މޫސުން ގޯސް ދުވަހެއްގައި މާލޭގެ އުތުރު ފަރާތުން ނެރުން ލޯންޗެއް ކަނޑަށް ނުކުންނަނީ: އަންނަ ހަފުތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ޖޫން 2022 - 11:13
ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފެށިފައި ވާއިރު ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިއަދުން ފެށިގެން މުޅި ރާއްޖެ އަށް ވެސް ވައިގަދަވެ، ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލޭވެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
"އަންނަ ހޯމަ ދުވަހު މޫސުން ކުޑަކޮށް ރަނގަޅުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އަނެއްކާ ވެސް ހަފުތާ ބަންދު ކައިރިވާ ވަރަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޖޫން، ޖުލައި އަކީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރެވެ.
ރިޕޯޓް ފޮތް ދިނުމަށް ފަހު، މިއަދު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
ރޭ ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓްކޮށްފައިވެ އެވެ.
މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ތ. އަތޮޅުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ.
މުޅި ރާއްޖެ އަށް ވެސް މިއަދު ވިއްސާރަކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބުންޏެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
01 July 2022
ބޮޑު ޗުއްޓީ ބޮޑުވިއްސާރަ. ބޮޑު ޗުއްޓީ ބޮޑު ވިއްސާރައަށް ދިމާކުރީ ބަޔަކު ގަސްތުގައި އަމިއްްލަަ އަދުމުގައި. ޓޫރިޒަމް މިނިސްޓަރާއި 90 ހާސް ދަރިވަރުންގެ މަންމައަށް ވަރަށްް ސަލާން.
ޖުއްބާ
01 July 2022
ވަރިހަމަ ކިތަންމެ މޫސުން ގޯހަސް. ކަނޑު ދަތުރު ކުރާނަން. އަހަރުމެންނަކީ ދިވެހިން.
މާކުންބޭ
01 July 2022
މިއީ ތާކުންތާކު ނުޖެހޭ ޅަ ދުނިޔެ ނުދަންނަ މީސްމީހުންށް ބޮޑެތި މަޤާމް ލިބުމުން ދިމާވާ ދެރަކަންތައްތައް. ޑިވެހިން ދަނޭ ކޫން ޖުލއި އަކީ ރާއޖޜގެ ވިއްސޤރަ މޫސުންކަން، އެދުވަސްވަރާ ޗުއްޓިއާ ދިމާލުރުމުން އެތައް ބަޔަކަށް ބޮޑު ގެއްލުމެއް، ޗުއްޓީ ހަރާބު، ރާއްޖޭގައި އުޅެނީ މުޅިން ރިސޯރޓް މުވައްފުންނެއް ނޫން، އެހެން ދާއިރާތަކުގެ މީހުންނަށް މިއީ ބޮޑު ގެއްލުމެއް
ކޮވިޑު
01 July 2022
ކޮވިޑު ދުވަސްވަރު މީ ފުރަބަންދުކުރޭ އަވަހަށް
ރަށުމީދާ0
30 June 2022
މުއްސަދިން ދާނީ ސިންގަޕޫރު، ޔޫކޭ، މެލޭޝިއާ، ތުރުކީ، ޑުބާއި ތަންތަނަށް. އެހެންވީމާ އޯކޭވާނެ.
ފަގުޑި
01 July 2022
ކޮބާ ބެންކޮކު. ބެންކޮކާ ނުލާ ދަތުރެއް ނުކުރެވޭނެ.
ބޮލުރޯގާ
30 June 2022
ޗުއްޓީޔަށްތަންތަނަށްބަޔަކަށްނުދެވިގެންނޭނުންތަބޮޑުޗުއްޓީ ބަދަލުކުރީދެންތިޔަހެންކިޔާނެކަމެއްނެތް.
ނިއުމަލާ
30 June 2022
އައިޝަތު އަލީ ވިދާޅުވަނީ ޖުންޖުލާ އަކީރާއްޖެއަށް ބަހާރު މޫސުން ކަމަށް ނޫންތޯ؟ މި އޮތީ އިނގިރޭސިންނާއި އެކު ބޮޑު ޗުއްޓީ ފެށިފަނޫންތޯ؟ ކުދިންތަކެއްގެ އުމުރުން އެއް އަހަރު ބޭކާރު ވިއަސް އޯކޭއި ނޫންތޯ؟
ކިންގް އިލްހާމް
30 June 2022
ޗުއްޓީފެށެނީ މޫސުމަށް ނުބަލަ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދަށް ފުރަގަސްދީފައި އާއިލާ ގޮވައިގެން ކަނޑުމައްޗަށް ނާރާތީ ސަލާމަތުގެ އައްސޭރީގައި ތިބެގެން މެނުވީ އަރާމުގެ އިޙްސާސެއް ނުކުރެވޭނެ ހިތާމަތަކާއި ކެކުޅުމުގެ އާދޭހުރެ ރޯ އަޑު ލޯމަތިން ފެނިގެން ދާއިރު ހިތްފަޅައިގެން ދާނެ ފަހުން ވިސްނޭނެ ނަމަވެސް ވަގުތު ފާއިތުވީ ، އަމާންކަން މިހޯދާ ސަލާމަތްވަމާހޭ
ސަންސެޓް
01 July 2022
މި ޑިސިޝަން ނެގުމުގައި ބައިވެރިވި އެއްވެސް ފަރާތަކަށް މަޢާފެއް ނެތް. އަލުން ކުރިން އޮތްގޮތަށް ބަދަލު ނުކުރާހާ ހިނދަކު.
ރުޅި
30 June 2022
މި ދުވަސްވަރަށް ސްކޫލް ޗުއްޓީ ބަދަލުކުރުމަކީ ކުދިންނަށް ދިން ބޮޑު އަނިޔާއެއް. މަޢާފެއް ނެތް.
ނާށި
30 June 2022
ރާއްޖޭގައި އޮތީ ވަށައިގެން ކަނޑު %99 ހިއްސާކުރަނީ މޫދު ނުވަތަ ކަނޑު އެހެންވީމާ ބޮޑުޗުއްޓީ ހަދަންވާނީ މޫސުން ރަގަޅު ހިތްފަސޭހަ ދުވަސްވަރަކަށް. އޭރުން ކުދިންވެސް މަޖަލުގައި މޫދަށްގޮސް ދަތުރުގޮސް އުޅެވޭނީ. މާލޭ ބޭފޫޅުންނަކަށް އިހުސާސެއް ނުވާނެ ހުޅަނގެއް އިރުވައެއް.