވެ. ދެން ގަލޮޅު ކަންމަތީ މީހުން އެއްކޮށް ބޮނޑިބަތް ކާން ދިނީމަ އެމީހުންނަށް އެވަރު ފުދެ އެވެ. ސަރުކާރަށް އުނދަގޫ ވާނަމަ ސާބެ އަށް ވެސް އުނދަގޫ ވާނެ އެވެ. އެތައް ސަތޭކަ މިލިއަނެއް އެބަ ލިބެ އެވެ.