މާލެ- ސެޕްޓެމްބަރު 26، 2021: ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު މޫސުން ގޯސްވުުން: މޫސުން މިހާ ބޮޑަށް ގޮސްވެފައިވާތީ މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބްރިޖާއި ހައިވޭގައި އުޅޭ މީހުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައި--. ފޮޓޯ: ނިޝާން އަލީ/ މިހާރު
04 ސެޕްޓެމްބަރ 2022 - 17:08
ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭން އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދުއަށް ކަމަށާއި މިއީ މި އަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސް ކަމަށް މޯލްޑިވްސް މީޓްރޮލޮޖީ ސާވިސްއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މި އަހަރު އެއް ދުވަސްތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ޖުލައި މަހުގެ 31ގައި ރ. އަލިފުއްޓަށް ކަމަށެވެ. އެ ދުވަހު އަލިފުއްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކާޑެއްދުއަށް 124.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ މެންދުރު ފަހު 2:00 ގައި ކާޑެއްދޫގައި ފިނިހޫނުމިން ހުރީ 23.9-24.4 ޑިގްރީ ސެލްސިއަސްގަ އެވެ.
Highest rainfall past 24hrs and this year's highest rainfall. pic.twitter.com/dwAOxj10o2
— Maldives Meteorology (@MetMaldives) September 4, 2022
ކާޑެއްދޫގެ އިތުރުން ދެން މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ބިލެތްދުއަށެވެ. އެ ރަށަށް 58.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހުނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މެޓުން ބުނި ގޮތުގައި މޫސުން އަލިވާނެކަމަށް ބެލެވެނީ މި ހަފުތާގެ ފަހުކޮޅު ކަމަށެވެ.
މޫސުން ގޯސްވެފައި ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
06 September 2022
އަންޒަމާނުކަރައަށް ވައި އެރި ދުވަހު މިއަށްވުރެން ގިނައިން ވެހުނު.
ހާމިދު ޝާހިދު
05 September 2022
ވަރަށް ހިތްގައިމު މޫސުމެއް. ފިނިކަމުން ފިނި ޖެކެޓް ލައިގެން އުޅެން ޖެހެނީވެސް. އެހާވެސް ނިސްބަތުން ފިނި. މިއީ މޫސުމަށް އަންނަ ބަދަލެއްގެ ސަބަބުން ވާކަމަކަށްވުރެއް ރަހުމަތުގެ ވާރޭ ކަމަށް ބަލަނީ. އެހެނީ، ވާރޭ ވެއްސެވުމަކީ ހަގީގަތުގައި ރަހުމަތެއް.
މިއީ އެންމެ އަރާމު އެއްދުވަސް
04 September 2022
الحمدلله، މިއަދަކީ ވަރަށް އަރާމު ހިތްފަސޭހަ ވެސް ދުވަހެކެވެ. ގޭގައި ކައްކާ ހޫނު ކިރުސަޔާއި، ހޫނު ކޮފީ، ދޭތެރެއަކުން ބޯލީމައި އިތުރު ފުރިހަމަ ކަމެއް ލިބެއެވެ.
އެމީހާގެ މީހާ
05 September 2022
އޮފީހަށް ދާން ޖެހޭތީ މައްސަލައަކީ :(
ގްރޭޓްފުލް
04 September 2022
ރަހުމަތުގެ ވަރޭ! މާޝާﷲ.
ކޮރަލް
04 September 2022
ދުނިޔޭގެ މޫސުމަށް އަންނަނީ ބޮޑެތި ބަދަލު ތަކެއް އަންނަ މުންނެވެ. ރާއްޖޭގެ މޫސުމަށް ވެސް ބޮޑެތި ބަދަލު ތަކެއް އަންނަ ނަމަ އެވާހަކަ ރައްޔިތުންނާ ހިއްސާ ކޮށްލަ ދިނުން އެެދެމެވެ.
ދޯޕައްޓާ
04 September 2022
މޫސުމަކީ އެއްއިރެއްގަވެސް އެއްގޮތަކަށް އޮންނަކަމެއްނޫން، އަވިދިނުމާ ވާރޭވެހުމާ މިއީ އަބަދުވެސް ހިނގާ ކަންކަން، ދެން ކޮންމެ އަހަރަކުވެސް އަންނާނެތާ އެއަހަރު އެންމެ ގިނައިން ވާރޭ ވެހުނު ދުވަހަކާ އެއަހަރު އެންމެ އަވިބާރު ދުވަހަކާ، މިއަކު އާދަޔާ ހިލާފުކަމެއްކޮބާ.
ހާޑްވޯޑް
04 September 2022
ވެހޭތާ ފެންނަގާށެވެ.
ށިރާޖު
04 September 2022
ބުޅާ ސީފެން ނަގަންވީތަ، ފުާރުޅުން ފައިބަނީ ބުޅާ ސިޔާއި ކޮތަރު ސީ،