ލޭގެ ޕްރެޝަރު ދަށްވެގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އައިޖީއެމްއެޗުގައި މިއަދު އެޑްމިޓްކޮށްފި އެވެ.

އެމަނިކުފާނު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.

"އަޅުގަނޑުގެ ހާލު ރަނގަޅު. އަލްހަމްދުﷲ،"

ހަލުއި ސްޕީޑުގައި ކޮވިޑު ފެތުރެމުން ދިޔަ އިރު މައުމޫން ވެސް އެ ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި އެޑްމިޓުކުރި އެވެ. އެކަމަކު، ތިން ހަފުތާގެ ފަރުވާއަށް ފަހު ރަނގަޅުވެގެން އޭރު ހޮސްޕިޓަލުން ދޫކޮށްލީ އެވެ.