ހުޅުމާލޭ: ޖެންޑާ މިނިސްޓްރީން ދަނީ ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަކޮށް މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތްކުރަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ޖޫން 2022 - 12:36
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
ހުޅުމާލޭގައި ހަދާ އެތަނާ ބެހޭ ގޮތުން އެޗްޑީސީން މިއަދު ބުނީ، ގެވެށި އަނިޔާ ލިބޭ މީހުން ރައްކާތެރިކަމާ އެކު ބޭތިއްބުމަށް ވަކި ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށެވެ.
އެ މަރުކަޒު ހަދަނީ އަނިޔާ ލިބޭ މީހާ އަށް ފަރުވާދެވޭނެ ވަސީލަތްތަކާ ވެސް އެކުގަ އެވެ. އެކަމަކު، އެ ތަން ގާއިމުކުރަނީ ހުޅުމާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީ އެހީތެރިކަމާ އެކު ކައުންސިލިންގެ ހިދުމަތް ވެސް އެ މަރުކަޒުން ލިބޭނެ އެވެ.
"ގެވެށި އަނިޔާ ލިބޭ މީހުންގެ މަރުކަޒު ތަރައްގީކުރަނީ އެންމެ ރަނގަޅު ސާވިސްއާ އެކު، އަނިޔާ ލިބޭ މީހާ އަށް ފަރުވާ ލިބި، އިތުރަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެ ގޮތަށް،" އެޗްޑީސީން ބުންޏެވެ.
އެތަނަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި، ޖެންޑާ މިނިސްޓްރީން ހަދާ ތަނެކެވެ.
A Domestic Violence Shelter is coming soon in Hulhumalé.
— HDC (@hdcmaldives) June 29, 2022
It’s a safe horizon for domestic violence fighters, equipped with the best of services for them to heal, grow and find success in their lives. @MoGFSSmv #HDCProjects pic.twitter.com/dwmQhvgkIq
އެއީ ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ދިނުމަށް ރާއްޖޭގައި ހާއްސަކުރާ ފުރަތަމަ މަރުކަޒެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ގިނަ އެެވެ. އެންމެ ފަހުން އެ މިނިސްޓްރީން އާންމުކުރި އޭޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު އެކަނިވެސް ގެވެށި އަނިޔާގެ 31 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
30 June 2022
އަބަދުވެސް މިއޮންނަނީ ކޮންކްރީޓް ތަރައްގީ، އެއްވެސް ބަޔަކަށް އަޅާލުމެއް ނެތް!
100% ދިވެއްސެއް
29 June 2022
ސާބަހޭ އެޗް.ޑީ.ސީއަށް. ބަޔަކު ބުރަ މަސައްކަތް ކުރީމަ ހުރިހާ ފޮނިކޮޅެއް ބޯލައިފި. ނާޗަރަންގީ ކުޅެން ބިން ހިލޭ ދޫކޮށްފަ މިކަހަލަ ސޯޝަލް ކަންކަމަށް ބިން ދޫކުރަން ބޮޑެތި އަގުނަގާފަ އެޗް.ޑީ.ސީ އިން ކުރާ ކަމެކޭ ޖެހީމަ މީބޮޑު ޖޯކެއް. ތިޔަ ބިލްޑިންގ އެޅުމަށް އަދި ހިދުމަތް ޤާއިމްކުރުމަށް އެންމެ ލާރިއެއްވެސް ޙަރަދު ނުކުރާތާ ބިން ވިއްކީި ެެެެެެެެެެެެެެެެ
ކީކޭބުނާނީ
29 June 2022
މައި ގުޑްނަސް ގްރޭޝަސް. މިއުޅެނީ ގުރައިދޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ދޭންޖެހޭ ނަފްސާނީ އެހީތެރިކަން ނުދެވިގެން، އަނެއްކާ ގެވެށި އަނިޔާގެ މައްސަލަތަކަކީ އިންތިހާއަށް ގިނަ މައްސަލަތަކެއްކަމަށްވާއިރު، އެއަނިޔާ ލިބޭ މީހުން ގެންގޮސް ވަކި ތަނެއްގަ ބޭތިއްބުމަކީ އިތުރަށް އެމީހުންނަށް ދެވޭ އަނިޔާއެއް. އެއަށްވުރެ އެމީހުންނަށް ކައުންސިލިންގްދީ އެމީހުން އެކަމުން ސަލާމަތްވުމުގެ މަގު ތަނަވަސްކޮށްދެވޭނެ ގޮތެއް ހޯދުން މުހިއްމު.