ތާރީޚީ އަދި ސަގާފީ ގޮތުން ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު އެއް ބިނާ ކަމަށްވާ ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހައްދާފައިވާ ބަގީޗާ ކުނި ގޮނޑަކަށް ވެއްޖެ އެވެ.

ހުކުރު މިސްކިތުގެ ގޯތިތެރޭގައި އޮންނަ ބަގީޗާ އަށް ކުނި އަޅާފައި. ފޮޓޯ: މިހާރު
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އޮންނަ ބަގީޗާ އަށް ކުނި އަޅާފައި. ފޮޓޯ: މިހާރު

މާލެ އަންނަ ޓޫރިސްޓުން ވެސް ޒިޔާރަތްކުރާ މި ތަނުގެ ގަސް ހައްދާފައިވާ ބައި ވަނީ ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި ކާ އެއްޗެހި ހުސްކުރި އެކި ކަހަލަ އެއްޗެހި އަޅައި ގޮނޑުކޮށްފަ އެވެ. އޭގެ ތެރޭގައި ކަޕް ނޫޑްލްސް ހުސްކުރި ތައްޓާއި ކެފޭތަކުން ވިއްކާ ކާއެއްޗެހި އަޅައިފައި ދޭ ކަރުދާހު ފޮށި ވެސް ހިމެނެ އެވެ.

ހުކުރު މިސްކިތުގެ ގޯތި ތެރޭގައި އޮންނަ ބަގީޗާގެ ފެންގަނޑަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ގޯތި ތެރޭގައި އޮންނަ ބަގީޗާގެ ފެންގަނޑަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު

ބެލެވޭ ގޮތުގައި ބަގީޗާއާ އަޅާނުލައި ދޫކޮށްލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ތަނުގައި ވިނަ ބޯވެ ގަސްތައް އެކި ގޮތްގޮތަށް ހެދިފައިވާ އިރު ތަރުތީބު ވެސް ވަނީ ގެއްލިފަ އެވެ.

ހުކުރު މިސްކިތުގެ ގޯތި ތެރޭގައި އޮންނަ ބަގީޗާ އަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ގޯތި ތެރޭގައި އޮންނަ ބަގީޗާ އަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު

އާއްމުންގެ ޒިންމާދާރުކަން ކުޑަކަމުން ބަގީޗާ ގޮނޑުކޮށްފައިވާ އިރު މި ތަނަށް ޒިންމާވަނީ ސަރުކާރުގެ ކޮން ފަރާތަކުން ކަމެއް ވެސް ނޭނގެ އެވެ. ހެރިޓޭޖް ޑިޕާޓްމެންޓާއި އިސްލާމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ވެސް ބުނީ އެ ބަގީޗާ އޮންނަނީ އެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.

ހުކުރު މިސްކިތުގެ ވަޅު ތެރޭގައި ގަސްތަކުގެ މޫތައް ދިގުވެ މުޅި ވަޅުގައި ފެހި ބޯވެފައިވުމުގެ އިތުރުން ވަޅު ތެރެ އަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ވަޅު ތެރޭގައި ގަސްތަކުގެ މޫތައް ދިގުވެ މުޅި ވަޅުގައި ފެހި ބޯވެފައިވުމުގެ އިތުރުން ވަޅު ތެރެ އަށް ކުނި އަޅާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ބަގީޗާ. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތުގެ ބަގީޗާ. ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުކުރު މިސްކިތުގެ ގޯތި ތެރޭގައި މަގުމައްޗަށް ފެންނަ ގޮތަށް ބަހައްޓާފައިވާ ބޯޑެއްގައި ލިޔެފައިވާ ގޮތުގައި "މާލޭގެ ހުކުރު މިސްކިތަކީ ދިވެހިންގެ އިސްލާމީ ވަހުދަތު އަދި ޖީލުތަކަށް ދެމިގެން އައިސްފައިވާ ދީނީ ތާރީޚަށް ހެކި ދޭ އެހާމެ މުހިއްމު އަދި ޚާއްސަ ބިނާއެކެވެ."

ހުކުރު މިސްކިތް: ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބިނާއެއް. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުކުރު މިސްކިތް: ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ބިނާއެއް. ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު ބަގީޗާ އޮތް ހާލަތުން އެ ތަނުގެ ހައިބަތު ވަނީ ކުޑަވެފަ އެވެ.