އަޒްހާން ކާރަށް އަރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް -- ފޮޓޯ | ފުލުހުން
25 ސެޕްޓެމްބަރ 2022 - 12:28
ހުޅުމާލޭ ދެވަނަ ފިޔަވަހިން މީގެ ހަ ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒުހާން އެންމެ ފަހުން ފެނުނީ ޓެކްސީއަކަށް އަރާތަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސީސީޓީވީތަކުގެ ފުޓޭޖުތައް ދިރާސާކޮށްގެން ލިބުނު މައުލޫމާތުތަކުގެ އަލީގައި ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އެ ޒުވާނާ އެންމެ ފަހުން ފެނުނީ މި މަހު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ ޓަވަރު 13 ކައިރިން ކަމަށެވެ. އެ ދުވަހުގެ ފަތިހު 4:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު އަޒްހާން.
ފުލުހުން ބުނިގޮތުގައި، އިތުރު ފުޓޭޖުތައް ބަލައި އެ ކާރު ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަޒުހާނާއި ފޮޓޯ އިން ފެންނަ ހުދުކުލައިގެ ޓެކްސީ ފެނިފައިވާ ނަމަ އަދި މި މަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާ ކަމަށް ބެލެވޭ މީހަކު އުޅޭ ނަމަ އެކަން އަންގައިދޭން ޑްރައިވަރުންގެ ކިބައިން ފުލުހުން އެދެ އެވެ.
އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ ޕީޗް ކުލައިގެ މާޖެހި އަތް ކުރު ގަމީހެކެވެ. އަޒުހާނާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުމާ
25 September 2022
ރިލުވާނު ގެއްލުވާލި ހާދިސާއާއި އެއްގޮތް ކަމެއް އެބަހުރި ފުލުހުން މަސައްކަތުގެ ސުޕީޑުއަވަސްކުރަންޖެހޭ
އޮނަރަބްލް އަފީފު ދީދީ
25 September 2022
ފުލުހުންނަށް ހީއެއްނުވޭ އެމީހުންގެ ޤާނޫނީ ޒިންމާ އަދާކުރެވުދާނެ ހެނެއް. އެހެންވީމާ "ރައްޔަތުންގެ ރައްޖާތެރިކަން ކަށަވަރުކޮށްދިނުމަށް" އެހެން ފަރާތް ތަކުންވެސް މަސައްކަތް ކުރާންޖެހިއްޖެ. # އިކޮނޮމިކް މިނިސްޓްރީން ވިޔަފާރި ހުއްދަ ދޫކޮށްފައިވާ ހުރިހާ އިމާރާތެއްގެ ބޭރުގައި މަދުވެގެން 3 ކެމަރާ (01 މަސް ދުވަހުގެ ރެކޯޑިން ރައްކާކުރެވޭ) ހަރުކުރުމަށް އަންގާ. ފުރަތަމަ ފަށައިގަންނަން 5 ހާހަށްވުރެން މަތީ އާބާދީ ރަށްތައް ހަމަޖެއްސުން ރަނގަޅު.
އަލީ މައުސޫމް
25 September 2022
ވަރަށް ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް. ތި ކާރު ތި ފޫޓޭޖައް އެރި ގަޑި އިނގޭ ކަމަށްވަންޏާ ހުޅުމާލޭގައިވާ އެހެން ކޮންމެވެސް ކެމެރާއަކަށް ދެވަނަ ފަހަރަށްވެސް އަރާފަ ހުންނާނެ. ދެން އެހާވަރަށް ބަލަންޖެހޭ ވަރުގެ ކަމަކަށް ނުވަނީހެން ހީވަނީ. އައްނިއަށް ހަމަލާ ދިން މީހާ ހޯދިގޮތަށް ޕްރޮފެޝަނަލްކޮށް ބޮޑު ވީޑިއޯއެއް ހަދާލާނެ ކުއްޖެއް ނެއްތަ ހަމަ
ޙިނި
25 September 2022
ތީ ކޮންކަހަލަ ސީސީޓީވީ ކެމެރާއެއްތަ، ހަމަ ފުލުން ފައިސާދީގެން ގަނެފަ ހަރުކުރާ ސިސްޓަމްތޯ. ދައުލަތައް ހާދަ ބޯޑެތި ގެންލުމެކޭ، ބޭކާރު ފައިސާ. ތަންދޮރު އެންގޭ މީހުން، ގާބިލު މީހުން ތިތަންތަނައް ލާނީ ކޮންދުވަހަކުންތަ
ހާމިދު ޝާހިދު
25 September 2022
ތި ފުޓޭޖަކުން ވާއެއް ނުވާއެއް ނޭންގޭނޫންތޯ! ތިވަރުގެ ކަންކަން ކުރަން ރައްޔިތުންކާރީ ނުބުނޭ. ހިޔާ ފްލެޓަކީ ވަރަށް ގިނަ ސީސީޓީވީ ހުންނަންޖެހޭ ތަނެއް. އަދި ހުޅުމާލޭގެ ފޭ2 ގެ ބްރިޖްތަކުގައިވެސް ކެމެރާ ހުންނަންޖެހޭ. އަދި ހަމައެހެންމެ، ބްރިޖްމަތީގައިވެސް މުޅި ރަށުތެރޭގައިވެސް. އޭރުން ރަނގަޅަށް ޓްރޭސް ކުރެވޭނީ. ކްރައިމެއް ހިނގުމުގެ ކުރިން ކްރައިމެއް ހިނގަން އުޅޭކަން އިނގޭ މިންވަރަށް ކެމެރާ ހަރުކުރަންޖެހޭ. އަދި ހިޔާއަކީ ހުރިހާ ނުބައިކަމެއް އޮތްތަނެއް.
ލާމަސީލު
25 September 2022
މިގޮތަށް ގެއްލޭމީހުން ފެނުމުން އޭނާ ގެއްލުނު ގޮތެއްވެސް އާްއްމުކުރަމުން ނުދާތީވެ ކަމުގެ ސީރިއަސްކަން އޮންނަނީ ގެއްލިފަ. ވީމާ ބުއްދީގެ ގޮތުން ބަލާއިރު ގެއްލޭ މީހުން ފެނުނީމާ ގެއްލުނު ގޮތެއްވެސް އާއްމުކޮށް ރައްޔިތުންގެ ތެރޭގައި މިއޮންނަ ހިތްނުތަނަވަސްކަން ފިލުވާލަދިނުން ވަރަށްވެސް މުހިއްމު ކަމުގައި ދެކެން.
ޢައްޔާ
25 September 2022
ތި ހިންޓް ކުރަނީ ވަކި ހާދިސާއަަކަށް ވާނަމަ އެ ދެވަހު ހިނގިކަންތައް އޭރުގެސަރުކާރުން ސިއްރު ކުރީ އާންމުމަސްލަހަތައްޓަކައި.
ލާމަސީލު
25 September 2022
މިހިންޓް ކުރަނީ ވަކި މައްސަލައަކަށްނޫން. ބައެއްކުދިން ގޭގެ މީހުންނަށް ފިލައިގެން ދަތުރު ގޮސަފަވެސް އެބަހުރި. އެހެންވެ މިވާހަކަ ހައިލައިޓް ކޮށްލީވެސް. ގެއްލިފަ އެމީހަކު އަލުން ގެޔަށް އައިމާ ވީގޮތްވެސް ހާމަކޮށްލުން ރަނގަޅުވާހަކަ މިބުނީ.
ހިޔާލީ އަލީ
25 September 2022
ހަރުކަށި ފިކުރުން އަމިއްލައަށް މީހުންނަށް ހުކުމް ކުރުމާއި މީހުންނާ ދޭތެރޭ ނަފްރަތާއި ރުޅިވެރިކަން ފެތުރުން ހުއްޓާލަން ޖެހޭ. (މި ވަގުތަށް މި ހަބަރާ ނުގުޅޭ ކޮމެންޓެއްވިޔަސް ދާދި އަވަހަށް މި މައްސަލަ ފުރޮޅޭނެ ގޮތުގެ ތަސައްވުރެއް މިއީ)
ރަދީފު ބިން ރަފައިދާ
25 September 2022
އަބަދުވެސް މީހަކު ގެއްލެންޏާ މިގެއްލެނީ ޓެކްސީއަކާހިސާބުން ނޫނީ ކާރަކާހިސާބުން.
ބޭފުޅް
25 September 2022
ބޭފުޅާއަށް އާމު ހާލަތުގައި ފެންނަނީ ގެއްލޭ މީހާ ކޮންމެވެސް މީހެއް ކޮނޑައް ލައިގެން ގެންދާތަން ހެން އަހުންނަށް ހީވަނީ