ޚަބަރު / އިގްތިސާދު

ނަޝީދުގެ އިގްތިސާދީ ވިސްނެވުމާ ދެކޮޅަށް ފައްޔާޒާއި އަމީރު ނުކުންނަވައިފި

ފައްޔާޒް ވިދާޅުވީ ސަރުކާރު ވައްޓާލަން ހަގީގަތެއް ނެތް އެތައް ވާހަކައެއް ޕީޕީއެމުން ދައްކަމުންދާ ކަމަށް. އިގްތިސާދީ ހަގީގަތްތަކާ ދުރުވެ، ނަޝީދު އެކަން ކަމަށް ހިތްވަރު ނުދެއްވަން އެދިވަޑައިގަތް،"

ނަޝީދާއި ފައްޔާޒް އަދި އަމީރު އެކުގައި: އިގްތިސާދީ ހާލަތާ ގުޅިގެން ނަޝީދު ގެންގުޅުއްވާ ދަރަނި ރީސްޓްރަކްޗާ ކުރެއްވުމުގެ ވިސްނެވުމާ ފައްޔާޒާއި އަމީރު ވަނީ ދެކޮޅު ހައްދަވާފައި. -- ފޮޓޯ | ސޯޝަލްމީޑިއާ

ދަރަނި މައްޗަށް ދަރަނި ނަގައި ރާއްޖެ ބަނގުރޫޓުވުމާ ހިސާބަށް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅުތަކާ ދެކޮޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުކުންނަވައިފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅުވައި ނަޝީދު އާއްމުކުރައްވާ ވިސްނެވުންތަކާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އަމީރު ވަނީ "ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ރަނގަޅު" ކަމުގެ ރައްދުތަކެއް ދެއްވައިފަ އެވެ. މި ބަހުސް މިއަދު ހިނގީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގަ އެވެ.

ނަޝީދު މިހާތަނަށް ދައްކަވަމުން ގެންދެވި އިގްތިސާދީ ވާހަކަތަކާ ގުޅުވައި ފައްޔާޒް އެދިވަޑައިގަތީ، ރަނގަޅަށް އިގްތިސާދު ހިނގަނިކޮށް ހަގީގަތާ މާ ދުރު ވާހަކަތަކެއް އެމަނިކުފާނު ދައްކަވައި، ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ މީހުންނާ އެއްބައި ނުވުމަށެވެ. ހަގީގަތާ ހިލާފު ވާހަކަ ފަތުރައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވީ އިދިކޮޅު ޕީޕީއެމަށެވެ.

ދެ ފެކްޝަނަކަށް ހިނގަމުންދާ އެމްޑީޕީ އެތެރޭގެ ހަމަނުޖެހުން މިވަގުތު ބޮޑުވެފައި އޮތީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅުވަ އެވެ. ނަޝީދު ގޮވާލައްވަމުން ގެންދަވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށެވެ. އެމަނިކުފާނުގެ އަރިސް މެމްބަރެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅުއްވި ބިލް ބަލައިގަތުމާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދެކޮޅު ހެއްދެވުމުން ވެސް ނަޝީދު ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.

އެ މައްސަލައިގައި ނަޝީދުގެ ނިންމެވުމަކަށް ވީ އެމްޑީޕީގެ ވިޕްލައިންތަކަށް ތަބާނުވުމެވެ. އެކަމަށް 19 މެމްބަރަކު ތާއީދު ކުރެއްވި އެވެ. އެކަމަކު އެއީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުމުން ނަޝީދު ވަނީ ރައްދު ދެއްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގްތިސާދީ ހާލަތާ ގުޅުވައި މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ވެދާނެ އެވެ.

މި ދެބަސްވުމުގައި ތިއްބައި، ފައްޔާޒާއި އަމީރު މިއަދު ނަޝީދަށް ރައްދު ދެއްވީ މާލީ ހާލަތު ގޯސްވެދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމަނާފައިވާ ބީބީސީގެ އާޓިކަލްއެއް އެމަނިކުފާނު ހިއްސާކުރެއްވުމުންނެވެ.

އެ އާޓިކަލްގައި އެނަލިސްޓާ ހަވާލާދީފައިވާ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު، އެ ލިއުމުގައި ހިމަނާފައިވާ ގައުމުތަކާ ތަފާތު ކަމަށެވެ. ރާއްޖޭގެ ކަންކަން އެ އާޓިކަލްގައި ލިސްޓުކޮށްފައިވާ ގައުމުތަކާ އެއް ހާލަތަކަށް ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީރު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ތަކުރާރުކޮށް މިއަދު ވެސް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް ލިއުމުގައި ބުނާހާ ގޯސް ހާލަތަށް ނުދާނެ ކަމަށެވެ. މި ކަށަވަރުކަން އެމްއެމްއޭ އަށް ވެސް އޮތް ކަން އަމީރު ފާހަގަކުރެއްވި އެވެ.

"ފައްޔާޒް އެދިވަޑައިގަތީ ދުޝްމަނުންނަށް ހިތްވަރު ނުދޭން"

ދަރަނި ރީސްޓްރަކްޗާ ނުކޮށް ރާއްޖެއަށް އަރައިގަނެވެން ނެތް ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކާ ގުޅިގެން ފައްޔާޒް އެދިވަޑައިގަތީ، ހަގީގަތް ރަނގަޅަށް ބައްލަވައި އޭގެ މައްޗަށް ވާހަކަ ދެއްކެވުމަށެވެ. ރާއްޖޭގެ އިގްތިސާދާ ގުޅޭ މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެއާ މާދުރު ވާހަކަތަކަކުން އިދިކޮޅު ޕީޕީއެމުން ސިޔާސީ ފައިދާއަށް ކުރާ ކަންކަމަށް ހިތްވަރު ނުދެއްވަން އެދިވަޑައިގަތެވެ.

"ރައީސް ވަރަށް ގިނަ އަޅުގަނޑުމެންނާ ދެކޮޅު މީހުން އެބަ މަސައްކަތްކުރޭ، ހަގީގަތެއް ނެތް ވާހަކައެއް އެ ވާހަކަ ދެއްކި ދެއްކީނުން ހަގީގަތަކަށް ހެދޭތޯ. ބޭނުމަކީ ސަރުކާރު ވައްޓާލުމަށްޓަކައި ހަމައެކަނި އޮތް ގޮތަކީ ގައުމު ފުނޑުފުނޑުކޮށްލައިގެން ނަމަވެސް އެކަން ކުރުން. މިއީ އަޅުގަނޑުމެންގެ ދުޝްމަނުން ރާވައިގެން ކުރާ ކަމެއް. ހިންގަވާ އަޅުގަނޑުމެން މިކަމަށް ހިތްވަރު ނުދެމާ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ނަޝީދާއި ޗެއާޕާސަން ފައްޔާޒް: މި ދުވަސްކޮޅު ހިޔާލުތަފާތުވުން ބޮޑުވެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅިގެން. --ފޮޓޯ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތުތައް ފެންނަން ހުއްޓައި އިގްތިސާދީ ދޮގުތައް ހެދުމަކީ ޕީޕީއެމުން ވަރަށް ވަރުގަދަައަށް ރާވައިގެން ކުރާ ކަމެކެވެ. އެކަމަކު ޔޫރަޕާއި އެމެރިކާގެ ފައިނޭންޝަލް އިންސްޓިޓިއުޝަންސްތަކުން ވެސް ރާއްޖޭގެ އިގްތިސާދާއި ދަރަނީގެ މައްސަލައަށް ފުރިހަމަ އިތުބާރު އޮތް ކަން އިއްޔެ ވެސް ހާމަވެގެން ގޮސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު އެބަ ރާވަން ގައުމީ މަޖިލީހަށް އިގްތިސާދާ ދަރަނީގެ ފުލް އިންފޮމޭޝަން ސެޝަނެއް. އޭރުން ވަރަށް ގިނަ ޝައްކުތައް ފިލައިގެންދާނެ ކަމަށް ބެލެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އަޅުގަނޑު ވާދަކުރަނީ ތި ދެ ބޭފުޅުންނަކާ ނޫން: ނަޝީދު

ފައްޔާޒަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި އެހެން ކަންކަމަށް ބައްލަވައި އެމަނިކުފާނު ފާޑުވިދާޅުނުވެ ހުންނަވާފާނެ ކަމަށް ހީނުކުރެއްވުމަށެވެ.

"ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓޭނީ ނަމަ ކުރާނެ ކަމެއް ނެތް. ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2019 ގައި ދަރަނި އަދާކުރަން ދަރަނި ނެގީ އެކަން ނުކުރައްވަން އެމަނިކުފާނު އާދޭސްކުރައްވަނިކޮށެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 117 ޕަސެންޓަށް އަދި ޑެފިސިޓް މިހާ ބޮޑުވެފައި ވަނީ ވެސް 2019 ގައި އަމަލުކުރި ގޮތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީ އިލެކްޝަން އަހަރު, ދެން މިޖެހުނީ ހަރަދު ކުޑަކުރަން. އަދި މިހާރު ގުޅީފަޅުން ގޯތި ދޭ ވާހަކަ ބުނާއިރު އެއީ ރައީސުލްޖުމްހޫރިއްޔާއާ އަދި އެތައް ބަޔަކާ ކިތަންމެ ޒުވާބެއް ކޮށްގެން ވީ ކަމެއް. މި ގްރޫޕްގައި އެ ޒުވާބު އަޑު އެހި ބޭފުޅުން ތިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު: ރައީސުލްޖުމްހޫރިއްޔ ކަން ކުރައްވާފައިވާ ގޮތް ހާމަކުރައްވާނެ ކަމަށާއި ވަޒީރުން އެކަމާ ނުބެހި ތިއްބެވުމަށް ނަޝީދު އެދިވަޑައިގަތް. -- ފޮޓޯ | މިހާރު

އިގްތިސާދީ މި ބަހުސްގެ ތެރެއިން ނަޝީދު ދެން ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އޮތް ސިޔާސީ ވާދަވެރިކަމުގެ ވާހަކަ އެވެ.

"ފަޔާއަށާއި އަމީރު އަދި އެހެން ވަޒީރު ބޭފުޅުންނަށް ދަންނަވަން. އަޅުގަނޑު ވާދަކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބޫއާ. ތި ބޭފުޅުންނަކާ ނޫން. ދެން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ގޮތް އަޅުގަނޑު ހާމަކުރާނެ. ނުކުމެ މި ތިއްބެވީ ވާދަވެރި ސިޔާސީ ނިޒާމެއްގައި،" ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެއްޖެ. މިހާރު މިކަންކަން ސާފުކޮށް ދިނުމަކީ އަޅުގަނޑުގެ ވާޖިބެއް."

އެ ވާހަކަފުޅުތަކުގައި ނަޝީދާ ހިޔާލުތަފާތުކަން ހާމަކުރައްވަމުން ފައްޔާޒް ވިދާޅުވީ ބޭނުންފުޅު ވާހަކައެއް ވިދާޅުވުމުގެ ކުރިން ހަގީގަތް ބައްލަވާލައްވަން ވާނެ ކަމަށެވެ. ނަޝީދު ބޭނުންފުޅު ވާހަކައެއް ދެއްކެއްވޭނެ ކަން ގަބުލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ދަރަނި އަދިވެސް ނަގަންވީ ކަމަށް

ފައްޔާޒް ވިދާޅުވި ގޮތުގައި ދަރަނި ނެގުމުގެ ފެންވަރު އިގްތިސާދުގައި އަދިވެސް އެބަހުއްޓެވެ. އެހެންކަމުން އަދިވެސް ދަރަނި ނަގަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

".. 2019 ގައި ވެސް ދަރަނި ނަގައިގެން ކަންކަން ކުރީމާ މިއަދު ރަނގަޅު ހާލަތުގައި މި ތިބީ. ޑެޓް ޓު ޖީޑީޕީ ރޭޝިއޯ 117 ޕަސެންޓަށް އައީ ކޮވިޑާ އެއްކޮށް. ޖީޑީޕީ ހެސް ކިޔާފައި ދަށްވި އިރު ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ ވިޔަފާރިތައް ފުނޑުފުނޑުވިޔަ ނުދިނުމަށް ދަރަނި އިތުރަށް ނަގަން ޖެހުނީމަ. ކޮވިޑް ނައި ނަމަ ވަރަށް ރަނގަޅުވީސް،" ފައްޔާޒް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތައް ސަރުކާރުން ހާމަކުރައްވަނީ: (ކ-ވ) މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، ފިނޭންސް މިނިސްޓަރު އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް.---ފޮޓޯ: އަހުމަދު އަވްޝަން | މިހާރު

މިނިސްޓަރު ވިދާޅުވީ ދަރަނި ނަގައިގެން ކުރިއަށް އޮތް ތަނުގައި ވެސް މަޝްރޫއުތައް ހިންގަންވީ ކަމަށެވެ.

"އަދިވެސް ދަރަނި ނަގަންވީ. ޕްރޮޖެކްޓް ހިންގަންވީ. ޕްރައިވެޓް ސެކްޓާއަށް ފައިނޭންސް ހޯދަންވީ. ރައްޔިތުންގެ އަސާސީ ކަންކަން ކޮށްދޭންވީ. މިއީ، ރައީސްގެ ވިސްނުމާއި އަޅުގަނޑުގެ ވިސްނުމުގެ ތަފާތެއް. ޒުވާބުގެ ކުރުމުގެ ނިޔަތެއް ނޫން. މި ކަންކަމާ މިނިވަންކޮށް ވާހަކަ ދެއްކި ހިޔާލު ބަދަލުކޮށްލުމުން ބިލް ރަނގަޅުވާނެ ކަމަކަށް ނުފެނޭ،" މަޖިލީހަށް ހުށަހަޅަން އުޅޭ ބިލަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.

ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާލާ ބިލާ ގުޅުވައި އަމީރު ވެސް ވިދާޅުވީ މި ހާލަތު އައީ ދަރަނި ރީސްޓްރަކްޗާ ނުކޮށްގެން ނޫން ކަމަށެވެ. މި ހާލަތު އައީ ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިއުމުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވިދާޅުވި އެވެ.

"ޕްރެސް ކޮންފަރެންސެއް ބާއްވާފައި ރާއްޖޭގެ ބޭންކްރަޕްސީ އިއުލާންކޮށް ދަރަނި ރީސްޓްރަކްޗާ ކުރަން ބުނީމާ މާ ގެއްލުން ގައުމަށްވާނެ،" އަމީރު ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު ހަމަ މަގަށް އަޅުވަމުން އަންނަނީ ވިސްނުންތެރިކަމާ އެކުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅުވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރުގެ މެސެޖާ ގުޅިގެން ނަޝީދު ވިދާޅުވީ އަމީރަށް ވެގެންވާ ނަމަ ކޮންމެ ރެއަކު ވެސް އެމަނިކުފާނާ އިގްތިސާދީ ވާހަކަ ދައްކަވާނެ ކަމަށެވެ. އެހެން ނަމަ މި ހާލަތު މިގޮތަށް މެދުވެރި ނުވީސް ކަމަށް ވިދާޅުވި އެވެ.

"މި ގޮތަށް ހުރިހާ ކަމެއް މިދަނީ ރައީސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރެއްވި ގޮތުން،" ނަޝީދު ވިދާޅުވި އެވެ.

131 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 3%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2000

18 June 2022

ވާދަވެރި ސިޔާސީ ޕާޓީ އަކީ ދުޝްމަނުންނެއް ނޫން. އެއީވެސް ގައުމުގެ މުހިއްމު ބައެއް. ޑިމްރަސީއެއްގައި ވާދަވެރި އިދިކޮޅު ޕާޓީ އަކީ ދުޝްމަނު ބައެއްގެ ގޮތުގައި އަނެއް ޕާޓީން ސިފަކޮށްފިނަމަ ދިވެހި ރާއްޖޭގައި މިއޮތީ ފަނާކުރަނިވި ޑިމޮކްރަސީ އައިސްފާ. ރައްޔިތުން ދެން ޖެހޭނީ ސިޔާސީ މީހުންގެ ފޫގުޅި ދޮންނަން. ހަމަ ސާބަސް ގައުމު

The name is already taken The name is available. Register?

ރަހީމު

18 June 2022

މަ ހީކުރީ ފައްޔާޒު އިކޮނޮމިކް މިނިސްޓަރު ކަމަށްލީ އެދާއިރައިން ނުވަތަ ވަރަށް ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކޮއްގެން ހުރީމަ ކަމަށް. އެކަމު ދެން ގައުމު މިހާ ބޮޑަށް ދަރަނިވެރިވެފައި އޮއްވާ އިތުރަށް ލޯނު ނެގުން ކަހަލަ އިކޮނޮމިކް ބެސްޓް ޕްރެކްޓިސްއާ މުޅިން ހިލާފު ވާހަކަ ދައްކަން ފެށީމަ އިކޮނޮމިކް މިނިސްޓްރީ ކުއްޖަކު ކުރެން އަހައިފިން ފައްޔާޒު އިކޮނޮމިކްސް ކިޔެވި ތަނަކީ ކޮބައިތޯ. ބުނީ ފައްޔާޒު އެދާއިރާއިން ނެތޯލަ ކުރު ކޯހެއްވެސް ހަދާފައެއް.

The name is already taken The name is available. Register?

ކާސިންފުތު

18 June 2022

ތައުލީމު ނެތަމަ ތާކު ޒަމާނާއި އެކުވެގެން، ތަންދާނިއެ ބުއްދީގެ މަގުން އެއްކިބާވެގެން. ވަރަށް އިބުރަތްތެރި ޅެން ބައިތެއް. ފައްޔާޒު އެޅެން ވިދާޅުވެލައްވާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ގައުމީފިކުރު

18 June 2022

ކުރު ކޯހެއްވެސް ނުހަދާ އޭނައެއް އިކޮނޮމިކްސްއަކުން ، އެއީ ތެދެއް. އަނގައިން ހިފަހައްޓަނީ ހަމަ. ދެން ވަކި ހިސާބަކުން ގޮވޭނީ ކޮސްތާ އެހެންވީމަ.

The name is already taken The name is available. Register?

ސާޖެންޓް އ

18 June 2022

116 ކޮމެންޓު. ކޮމެންޓުތައް ކިޔާލިއިރު ގިނަ ކޮމެންޓުތައް ހުރީ އިތުރަށް ލޯނު ނެގުމާ ދެކޮޅަށް އަދި މިސަރުކާރުގެ ދޯޙަޅި ލޯނު ނެގުމާ އިކޮނޮމިކް ޕޮލިސީއަށް ފާޑުކިޔާ، އިކޮނޮމިކް މިނިސްޓަރު ކަމަށް އެދާއިރާގެ ތައުލީމެއް ތަޖުރިބާއެއްނެތް މީހަކު ރައީސް ލާފައި ހުރުމުން ހުރި ކަންބޮޑުވުން. މިހާރު ނޫހުން އެހެންވީމަ އ ފުލުހުންނާ ސިފައިންނަށް ފުރީ މެޑިކަލް ޓުރީޓޮޕުން ދޭތީ ހަދާލި ކަހަލަ ފޮލޯއަޕް ލިޔުމެއް ހަދާލަބަލަ. ސަޅިވާނެ.

The name is already taken The name is available. Register?

ޒަހީން

18 June 2022

އަދި ހަމަ، ރައްޔިތުންގެ ތެރެއިން ވަކި ޕާޓީއަކަށް ނިސްބަތްވާ އެތައް ބަޔަކީ ދުޝްމަނުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރަށް ހުރި މީހާ ބުނެފައި ބުނުންވެސް.

The name is already taken The name is available. Register?

ދަމޭން

18 June 2022

އަސްލުވެސް ވަރަށް މުހިންމު ކަމެއް. ނޫސްވެރިންގެ ވެސް ޒިންމާއެއް އޮވޭ އަސްލު ލޯނު ނަގައިގެން ގައުމުތަކަށް ވެފައި ހުރި ގޮތާ އޭގެ ލޮޖިކް ރައްޔިތުންނާ ހަމައަށް ތިލަކޮއްދިނުމުގެވެސް. ގިނަ ނޫސްތައް ސަރުކާރުން ސްޕޮންސާ ކޮއްފައި ހުންނާތީ ރައްޔިތުންނަށް އެބައި އޮންނަނީ ސިއްރުކޮއް ފޮރުވާފައި އެވާހަކަ ނުލިޔޭ

The name is already taken The name is available. Register?

ބީ ހަމްބްލް

18 June 2022

ފަޔާޒުއަކީ އިބުރާ ގޮތަށް ޖެއްސުމާ މަލާމާތު ސްޓައިލަށް ގަދަބަސް ބުނެފައި އުޅޭ މީހެއް. އެކަމުގެ ސަބަބުން ވެއްޓެނީ އެބޭފުޅުންގެ އަގު. ޔޫ ގޮއްޓަ ބީ ހަމްބްލް ފައްޔަ!

The name is already taken The name is available. Register?

ރެޓޭ

18 June 2022

ނަޝީދަށް ބޮޑުވަޒީރުކަން ދޭން އެއްބަސްވަޏާ 100 ބިލިއަން ޑޮލަރުގެ ދަރަނި ހަމަމިހާރު ނެގިޔަސް ނަޝީދަށް އޯކޭވާނެ! މިގައުމަށް ވާނެގޮތް ނުވަތަ ވެދާނެ ގޮތަގާމެދު ނަޝީދު މާބޮޑަކަށް ނުވިސްނާނެ!

The name is already taken The name is available. Register?

ސަލާމީ

18 June 2022

މިގޮތަށް ލޯނު ނެގުމާ ނަސީދު އަބަދުވެސް ދެކޮޅު. ޔާމީނު އިރުވެސް އެވާހަކަ ދައްކާ. ނުރުހުމުގެ ލޮލަށާ ކަންފަތައް އިވޭނީ ފެންނާނީ ހުސް އައިބު ވާހަކަ. އެހެންދެއްތޯ ތިވަނީ؟ ފައްޔަގެ ބޮޓު ގްރޫޕްގެ ދޮގުހެދުމާ އޮޅުވާލުން ވަރަށް ފުރިހަމަ ލޮލް

The name is already taken The name is available. Register?

ކެޓޭ

18 June 2022

ރައީސް ކަން ކުރާ ހިތުން ކެތް ނުވެގެން އެތައް ޒަމާނެއްފަހުން ނޫސްވެރިންނާ ބައްދަލުކޮށް ތިމަންނާ ވެރިކަން އަދިވެސް ބޭނުމޭ އިހަށްދުވަހު ބުނީ ހިންނަވަރު އިބުރާހިމް. ވަރެއް އެބަހުއްޓެނު އަޅެ ވެރިކަމާ. ނިދިވެސް ނާދޭތޯއްޗެ ލޮލަށް ވެރިކަން ފެންނަ ވަރުން.

The name is already taken The name is available. Register?

ބޮޓު ގޭންގް ލޮލް

18 June 2022

ދެން ވިސްނާމީހުން ރަނގަޅުކަމުންތަ ފުލުފުން ބިލިއަން ޑޮލަރުގެ ލޯނު ގައުމު ތަންމިނުން ދަރަނިވެރިވެފައި އޮތްވާ ނަގަން ފައި ވިއްދާފައި އެތިބީ؟ ފަޅޮލޭ ކިޔާބަލަ ބޮޓު ގްރޫޕް!!!

The name is already taken The name is available. Register?

ނޮޓް އަ ފޭން އޮފް އަންނި

18 June 2022

އޭނަވެސް އެއްބަސް ވާނެ ކަންތަކާ ނުވާނެ ކަންތައް ގިނަ ރައްޔިތުންނަށް އިގޭނެ. އެކަމަކު ލޯނު ނަގާކަށް އޭނަ އެއްބަހެއް ނުވާނެ. އެކަން އަހަރުންނަށް އިގެޔޭ

The name is already taken The name is available. Register?

9އ8އ9އ8w8އިiw

13 July 2022

ނަސީދަކީ ބޮޓެއް.. ކަމުދާ މީހެއް ނޫން

The name is already taken The name is available. Register?

ލަދުހަޔާތް އަރުއްވައިގަނެފަ

18 June 2022

ބަލަގަ ފައްޔާޒު. ލޯނު ނަގާ ވާހަކަ ތިދައްކަނީ ލޯނު ނަގަނީ ތިޔަ ކިޔާ ދުޝްމަނު ޕީޕީއެމް މެންބަރުންގެ ވެސް ނަމުގައޭ. ދިވެހިރައްޔިތުންގެ ނަމުގައި ތިގޮތަށް ގޮތެއް ފޮތެއް ނެތި ލޯނު ނެގުން ހުއްޓާލާ!!!! ބޯންގަވިލާ ނަމުގައި ނަގާ އެއްޗެއް ނޫންދޯ އެއަކީ. ލަދެއް ހަޔާތެއްވެސް ނެތޭ މިވެރިންގެ އަޅެ

The name is already taken The name is available. Register?

ލޮޖިކް

18 June 2022

އަންނިއަށް މަ މިފަހަރު ސެލިއުޓް ކުރަނާނަން އަންނި ދެކެ ކިތަންމެ ރުޅިއަޔަސް. އަންނި އެދައްކަނީ ލޮޖިކަލީ ވަރަސް ސިމްޕަލް ވާހަކައެއް. މިސާލަކަށް މަ ނަގަނިއްޔޯ ބޮޑެތި ލޯނުތަކެއް ބޭންކުން ވިޔަފާރިއެއް ކުރަން. ދެން އެ ދައްކާ ނުނިމެނީސް އަނެއްކާވެސް މަ ލޯނު ނަގަނިއްޔޯ ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބަދަލަކަށް، ވިޔަފާރީގެ ހާލަތައް ނުވިސްނާ. ދެން ކަލޭމެން ވިސްނާ މަގޭ ދަރަނިވެރިވާނެ ވަރު. އެކަހަލަ ވިސްނުމެއް ފައްޔާޒު އެގެންގުޅެނީ! ވަޓް އަ ޖޯކް!

The name is already taken The name is available. Register?

ބިލްކްލިންޓަން

18 June 2022

ހާތްތެރީ! ގަދަ ތިއަރީއެއް އިކޮނިމިކްސްއަށް ތިތައާރަފު ކުރީ ފައްޔާޒޫ. ގައުމު ދަރަނިވެރި ވާވަރަކަށް އިތުރަށް ގިނައިން ބިލިއަނުން ލޯނު ނެގުން. ބޯހަލާކު ހުވާ. މަށަށް ފެނޭ ތިތިއަރީ އައިއެމްއެފްއަށާ ދުނިޔޭގެ މަޝްހޫރު އިކޮނޮމިސްޓުންނަށް ފޮނުވަން އެމީހުން ހޭނެތޭނެކަން މަށަށް ޔަގީންހަމަ. ތިހެން ގަދަބަސް ބުނެފައި އުޅުނޭ ލަންކާގެ އިކޮނޮމިކް މިނިސްޓަރުވެސް.އެމީހުންއެއީ އަދި ރާއްޖެއަށްވުރެ މާ ސެލްފް ސަފިޝިއަންޓްވެސް ބައެކޭ. އެކަމު ދެކިބަލަ އޮތް ހާލު މިއަދު!!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

18 June 2022

ދުޝްމަނުން؟؟ އަހަރުމެން ދަންނަ ގޮތުގަ ސިޔާސީ ދުޝްމަނުން ނުތިބޭނެ.ތިބޭނީ ސިޔާސީ ވާދަވެރިން.ދުޝްމަނުން ނުތިބޭނެ. ހެހެހެހެހެހެހެހެ.ވ.ވެދުން

The name is already taken The name is available. Register?

ސުމިތު

18 June 2022

އަމީރޫ. ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ވުރެ މާ ކަޑައެއްނު ތިކުރާ ކަންތައް. އަނެއްކާ ލޯނު ނަގާ ވާހަކަ ފައްޔާޒާ ދެމީހުން ތިދައްކަނީ. ތިވާހަކައަކީ ސިއްރުވާނެ ވާހަކައެއް ނޫން. ތިޔަކުުރަން ކިޔާ ކަމަކުން ޕޮޓެންޝަލް އިންވެސްޓަރުން ރާއްޖެގެ އިގުތިސޯދާ މެދު ޕޮޒިިޓިވްކޮށެއް ނުވިސްނާނެ. އޭރަށް އެމީހުންނަށް ފެންނާނީ ކަލޭމެންގެ ދޯހަޅި އިގްތިސޯދީ ވިސްނުން. އަމިއްލައަށް ގޯސް ތިހަދަނީ ދަރިންނޭ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

18 June 2022

ދުޝްމަނުން؟؟ އަހަރުމެން ދަންނަ ގޮތުގަ ސިޔާސީ ދުޝްމަނުން ނުތިބޭނެ.ތިބޭނީ ސިޔާސީ ވާދަވެރިން.ދުޝްމަން. ހެހެހެހެހެހެހެހެ.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454