މަރިޔަމް ޝަފީގު: އޭނާ އެންސްޕާގެ ސީއީއޯއަކަށް މި ހަމަޖެއްސީ ދެވަނަ ފަހަރަށް.
22 ސެޕްޓެމްބަރ 2022 - 19:52
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު މިއަދު އައްޔަން ކުރެއްވިއިރު، މި ސަރުކާރުގައި މިހާތަނަށް އެ މަގާމު ފުރުއްވި މަރިޔަމް ޝަފީގު އެންސްޕާގެ ސީއީއޯއަކަށް އަނެއްކާވެސް ބަދަލުކޮށްފި އެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވައިފަ އެވެ. އެކަމަކު، ނޮވެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން މާޗް 2019 ގައި މަރިޔަމް ބަދަލުކުރެއްވީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. އެ ލަގަބާއެކު އޭނާ ވެވަޑައިގަތީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ފުރަތަމަ އަންހެން އެމްޑީއަށެވެ.
އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމަށް މިއަދު އައްޔަންކުރެއްވި އައްޒާމް
އެންސްޕާގެ ސީއީއޯގެ މަގާމުގައި މިހާތަނަށް ހުންނެވީ އައްޒާމެވެ. އެ ދެ ބޭފުޅުން އެއްތަނުން އަނެއް ތަނުގެ މަގާމަށް ބަދަލުކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ.
މަރިޔަމް މީގެ ކުރިން ވެސް ވަނީ އެންސްޕާގެ ސީއީއޯގެ އިތުރުން އެ އިދާރާގެ އެހެން އިސް މަގާމުތަކާއި ސިއްހީ ދާއިރާ އާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މަރިޔަމް ވަނީ ތައިލެންޑްގެ ޗުލަލޯންކޯން ޔުނިވާސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާ އިން މާސްޓާ ޑިގްރީ ހާސިލު ކުރައްވައިފަ އެވެ. އޭނާ ވަނީ ހެލްތު އިކޮނޮމީގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނަންގަވައިފަ އެވެ. ނަރުހެއްގެ ގޮތުގައި ވެސް ކުރިން އުޅުއްވި މަރިޔަމް ވަނީ އެލައިޑް އިންޝުއަރެންސްގެ ޓެކްނިކަލް މެނޭޖަރުކަމާއި ގައުމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި ވެސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
22 September 2022
ގައުމަށް ބަލަދުއަރާފަވާތީ ވަދަލުކުރީ ކަމަށް ވާނީ! އެކަހަލަ ބައިވަރުމީހުން ސަރުކާރުގައި އެބަތިބި!
ބާނީ
23 September 2022
އައްޒާމު އެއީ އޭގެ މީހެއް. އެކަމު ޝަފީގާއަކީ ކޮލިފައިޑު އެދާއިރާގެ މީހެއް
ސިކީ
23 September 2022
އައްޒާމުމީ ކޮން ކޮލިފިކޭޝަނެއްގެ މީހެެއްތަ؟ ކިޔާތީ އިވޭ ރޯޔަލު ފެމިލީއާ ލިންކު އޮވެޔޯ. މިދެން ބޮޑުވެއްޖެ ކަމެއްނު އަޅެ އަމިއްލައަށް ފެޔަށް ޖެހުނަސް ކީއްތަ ހިންގުންތެރިކަމެއްވެސްނެތް މީހެއް ދެން
ދގދސެފ×
22 September 2022
ޔާމީނު އައްޔަނުކުރިމީހެއް އަނެއްކާ މިމީހުން އައްޔަންކުރާނީ ހާދަ ގާބިލިއްޔަތުކަމެއް ހުރެގެންނޭ.
ޔާމީނަކީވެސް އެމްޑީޕީތަ
22 September 2022
އެއީ ޑީއޯ ސައްޕެގެ ދައްތަ. ޔާމީނު އެބަހުރި ކުލައަށް މޫނަށް ނުބަލައިވެސް މަގާމް ދީފައި. ސައްޕޭގެ މުޅިއާއިލާ އެމްޑީޕީ ހާޑްކޯރ ބައެއް. އިބޫ ސާލިހުގެ ކޮއްކޮވެސް ހުރީނުން ޔާމީނުގެ ޕްރައިވެޓް ސެކެޓެރީއަށް. މިހާރުވެސް އެމަންޖެ އެހެރީ އިބޫގެ ސެކެޓެރީއަށް.
އުދުހޭ
23 September 2022
ޕްރޮފައިލަށް ބަލާލީމާ މިފަދަ މަސައްކަތަކަށް ގާބިލްހެން ހީވޭ. އެކްޓިވިސްޓުން ލައިގެން އަތަށް ގޮވާފާނެތީ އަނެއްކާ މަގާމު ދިނީބާ؟!
ާއުނިމާ
23 September 2022
އާ ތީހަމަ ބަލަދު އަރާފަ ތިބޭ ބައެއް! އިރެއްގަ ސައްޕޭ ޑީޢޯ މަސައްަކަތްކުރިޔަސް މިހާރު އާއިލާ މީހުންވެސް ހަރަކާތްތަކުން ނުފެނޭ...ފޮނިބޯލަން އާދޭ
ނަނާހުވަފެން
23 September 2022
ޔާންޓެ ކާކުކަން، އޭނަގެ މޮޅުވާހަކަ، ކޮންމެހެން އަހަރުމެންނަށް ކިޔައިދޭން ނޫޅޭ. އެންމެފަހުންވެސް އެބުނީ ތިމަންނަގެ ކުރިމަތީގައި ތިމަންނަގެ ގޭގައި، އާދެ ގައުމުގެ ރައީސްމީހާގެ ގޭގައި 15 މިލިޔަން "ހާޑް ކޭޝް" ގުނި ވާހަކަ. ރަނގަޅު ނިޔަތެއްގައި ރަނގަޅު ފައިސާތަކެއް އަދި އަމުދުން އެފަދަ ނުގުނާނެކަން އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެ.
ދޮންޑު
23 September 2022
ޢަދި ޔާމިނު މާމޮޅައް އުރާ އެއް ކަމެއްއޮވޭ.