ހުޅުމާލެ ދެ ވަނަ ފިޔަވަހިން ޒުވާނަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މުހައްމަދު އަޒުހާން، 27، ގެއްލިގެން ރޭ 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
އަޒުހާނާ ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ނަމްބަރު، 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.