މިދިޔަ ބުދަ ދުވަހުގެ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދީ ހއ.ދިއްދޫ، އާލިޔާ، އާދަމް އިކްރާމް، 32، އެވެ.

އޭނާ އެރޭ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވާތީ، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރު އެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ ގެއްލިގެން ހޯދަމުންދިޔަ އިކްރާމް މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.