ވެމްކޯގެ މުވައްޒަފުން މާލޭގެ ގޭބިސީތަކުން ކުނި ނަގަނީ: ކުރިއަށް އޮތް ފަސް އަހަރަށް އެ ކުންފުނީގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ:ނިޝާން އަލީ | މިހާރު
06 އޯގަސްޓް 2022 - 11:38
ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 2023-2027 އާ ހިސާބަށް ބިޒްނަސް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ވެމްކޯގެ ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ އެ ކުންފުނިން ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމަ އަށް ދިނުން ކަމަށް އިއުލާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވާން ޖެހެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 11 އިގެ ކުރިންނެވެ.
ވެމްކޯއަކީ 2016 ވަނަ އަހަރުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުން އަންނަ ސަރުކާރުގެ ކުންފުންޏެވެ. އެ ކުންފުނިން މިހާރު އަންނަނީ އައްޑު އާއި ފުވައްމުލަކުގައި ވެސް ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސައިންމަންޓް ކާއެތިކޮޅަކަށް ހަދައި ދެމެވެ.
08 August 2022
ކައުންސިލްތަކުން ވެސް އެސްޓިމޭޓަށް އިޢްލާނު ކުރަނީ ތިޒާތުގެ ކަންކަން ދެން އެސައިންމަންޓް ވިޔަސް އަގަށް ހަދާލަން ރަނގަޅު
ގަމާރުކަމަށްސަލާން
07 August 2022
ވާނީ ތިހެން، ރާއްޖޭގައި ސިޔާސީ މީހުން ގަބޫލުކުރާގޮތުގައި ސިޔާސަތުކަނޑައަޅާނީ އެހެންބަޔެއް، އެއީ ފަންނީމީހުން. ސިޔާސީ މީހުންނަކީ ހަމައެކަނި ހަޅާފަޅޭއްޖަހާބައެއް، ސިޔާސަތަކީ ކޯޗެއްކަންވެސްނޭގޭ. ސިޔާސީ މީހުންކިޔަވާނީ ޖަލުންނޯ. ލޮލް
ޑރ އިން ބިޒްނަސް ސްޓަޑިޒް
07 August 2022
މިހާރުވެސް “ބިޒްނަސް” ޕްލޭން ހަދަން 200 ވަރަކައް ފިރިހެނުން ގެއަކައް ވަދެގެން މުޅި ގައުމު ހުއްޓުން އަރައިގެން މިއުޅެނީ! ތިތަނުގައިވެސް އުޅޭނެ އޭގެތެރެއިން ކިޔެވެނިވި ދެތިން ދަރިވަރުން! އަޅެއަހާލަބަލަ!
އަލިނައިމް
07 August 2022
ބިޒްނަސް ޕްލޭން ހަދަން ބޭރުން ބަޔަކާ ހަވާލު ކުރާކަށް ނުޖެހޭނެ ތަންދޮރު ދަންނަ ބިޒްނަސް ކިޔަވައިގެން ތިބި ޤާބިލު މީހުން ކުންފުނިތަކުގެ ވެރިންނަށް ލީމަ. ގަމާރު އެކްޓިވިސްޓުންތައް ތަންތަނަށް ވެއްދީމަ ޖެހޭނީ ކޮންމެ ކަމަކަށް ކޮންސަލްޓަންޓެއް ހޯދަން.
Happy belated happy anniversary 123
07 August 2022
ވެމްކޯގަ ތިބޭނެ ވަރުވަރުން މުސާރަ ދީފަ ތިބި ވެރިން...ކަންކަން ނުވަންޏާ ވާ މީހުނާ މަގާމުތަކަށް އައްޔަން ކުރީމާ ރަނގަޅުވާނެ…ބޮޑު. މުސާރިދީފަ ކީކުރާބައެއް??
ގޮނދީހޫނު
06 August 2022
ލޮލް ކުންފުނީތަކުގެ ސިޔާސީމީހުންގެ ވަޒީފާގެ މަސައްކަތް އައުސޯސްކުރަނީ. ސިޔާސީ މީޙުންނަނީ ދެންކީކުރާ ބައެއް.
ޙިނި
06 August 2022
ތިތާގަ ފަންނީ ގާބިލު މީހުން ނުތިބެނީތަ. އިންޑިޔާގެ ކަރުނާޓަކާ އައް ވެމްކޯ މެނޭޖަރުންތައް ފޮނުވަބަލަ ރީސައިކަލިން އެއީ ކިހިނެއް ކުރާ ކިހާ ނަފާލިބޭ ކަމެއްތޯބަލާ ތަޖުރިބާ ކުރަން. ފަންނީ މީހުން ނުއުފައްދާ ސަރުކާރުން މި ކުރާކަމަކީ ކެފޭހަދަން ބިން ކުއްޔައް ދޫކުރުން އަދި ރާއްޖޭގެ ރައްތައް ވިއްކުން. އަތުންފައިން މަސައްކަތްކޮގެން އުޅޭބަޔަކައް ދިވެހިން ހަދާބަލަ.
އެމްސް
06 August 2022
ދިވެހިންގެ އަތާއި ފަޔަކީ ބޮންދުން ކަމަށް ކަނޑައެޅިތާ މިހާރު 40 އަހަރަށްވުރެ ގިނަވީ!
ދިއްދޫމީހާ
06 August 2022
ހޫމްހޫމް އަނެއްކާ އަނެއްކުޅި ފެއްޓީދޯ؟؟ ޕްލޭނޭ ކިޔާފަ ބަޔަކު މީހުންނަ ލާރި ގަނޑެއް ދޭން ތިޔައުޅެނީ، ބަލާތި މިއަހަރު ދެން އޮންނާނީ ސަރުކާރު ކުންފުނިތަކުން ކުރިޔއ އޮތް 5ފަސްއަހަރަށް ޕްލޭން ހަދަން ބަޔަކު މީހުންނާ ހަވާލްކުރުން..
އެމްސް
06 August 2022
މާވެޔޮމަގާއި ޗާނދަނީމަގާއި ދޭތެރޭ، މަޖީދީމަގުގަ އެއްވެސް ކަމެއްނެތިފަ އެތިބޭ ބޮންދުންނާއި ޙަވާލުކުރަމާ!
ާއުނިމާ
06 August 2022
ވެމްކޯގަ ތިބޭނެ ވަރުވަރުން މުސާރަ ދީފަ ތިބި ވެރިން...ކަންކަން ނުވަންޏާ ވާ މީހުނާ މަގާމުތަކަށް އައްޔަން ކުރީމާ ރަނގަޅުވާނެ
ދެރަ
06 August 2022
ބިޒްނަސް ޕްލޭން އިންޓާރނަލީ ނުހެދޭ ނަަމަ ތި މުއައްސަސާގެ މަތި އުވާލާފަ އާކުރުން ބުއްދިވެރި.ފަންނާއި ތަޖުރިބާ ނެތްމީހުންގެ ސަބަބުން ސަރުކާރަށް އަދި ތި ކިނފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެކަމެއްތީ.