ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް މަޖިލީހުގެ ކޮމިޓީއެއްގައި: އޭނާ ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.---ފޮޓޯ: މަޖިލިސް
20 އެޕްރީލް 2022 - 13:50
އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް މި ސަރުކާރަށް "ނުހިންގުނު" ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިލްޔާސް ތާއީދު ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ. އޭނާ އަށް އައްޑޫން ތާއީދު ހޯއްދަވަން ދެއްކެވި ވާހަކައިގައި ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އައްޑުއަށް ކަމެއް ނުވުމުގެ ޒިންމާ ފައްޔާޒް ނަންގަވަން ޖެހޭ މޭރަމުން ވާހަކަ ދެއްކެވި އެވެ.
އިލްޔާސް ވިދާޅުވީ އައްޑޫގެ މީހުން ބޭނުންވާ ކަންކަން ނުވުމުގެ ކަންބޮޑުވުން އެބަހުރި ކަަމަށެވެ. އިންތިހާބުގެ ކެމްޕޭނަށް ފައްޔާޒް އައްޑު އަށް ވަޑައިގެން "ހިންގާލި" ކަމަށް ވިދާޅުވާން އޮތީ ކޯއްޗެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އިންތިހާބުގައި ފައްޔާޒް ގެންގުޅުއްވަނީ އެމްޑީޕީ "ހިންގާލުން" ސްލޯގަނެވެ. އައްޑު އަށް އެއްވެސް ކަމެއް ނުވެ "ހިންދާލީ" ކަަމަށް އިލްޔާސް ގުޅުވީ އެ ސްލޯގަނާ އެވެ.
"ހިނގަ ހިނގާ އޮތް ދެ ރިސޯޓް، ޝަންގްރިއްލާ އާއި ހެރެތެރަ ބަންދު. މިއަދު ވެރިކަމަށް ހަތަރު އަހަރު މި ނިމެނީ އަދިވެސް ބަންދު. ކޯއްޗެއްތޯ ހިންގާލާ ވާހަކަތޯ. ހިންދާލީ. ހިންދާލާ ވާހަކަ އެ ދައްކަނީ،" ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިލްޔާސް ވިދާޅުވި އެވެ.
"ހައިރާންވޭ [އައްޑު އަށް] އައިސް އެ ވާހަކަ ދައްކާތީ. ލަދު ނުގަނޭބާއެ ހިތަށް އަރާ."
ކޮވިޑާ އެކު ޓޫރިޒަމަށް އައި ހީނަރު ކަމުގައި ބަންދުކުރަން ޖެހުނު ހެރެތެރަ އެއްބައި ވަނީ ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާ ދޫނުކުރެވިގެން ކަމަށާއި ހިއްސާ ދޫކޮށްލުމަށް ފަހު، މި އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި ވަރަށް ފަހުން ވިދާޅުވެފައިވެ އެވެ.
ހުވަދޫ ރިސޯޓަށް ގެސްޓުން ގެންދަން ކަމަށް ބުނެ ސީ ޕްލޭން ދެ ފަހަރަށް އިފްތިތާހްކޮށްފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އެކަން ވެސް ނުހިންގުނު ކަމަށާއި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"އައްޑޫގައި މަސްފެކްޓްރީއެއް ހަދާފައި ހަތަރު އަހަރު ވެގެން ދާއިރު މިއުޅެނީ މަސް ނުކިރިގެން ކަނޑަށް އުކަން ޖެހެނީ،" އިލްޔާސް ވިދާޅުވި އެވެ.
"ކޮބާތަ މި މަސް ފެކްޓްރީ ހިންގަން ބުނި މީހުންތައް. އިގްތިސާދީ ވަޒީރަށް އިގްތިސާދީ ކޮން ކަމެއްތޯ ކުރެވެނީ. މި އަތޮޅަށް ސިޓީއަށް ކިތައް ވަޒީފާ އިތުރުކުރެވިއްޖެތޯ، އިގްތިސާދީ ކޮން ކަމެއް ކޮން ހަރަކާތެއްތޯ ގެނެވުނީ. ކިތައް މީހުންނަށް ވަޒީފާ ދެވުނީ. ހެރެތެރެ، ޝަންގްރިއްލާގައި ތިބި އެންމެންގެ ވަޒީފާ ދިޔައީ. އެއާޕޯޓުގައި ހުރި އެތައް ވަޒީފާ ދިޔައީ."
އިލްޔާސް ވިދާޅުވި ގޮތުގައި އައްޑޫގެ ވަޒީފާތައް ވެސް "ހިންދާލީ" އެވެ. މިއީ، ސަރުކާރަށް މިހާ ބޮޑަށް އިލްޔާސް އައްޑޫގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާޗް މަހު އެ ސިޓީއަށް ވަޑައިގެން ވިދާޅުވެފައި ވަނީ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ތަރައްގީގައި އައްޑޫ މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އައްޑޫގައި މަޝްރޫއުތައް ހިންގާނެ ކަމަށާއި އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަަރައްގީ ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސަން
21 April 2022
މިއީ ލަދެއް ނެތްމީހެއް
ކޮއްކަލެފުތާ
21 April 2022
އައްޑޫ އެއާޕޯޓް ހިންގާލިތަ؟ އައްޑޫ އަށް އެއްވެސް ހަރުދަނާ އިގްތިސާދީ ހަރަކާތެއް ހިންގާލެވުނުތަ ؟ އައްޑޫއާއި ބޮޑު ހުވަދޫ ދެމެދު ހިންގަންބުނި އެއާޓެކްސީ ހިންގުނުތަ ؟ ކިތައް ވަަޒީފާ އުފައްދާ ހިންގުނުތަ؟ ކިތައް މަގު ޒަމާނީ ފެންވަރަށް ހިންގުނުތަ؟ ކިތައް ސުކޫލަށް ބޭނުންވެގެން ހުށައެޅި ކަންތައް ހިންގުނުތަ؟ ހޮސްޕިޓަލްތައް އެހެން ލެވެލްއަކަށް ހިންގުނުތަ؟
ފަދުމަވީ
21 April 2022
ނަޝީދު އަދި އީވާ ގެ ޕަޕެޓް!
ާއުނިމާ
21 April 2022
ދެން ޕަޕެޓަކަސް ކޮންމެ އެއްޗަހަކަސް، އިކޮނޮމިނިސްޓްރީގަ ހުރީ އިލިޔަސްއެއްނޫން، ފައްޔާޒޭ! އިލްޔާސް އެބުނީ ވަރަށް ރަނގަޅު ވާހަކަތަކެއް، އެކަންކަން ހިގާފައި އޮތްގޮތް! އަސްލު ހިންގާލާށޭ ކިޔާފަ ދައްކާވާހަކަތަކުގެ އިޚްލާސްތެރިކަމެއް ނުފެނޭ! ފުރަތަމަ ފައްޔާޒާ މިސަރުކާރު ތިމާމެންގެ ގެ ޒިންމާ އަދާކޮށްބަލަ ، ނޫނީ ހިންގާލަން މިނިސްޓަރުން ބަދަލުކުރަންވީނު ފުރަތަމަ
އަލިތަކުރު.
21 April 2022
ކަލޭމެން އައްޑޫ މީހުން ރާއްޖެތެރޭގެ މީހުން ބޮލަށް ވަދެގެން މިހާރު ތިއުޅެނީ އެހެން ކަމެއް ކުރަންވެގެން. ބަލަ ރާއްޖެތެރޭގެ ހުރިހާ ރަށެއްގައި ކިހިނެއް ބަނދަރު ހަދާ ހޮސްޕިތަލް ހަދާ އިސްކޫލު އަޅާ މިކަންކަން ކުރަނީ ؟ ކަލޭމެން ރާއްޖެތެރޭ މީހުނާއި ހެދީއެއްނު މި ޤައުމު މިވަރަށް ދަރަނިވެރިވީ. ކޮން އައްޑުއެއް ލާމެއް ހުވަދުއެއް ހަނިމާދުއެއް ކުޅުދުއްފުއްޓެއް. ޔާމީނު ބުނިހެން އެންމެން މާލެއަށް އާދެބަލަ.
އޮނަރަބްލް އަފީފު ދީދީ
21 April 2022
އިއްޒަތްތެރި މެންބަރުގެ ވާހަކަ އަޑުއަހައި ވީޑިއޯވެސް ބަލައިފިން. ދައްކަވާފައިހުރީ މުޅިންވެސް ތެދު ވާހަކަ. # މެންބަރުވެސް ޤަބޫލު ފުޅުކުރައްވަން ޖެހެނީ "މައުމޫނުގެ ވެރިކަން ވައްޓާލުމަށްޓަކާ" އަހަރުމެން އެމީހުނާއި (ކ.އަތޮޅު މާލޭމީހުނާއި) އެއް ކުޑައެއްގެ ދަށަށް ދިޔަކަމުގައިވިޔަސް "އެމީހުނަކީ ދުވަހަކުވެސް އަހަރުމެނާއި އެކުގައި ވާނެބައެއްނޫން" ކަން. # ބުއްދިވެރިގޮތަކީ "ވަގުތު ނަގާނުލާ" ކޮޅުމަޑުލުން އައްޑުއަށް ހިމެނޭ އަމިއްލަ ޕާޓީއަކާއިގެން ތެދުވުން.
ބަކުންބޭ
20 April 2022
ފެއިލްޑް ނަޝީދާ އެކީގަ ހުރި ހަމައެކަނި އެމްޕީ އަކީ އިލްޔާސް ދޯ، އިލްޔާސަށް ހެޔޮވިސްނުން ދެއްވާށި، އާމީން
ާއުނިމާ
21 April 2022
ދަ ޓުރުތް އިޒް އޯލްވޭޒް ބިޓާ
ހަބީބް
20 April 2022
އައްޑޫ ތަރައްގީ އަކީ ވޯޓަށް ޖައްސާ ގޭމެއް..ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ދީގެން ހެވިފަ ތިބީނު..އެމީހުނަށް އިނގޭ ވޯޓް ހޯދަން އެއްމެ ފަސޭހައިން ބޯ ކާލެވޭނީ އަޢްޑޫއިންކަން..ދެން ކީއްކުރާ ތަރައްގީއެއް..
ބަތޭލި
20 April 2022
ހިންގާލާކަން އއެނބަ އެނގޭތާ. ހުރިހާ މަޝްރޫޢުުތަކެއްގެ ކޮންޓްރެކްޓަރަކަށް މިވަނީ އިލްޔާސް ގެ ކުންފުނި. މަގުހެދިޔަސް ފަޅުކޮނުނަސް އިމާރާތެއް ކުރިޔަސް މަސައއްކަތް ލިބެނީ އިލްޔާސް ކުންފުންޏަށް.
ޤައްދާރުން
20 April 2022
މިހާރު މިވާގޮތަކީ މޑޕ މާސިންގާޕާޓީ އަކަށްވެއްޖެ. ދެންރަނގަޅުވާނީ ކުދިންކޮޅު އެކަކު އަނެކަކުގެ ކަރުގަ ނުހިފާ ޕަޓީ ދެބަޔަށް ފޮތިކޮށްލިއްޔާ. އެއްކޮޅުގަ އިބޫ މޑޕ. އަނެއްކޮޅުގަ ނަސީދު މޑޕ. ﷲގެ ރަހުމަތް ފުޅުން ކަލޭމެންނަށް ތިޔަ ދައްކަވަނީ ޤައުމަށް ޤައްދާރުވީމާ އޭގެ ހިތި ނަތީޖާ.
ގުޑް
20 April 2022
އިއްލެ ބުންޏަސް މީ ރަނގަޅު ވާހަކައެއް