ރާއްޖޭގެ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލުން.
26 މެއި 2022 - 12:38
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ ދެ ވަނަ ބުރު ނިންމާލި އިރު ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި މި ސާވޭގެ ސަބަބުން ބޮޑެތި ފަސޭހަތަކާއި ފައިދާތައް ވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމާއި އަތޮޅުތައް ވަށައިގެންވާ ފަރުތަކާއި ފިނޮޅުތަކާއި އެހެނިހެން ތަންތަން ދެނަގަންނަން ކުރާ އެ ސާވޭ އިންޑިއާގެ މަނަވަރު ސުތުލެޖް އިން ނިންމާލީ އިއްޔެ އެވެ. އެއީ އޭޕްރީލް 18 ގައި ފެށި ސާވޭއެކެވެ.
ރާއްޖޭގެ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭގައި ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދު ވެސް ސާވޭކުރިއިރު ސާވޭގެ ތެރޭގައި 6،500 ނެނޮމީޓަރުގެ ސައުންޑިން ހަދާފައިވެ އެވެ. އެއީ އުތުރުގައި 4،750 ނެނޮމީޓަރުގެ ސައުންޑިން އާއި މާލެ ކައިރީގެ 1،730 ނެނޮމީޓަރުގެ ސައުންޑިން އެވެ.
އެމްއެންޑީއެފުން ބުނީ ޖުމްލަ 944 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ސައުންޑިން ލައިން ފޮނުވައިގެން ކާމިޔާބުކަމާ އެކީ ސާވޭކޮށްފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫއިން ފެށިގެން ށ.ފަރުކޮޅު ފުނަދޫއާ ހިސާބަށް 844 އަކަކިލޯމީޓަރާއި މާލެ ސަރަޙައްދުގެ 100 އަކަކިލޯމީޓަރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ސަރަހައްދު އެންމެ ފަހުން ސާވޭކުރީ 1،853 ވަނަ އަހަރު ކަމަށެވެ.
މިފަހަރު ސާވޭ ހަދާފައި ވަނީ މަލްޓި ބީމް އެކޯ ސައުންޑާސް އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ވަރަށް ފުޅާކޮށް ކުރިއަށް ގެންދިޔަ އެ ސާވޭގެ ސަބަބުން އެ ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓްތައް އަޕްޑޭޓްވާނެ ކަމަށާއި އޭރުން ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދު ވެސް ކުރިއަރާނެ ކަމަށެވެ.
ނޫ އިގްތިސާދަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި އިސްކަމެއް ދީފައިވާ ދާއިރާއެކެވެ. އެ ސާވޭގެ ސަބަބުން ނޫ އިގްތިސާދުގެ ދާއިރާގައި ހިމެނޭ، ޓޫރިޒަމާއި ފިޝަރީޒް އަދި އެގްރިކަލްޗާ އާއި އެސްއެމްއީތަކާއި ލޭބާ އެންޑް އެމްޕްލޮއިމެންޓް އަދި އިކޮނޮމިކް ޑައިވާސިފިކޭޝަންއަށް ރަނގަޅު އަސަރުތަކެއް ފޯރާނެ ކަމަށް ބުންޏެެވެ.
އިންޑިއާގެ މަނަވަރުން ވަނީ މާލޭ ސަރަހައްދުގެ 10 ތަނަކާއި އުތުރުގެ ހަތަރު ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ހަދައިފަ އެވެ. އޭގެ ސަބަބުން ކަނޑުގެ އޮޔަށް އަންނަ ބަދަލުތައް ލަފާކުރަން ފަސޭހަވާނެ ކަމަށް ވެސް ބުންޏެވެ. ފުނަދޫ އާއި ކަނޑިތީމު އަދި މަކުނުދޫގެ އިތުރުން، ތިލަފުއްޓާއި ހުޅުމާލެއަށް ކަނޑުގެ އޮއެވަރަށް އާ ބެންޗް މާކްތަކެއްވަނީ ކަނޑައަޅައިފަ އެވެ. އޭރުން ޓައިޑަލް ރީޑިންސް އަދި ޕްރިޑިކްޝަންނެގުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ އެދުމުގެ މަތިން ކާށިދޫގެ ބޭރުން ސަރަހައްދެއް ސާވޭކުރި ކަމަށާއި މިއީ ދިވެހި މަސްވެރިންނަށް ފިޝް އެގްރިގޭޓިން ޑިވައިސް (ކަނދުފަތި) ހަރުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި ސާވޭގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސްމޯލް ސްކޭލް ޗާޓަކާއި މާލެ ސަރަޙައްދުން ތިލަފުއްޓާއި މާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ލާޖް ސްކޭލް ޗާޓެއް ޕްރިންޓް ކުރުމަށް މަގުފަހިވި ކަމަށް ބުންޏެވެ. އެއީ އެ ސަރަހައްދުގައި ފުޅާ ވަމުންދާ މެރިޓައިމް އެކްޓިވިޓީސް އަދި ވިޔަފާރިތަކަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ ޗާޓްތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ސާވޭގައި ހޯދުނު ކަންކަން މިދިޔަ އާދިއްތަ ދުވަހު ވަނީ ޑިފެންސް މިނިސްޓަރު، މާރިޔާ ދީދީއާ ހަވާލުކޮށްފަ އެވެ.
އެ ސާވޭއަކީ އިންޑިއާ އިން ހައިޑްރޯގްރެފިކް ފެސިލިޓީއެއް އެމްއެންޑީއެފުގައި ގާއިމްކުރުމަށް އެހީވުމަށް ކުރިއަށް ގެންދިޔަ ސާވޭއެކެވެ. ހައިޑްރޯގްރެފިކް އިކުއިޕްމަންޓްތަކެއް ވެސް އިންޑިއާއިން ހަދިޔާކޮށްފައި ވާއިރު އެ ސާމާނު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ވެސް ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްއެންޑީއެފުން އެ ސާވޭ ކުރިއަށް ގެންދެވޭނެ ކަމަށާއި އެތަނުގެ އިތުރު އޮފިސަރުން ވެސް ގޯއާގައި ހުރި ހައިޑްރޮގްރެފިކް އިންސްޓިޓިއުޓްގައި ތަމްރީން ކުރާނެ ކަމަށް ވެސް ބުންޏެެވެ. ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސަވޭ ކުރިއަށް ގެންދިޔައީ އިންޑިއާގެ ދަރްޝަކްއިން މިދިޔަ އަހަރުގެ ފެބްރުއަރީ އިން މާޗުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜޔ
27 May 2022
ތިޔަމީހުން ދެން ރާއްޖޭން ދާނެބާ؟ 12 އަހަރުން ހެލިކޮޕްޓަރު ދުއްވަން ދަސްނުކޮށްދެވުން ބައެއް ޗާޓުކުރަހަން ދަސްކޮށްދޭން ނުފެށިއްޔާ ކިތަންމެހާ ވެސް ރަނގަޅު
ޝަފީރު
27 May 2022
ތިޔަކަމުން ރާއްޖެއަށް ވަރަށް ފައިދާ ކުރާނެކަމަށް އެމްއެން ޑީ އެފުން ވުދާޅުވަނީ... ވާނެ ފައިދާއެއް ނޫނީ ކުރާނެ ފައިސާއެއް ބުނެބަލަ. ޗާޓު ވިއްކައިގެން ފައިސާ ނެގީ އިންޑިޔާ ކޮބައިތަ ރާއްޖެއަށް ލިބުނު އެއްޗަކީ. ބުނެދީބަލަ. ޤައުމުވިއްކައިގެން އޭގެ ފައިދާ ނަގަނީ އިންޑިޔާ ޕަޕެޓެއް. އޭނާ މިޤައުމުން ބޭރުކުރަންއެބަޖެހޭ.
ޝަރީފޫ ޗަރީފޫ
27 May 2022
ނޭނގި އެއްޗެއް މާމޮޅުކަން ދެއްކުމަށް އުޅުމުން، ވެފަލީހަތް ގަމާރުކަން ބޮޑުވުން ނޫންކަމެއް ނެތޭ!
ޝަފީރު
27 May 2022
ތިމީހުން ކުރާކަމެއް ކަމުދާންތަ. ތިމީހުން ދިންފަހުން ގޫގުލް އާރތުގެ މެޕް ފޯނުން ބަލާލީމާ ބައެއް އަތޮޅުތަކުގައި އެކި ދިމަދިމާއިން ޗާޓަށް ފުސްއަރުވައި ނުފެންނަވަރު ކޮށްފައިހުރީ. ކުރިން ވަރަށް ސާފުކޮށް ހުރި ޗާޓެއައެއީ
ޙޙ2022
27 May 2022
މިގައުމެއްވާނެތް... ބޮއިހަލަކި
ދިވެހިވިންދު
26 May 2022
ސުވާލަކީ ތިޔަސާވޭއެއް ހިންގީ ދިވެހިން އެބޯޓުގައި ތިބެގެން ދިވެހިންގެ ބެލުމުގެ ދަށުންތޯއެވެ. ދިވެހިން ނުހިމެނޭގޮތަށް ކުރި ސާވޭއެއެއްނަމަ މިހާރު މިގައުމުގެ ކަނޑުއަޑީގައި ހުރި އަގުބޮޑެތި ތަކެތީގެ ތެރެއިން އެމީހުންނަށް އަތުޖެހޭ ހިސާބެއްގައި ހުރި އެއްޗެއް އެހުރިތަކެއްގައި ހުރުން ނާދިރެވެ. ކަނޑުއަޑީގެ ހަޒާނާތައް ހޯދައި އެތަކެތި ނެގުމަކީ މިހާރު ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުން ކުރާ ވިޔަފާރިއެކެވެ. މިގައުމަށް އުރިފައިހުރީ ބޮޑެތި ނާފަހަރެވެ.
ކަލޭގެއަމިއްލަވިންދު
27 May 2022
ކަލޯ މިއީ ޖަވާހިރު ކޮންނަ ގައުމެއްދޯ. ތިވިސްނުމުގެ މީހުންނަށް އެންމެ ރަނގަޅުވާނީ އީސްޓް އޭޝިއާގެ ބޮޑެތި ގައުމުތައް
އަލިބޭ
29 May 2022
މި ގައުމުގެ ކަނޑުގެ އަޑިން ނެގެންހުރި ޖަވާހިރަކީ ކޮބައިކަން މީހަކަށް ނުވަތަ ބަޔަކަށް ނޭގުމަކީ އެ ތަކެތި އެ ތާނެތުމެއްނޫން. ނޫނީ ބައެއްގެ ސިކުޑި ތަކަށް ބަޔަކު އެގޮތަށް ވިސްނަފަ ކަމަށް ބެލެވޭ،
ސުލްތާން
26 May 2022
ގައުމާއި އެންމެ ކައިރިއަށް އޮތް ބޮޑު ބާރަކާއި ހަވާލުކޮށްގެން ތިޔަ ކަމެއް ކުރުމުން ނުކުންނާނެ ނުރަނގަޅު ނަތީޖާއަށް ބެލުމެއްނެތި ތިޔަކުރިކަމަކީ ނުވަތަ އެކަންކަން ދަނެތިބެ ތިޔަކުރުވިކަމަކީ މިގައުމުގެ ދަރިއެއްގެ ހައިސިއްޔަތުން ގަބޫލުކުރެވޭނެކަމެއްނޫނެވެ. އަޅުގަނޑުމެންގެ މިކުޑަގައުމުގެ ކަނޑުއަޑިއަށް ފެތިފަވަނީ ބޮޑެތި މަހުޖަނުންގެ އުޅަނދުތަކެވެ. އެއީ ބޮޑެތި ހަޒާނާތަކެއް ހުރުން އެކަށީގެންވާ އުޅަނދުތަކެކެވެ.
ހިތަދޫ
26 May 2022
ނެނޯމީޓަރުތޯ ނުވަތަ ނޯޓިކަލް މައިލް ތޯ؟ ބޯހަލާކު!
ގޮލާ
26 May 2022
މިހާރު ތިބޭނީ ވަރަށް ހެވިފަ ޗައިނާ މީހުން މިގައުމުގެ ކަނޑުއަޑީގެ އެއްވެސް ދިމާލެއްގަ ފިލާ ނެތްކަން ޔަގީންވީމަ.
ފާއިޒް6
26 May 2022
ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ލަނޑު އަަހަރެމެންނަށް ނުލިބިއްޖެޔާ ކިތަންމެހާ ރަނގަޅު. ރާއްޖޭގެ ހުރިހާ ސިއްރުތަކާ ޖަޒީރާތަކާ ހުރިހައި އެއްޗެށް ހިއްސާ ކުރުމަކީ ކޮންކަހަލަ ކަމެއްބާ؟؟؟
ވާއިޒު32
27 May 2022
އެހެންނަމަ މިހާރު ދުނިޔޭގެ ހުރިހާ ގައުމެއް ތިބޭނީ އެމެރިކާއާއި ރަޝިޔާގެ ދަށުގައި.
ޥިސްނާމީހާ
26 May 2022
ވައި އިނޑިޔާ އިޒް ސާޗިންގް އޯލް އޯވާ އަވަރ ހޯމް ލޭންޑް؟؟؟؟