ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު.
22 ޖޫން 2022 - 13:25
ބައިނަލްއަގުވާމީ ޔޯގާ ދުވަސް އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަނިކޮށް އެ ތަނަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
އެ ހަ މީހުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރެއިން، ހަތަރު މީހަކު ދެ މަހަށް (60 ދުވަހަށް) އަދި ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަންގާފައިވެ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ؛
1. މުހައްމަދު ނަދީމް، 43 / ވީނަސް، ކ. ތުލުސްދޫ
2. މުހައްމަދު ޒިލްޔަން، 37 / މއ. ކަނުހުރާ، މާލެ
3. ޝާމީ ރަޝާދު އިދްރީސް، 30 / ދަފްތަރު ނަންބަރު ދރ. 1105، މާލެ
4. މުހައްމަދު މައުސޫމް، 40 / ހެޕީސައިޑް، ތ. މަޑިފުށި
5. މުހައްމަދު ހުސައިން، 47 / ގްރީންހައުސް، ހއ. ތުރާކުނު
6. އަމީން އަހްމަދު، 35 / ލިލީޕާކް، ގދ. ރަތަފަންދޫ
އެ މީހުންގެ ތެރެއިން ދެ މަހަށް ބަންދުކުރަން އަމުރުކުރީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިން އަދި އަމީން އަހްމަދު ކަމަށް ފުލުހުން ބުންޏެވެ.
ގަލޮޅު ދަނޑުގައި އެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން، ދުވަމުން ގޮސް އެ ތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭލެވި އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައިރު، ސަލާމަތީ ކަންކަން ބަލަހައްޓަން ދަނޑުގެ ބޭރުގައި ތިބީ ހައެއްކަ ފުލުހުން ކަމަށް ވެ އެވެ. ނަމަވެސް އެ ހަރަކާތް ބާއްވާތީ އޭގެ ކުރިން އެކި ފަރާތްތަކުން އިންޒާރުދީ، އަދި އެއީ އިސްލާމްދީނާ ހިލާފު ކަމަކަށް ވާތީ އެ ކަން ނުކުރަން ވެސް އޮތީ އެދިފަ އެވެ.
ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ދަނޑަށް ވަދެ ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން މީހުން ކޮންޓްރޯލް ކުރެވުނީ ފުލުހުންގެ ފައުޖެއް ފަހުން ގޮސް ޓިއާ ގޭސް ވެސް ޖަހައިގެންނެވެ.
ފުލުހުން ބުނެފައި ވަނީ ޔޯގާގެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ" ސީރިއަސް ކަމެއްގެ ގޮތުގައި އެ އިދާރާގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ވެސް އިއްޔެ ވަނީ އެކުލަވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަގްދީރު
25 June 2022
ހަރުކަށިވެސް ވާން ޖެހޭނެ ހަރުކަށިވާން ޖެހޭ ފަހަރަކު. ތީ ވާރކް ކުރާ ލޭބަލެއް ނޫން.
ސްކޫލަށް ނުފޮނުވާ ބެލެނިވެރިންމިއީ
23 June 2022
މިއީ މިޤައުމުގެ މުސްތަޤްބަލް ހަލާކުކުރާ އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާ ބަިއގަޑު. ސަރުކާރުން އެބަޖެހޭ އެމީހުންވެސް ހިފާ ހައްޔަރުކުރަން
6589
23 June 2022
މިޤައުމު މިހާލަތައްދާން ދޫކޮއްލައިފިނަމަ މާދަމާ ފުރުޤާން މިސްކިތައް ނަމާދަށް އަރާ މީހުންނާ ނޫރު މިސްކިތައް ނަމާދައްއަރާ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ކާފަރުކޮށް ކަރުބުރިކުރަން ގޮވާނެ،. އަފްޣާނިސްތާނުގައި މިހާރު ކަންހިނގަނީ އެގޮތަށް.
ގުދުގުދާބެއްޔާ
23 June 2022
މިވަރުން ދާނަމަ މާދުރުން ދީނީ ނަސޭހަތް ދެމުންގޮސް ސާފު ބޯފެންވެސް ހަރާމް ކުރާ ހިސާބަށް ދާނެ!
އައިނު
23 June 2022
މިމީހުން ބޭނުންވީމަ ކަންކަން ހަރާން ކޮށްފަ، ބޭނުންވީމަ ހަލާލުކޮއްފައި، ކޮންފަދަ ކަމެއްތަ؟ ދީނޭ ކިޔައިގެން ފިތުނަވެރިކުރުން ނޫން ކަމެއްނެތޭ. ބުނަން، އަހަރުމެންގެ ވެސް ދީނޭ! ކަލޭމެންގެ އެކަނި ދީނެއް ނޫނޭ ފިތުނަ ފަސާދަ އުފައްދާ، ބައިބައި ކުރަން އުޅޭނެ ކަމެއްނެތް. ޔަހޫދީން ބޭނުންވާ ގޮތް ތީ އިސްލާމުން ބައިބައިކުރުން ފިތުނައިން!! ކޮންފަދަ އަމާންކަމެއްގައި މީހުން އިސްލާމުދީނަށް އުޅެމުން އައި ގައުމެއްތަ ގައިމުމީ. މިމީހުން މިތަން މުޅިން ފަސާދަ ކޮށްފިއޭ!
ތިޔަބައިމީހުން ވިސްނާ ފިކުރު ކުރާށޭ!
23 June 2022
ދެން އެމީހުން ހެދުނު ކާށިވެސް ބިދެއޭ. ދެން އަހަރުން ތިބެންވީތަ ނުކައި ނުބޮއި އެމީހުން ކާށި ބިންނާތީ ކާށި ނުބިދެ. މިއޮތީ ވާ ކަމެއްނު. ދީން އެނގެނީކީވެސް ނޫނޭ. ވިސްނާ ފިކުރެއްވެސް ނުކުރޭ. ފިލާތިބޭ ބަޔަކު ބުނިހާ ގޮތެއް ގަބޫލުކޮއްގެން ތިބެނީ. އެ ހެޔޮ އިއްޔެ ހަލާލު ކަމެއް މިއަދު ހަރާމޭ ބުންޔަސް. އަމިއްލައަށް ދީނީ ފޮތެއް އެއްޗެއްވެސް ކިޔާލަނީއެއް ނޫން މިއުޅޭ ވާނުވާ ގްރޫޕް. މީހަކު އެއްޗެއް ބުނާއިރަށް ޗާޖުވެގެން ދުވެ ނަގަނީ. ނިމޭއިރު ޖަލު ކުޑަގޮޅީގައި!!
ރަދުން
22 June 2022
ހުރިހާކަމެއްވެސް މަގުމަތީ ޓްރެފިކްބަލަހައްޓާހެން ކުރަނީ. ހިދުމަތުގައި އެއްވެސް ޒިންމާދާރުކަމެއްނެތް.
ބަދަލު
22 June 2022
ސޯލިހު ހަމަ މިގޮތަށް މަސްތުވާތަކެތި ވިއްކާ މީހުން، ރޭޕިސްޓުން ހައްޔަރު ނުކުރާ ތީ ދެން ވޯޓެއް ނުދޭނަން... ސޯލިހެއް ނުވެސް ހޮވޭނެ.... ރައިސް ނަޝީދު އެހެރީނު.. ސޯލިހު ކުރާ ކަމަކީ މަސްތުވާތަކެތި ވިއްކާ މީހުން، ރޭޕިސްޓުން ހައްޔަރު ކުރަން ހުރަސްއެޅުން ކަން މިހާ އަވަހަށް ތަހުގީގު ނިންމުން އެގިއްޖެ... މިވެރިކަމުގަ މަސްތުވާތަކެތި ވިއްކާ މީހުން، ރޭޕިސްޓުން މިނިވަން ކުރުން ނޫން ކަމެއް ނުކުރޭ. ހެޔޮ ރޭޑް ހޭންޑް ވިއަސް ދޫކޮށްލާ
އަޙްމަދު ސައީދު
22 June 2022
ނޫނޭ...ތިކަމުގައި ޕީޕީއެމް ގޯހެއްވެސް ނޫން. އަދި އެކަމުގައި ހަރަކާތްތެރިވި ހީރޯއިންވެސް ގޯހެއް ނޫން. ގޯހީ، ފުލުހުން އަދި ސަލާމަތީ ބާރުތައް. އެނގިތިބެ މި ފިތުނައަށް ފުރުސަތު ދިނީ އެބައިމީހުން. އެބައިމީހުން ގައުމާއި ރައްޔިތުންނަށްވުރެ ސިޔާސީ މަންފާއާއި ބޭރުގެ ފިތުނަ އިސްކުރީ. ﷲ ހެޔޮގޮތްތަކެއް މިންވަރު ކުރައްވައި، މި ހީރޯއިންނަށް ނަސްރު ދެއްވާށި
މުދިންބެގެކުޑައަލީ
22 June 2022
އެއްގޮތަކަށްވެސް ނޭގޭކަމަކީ ތިހާއަވަހަށް ވަނަވަރު ލިބުނީ ކިހިނަކުންކަން. ލޯމަތިން ވައްކަން ކުރާއިރު މަގުފޭރޭރި އަހަރުވާއިރުވެސް ރޭކާނުލާ. މަގުމަތިން ތަޅާމިހުން މަރާލަފަ ދާއިރު ނޭގޭ. އިހަކަށްދުވަކު ބަގުރާފުޅިތަކެއް، ކޮންޓެއިނާގަ ގަންޖާ އަދިވެސް ވާނުވާގަ.