މ. ސެންޑްރޯސް ހުޅަނގުބައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
10 ނޮވެމްބަރ 2022 - 17:56
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕާއި ގަރާޖު ފަދަ ތަންތަން އަވަސް ގޮތެއްގައި އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް އެކުލަވާލުމަށް ވެސް ކަމާބެހޭ އިދާރާތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މ. ސެންޑްރޯސްގެ ހުޅަނގުބައިގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ ނުވަ މީހުންނާއި ބަންގްލަދޭޝް މީހެކެވެ.
މި ހާދިސާއާ ގުޅިގެން، ކަމާ ބެހޭ އިދާރާތަކާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ކުރާ ތަހުގީގު އަވަސްކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފި އެވެ.
އެ ބައްދަލުވުމުގައި ސިފައިންނާއި ފުލުހުންނާއި އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ފަދަ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަވަހަށް ތަހުގީގު ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
މ. ސެންޑްރޯސް ހުޅަނގުބައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
"މި ހާދިސާގައި ނިޔާވި ފަރާތްތައް ދެނެގަތުމާއި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުމާ ގުޅޭގޮތުންނާއި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންދެވުމަށް ކަމާބެހޭ ފަރާތްތަކަށް (ރައީސް) ވަނީ އިރުޝާދު ދެއްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
"މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ."
ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް! https://t.co/JOPp9Zy3cL
— Mihaaru (@Mihaarunews) November 10, 2022
ތިން ބުރިއަށް ހުންނަ އެ ގޭގެ އެންމެ ތިރީގައި ގަރާޖެއް ހިންގާއިރު، މަތީ ދެ ފުލޯގައި ދިރިއުޅުނީ އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާތައް ހިންގާފައިވާ އެތަނުގައި ރޭ ރޯވި އަލިފާގަނޑު ނިއްވާލެވުނުއިރު، ގިނަ ބައެއްގެ ފުރާނަ ވަނީ ގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އިތުރުން މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ރޭގެ ހާދިސާ އަށް ފަހު ބައެއް މީހުން ގެއްލިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަދީޖާ ް
12 November 2022
މާލޭގަ އެކަންޏެއްނޫ ބަލަންވީ .... ޜާއްޖެތެރޭގައިވެސް ބިދޭސީން ތިބޭތަންތަން ބެލުން ވަރަށް މުހިންމު ދޯ
ޖައްލޭ
11 November 2022
ލަދުގަނޭތަ ސޯލިހު؟ ލަދު؟ ހަޔާތެއް ހުރިނަމަ އިއްޔެ ބޭފުޅާ އިސްތިއުފާ ދިނިހެ. ވެރިކަމުގެ ސާނާ ސައުކަތާ ލައްޒަތުގައި އަދިވެސް އިތުރައް ބަގުޑި ބައްދައިގެން ހުންނަން ލޭބަރު މިނިސްޓަރާ ކަލެ 2023 ކެމްޕޭން ހަވާލުކޮއްފައެ އޭނާ އެމިނިސްޓުރީގެ ޒިންމާ އަދާނުކުރޭ. އެކަލޭގެ ދުވެ އެނަގަނީ ކަލޭ ފެކްސަނަށް މީހުން އިތުރުކުރަން މަގާމުތަކަ ޕުރޮޖަކުޓު ތައް ބަހަމުން
އަހައްމަދޫ
11 November 2022
މިކަހަލަ ބޮޑުކަމެއް ދިމާވީމާ ނޫންދޯ މަޝްވަރާކުރަންވީ. ވަރަށް މޮޅުވާނެ ކޮފީ ބޮޔެފަ މަޝްވަރާކުރަން . ދެން އެނިމުނީއޭ މަޝްވަރާ ކުރެވުނީމަ. ދެން އެންމެން ގެޔަށް ގޮސް އެހިސާބުން އެނިމުނީ. ދެން އަނެއްކާވެސް ބޮޑުކަމެއް ދިމާވީމަ މަޝްވަރާކުރަން އެއްވާނެ. ތަންފީޒުކުރުމެއް ނެތް. ފައްޔާޒުބްރޯ ކޮބާ . ތިތަނުން ނުވެސް ފެނޭ.
ތުނޑުހަސަނު
11 November 2022
އެދިވަޑައިގަތުމަކުން ނުވާނެ. އަމުރަކުންވާނީ.
އެރިކް
11 November 2022
ކޮބައިތޯ އިހައްދުވަހު ޖެހި ސަކަރާތް؟؟؟؟؟. ބޯހިމަނުން!!!!!!!! ތިޔަ ސަކަރާތެއް ޖެހި އިރުގަވެސް އެނގޭނެއެއް ނަޫންތޯ ތިޔަތަނުގައި ތިބި މީހުންްގެ އަދަދާއި އުޅެމުން ދިޔަ ހާލަތުވެސް ؟؟؟؟ އެކަމަށް ފަޔަވަޅެއް ނޭޅުންތާ އެކަހަލަ ތަަންތަނުގެ ހާލަތުވެސް ސަރުކޮރަށް ނޭނގުން؟؟؟؟ ދައުލަތުގެ ބަޖެޓުން ބޮޑުޙަރަދެއްކޮށްފަ ފައިދާކުރީ ވަކިބައެއްގެ ޖީބައް އެކަމުންވެސް!!!!! ނިކަމެތިން އަނދާހުލިވީ؟؟؟؟؟. ދެރަކަމެއްް ކިތަންމެހާވެސް ..
އަލީހަމީދު
11 November 2022
ރާއްޖޭގެ ހުރިހާކަމެއް މިވަނީ ބޮއްސުުްލާފަ (ފެއިލްވެފަ) އިބްރާހިމް ނާސިރު ކަހަލަ ވެރިކަން ކުރެވޭ ވެރިޔެއް ލިބިގެން ނޫނީ ދެން ރާއްޖެ ހަމަޔަކަށް ނޭޅުވޭނެ. ސަރުކާރުގެ ޒިންމާދާރު މަގާމްތަކުގަ ތިބޭ ވެރިން ޒިންމާދާރު ކުރެވިގެން ނޫނީ އެއްވެސްކަމެއް ރަގަޅެއް ނުކުރެވޭނެ. ބޭނުންވަނީ ހަވާލުކޮއްފަހުންނަ މަސައްކަތަށް އިހުމާލުވާ މީހުން ވަގުތުން ގެޔަށް ފޮނުވާލެވޭވަރު ގަޓް ވެރިޔެއް.
އަނާރާގެ ފިރިމީހާގެ ކޮންސްޓްރަކްޝަން ކުންފުނި
11 November 2022
ނިކަން ސަލާމަތީ ބާރުތައް މަގުމައްޗަށް ނެރެ މުޅި ގައުމު ރަމަތަ ކޮށްބަލަ , ކޮރަޕްޝަން ހިންގާ މީހުން ހިފާ ހައޔަރު ކޮއްބަލަ , ނުގަވައިދުން އުޅޭ ބިދޭޗީން ގައުމަށް ދެން ނާދެވޭ ގޮތަށް ފޮނުވާލަބަލަ , ރައްޔަތުން ކުރިމައްޗަށް އަންނަން ލަދުގަންނަން ވާނެ މިކަންކަން ރަނގަޅު ނުކޮށް ވޯޓު ހޯދަން.
ވާނުވާ.
11 November 2022
ފުރަތަމަ ލިލީ މަގުގަ މީންދަ މުލިޔާގޭ ވެރިންގެ ވެހިކަލް މެއިންޓަނަންސް ގަރާޖު އެތަނުން ނަގާބަލަ...އެތާ ތެރޭ އިނދޭ ވޯކްސޮޕެއް ވެސް، ހުރިހާ ބާވަތެއްގެ މަސައްކަތް ކުރޭ ، މީހުންވެސް ނިދާ އެތާ މަތީގަ! ފުރަތަމަ ކަލޭމެން ގަވާއިދައް ފެތިބަލަ އަނގަ ނާރުވާ ބޮޑެތި މީޓިން ނުބާއްވާ!
އަބްޑޫޅް
11 November 2022
ދިވެހިން އަނދާ ހުލިވިޔަސް ވަރިހަމަ، އިންޑިޔާ މީހުންގެ ހާލު ކަށަވަރު ކުރެނެވިކޮށް. އެހެންނޫނީ އައުދިއްލީގެ އެޓޮލްޝު މިޝްޓީ އަށް ގެންގޮސް ނީލްޑައުން ކޮށްފަ ބަހައްޓާފާނެތީ، މި ރައީސު ބިރުގަންނަނީދޯ؟
ސިމްޕަލް
11 November 2022
މާލޭގައި ކޮންތާކުތޯ ބިދޭސީ ހިޔާ އެއް ހުންނަނީ؟ އެދުރު ހިޔާ އަކާއި، ކުޑަ ކުދިންގެ ހިޔާއެއް ހުންނަކަން ޚަބަރު ތަކުން އިގޭ. ބިދޭސީ ހިޔާތަކަކީ ބިދޭސީން ދިރިއުޅޭ "އެޕާޓްމަންޓް" ތޯ؟ ނޫނީ ބިދޭސީ މަސައްކަތު މީހުން ދިރިއުޅޭ، ބަންކް ބެޑް ޖަހާ ފުރާލާފައި ހުންނަ ހޯލް ފަދަ ތަންތަންތޯ؟ 1 ކޮޓަރި 1 ފާޚާނާ ހުންނަ ތަންތަނުގައި 10-15 ބިދޭސީ މީހުން ވެސް އެބަ އުޅޭ. އެވެސް ބިދޭސީ ހިޔާތޯ؟