ޚަބަރު / ބޯހިޔާވަހިކަން

މާލޭ މީހުންނަށް ގޯތި ދޭ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް

ސުޕްރީމް ކޯޓު: މާލޭ މީހުންނަށް ގޯތި ދޭ އުސޫލުގެ މައްސަލަ އެ ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައި --- ފޮޓޯ/މިހާރު

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް ޝިހާދު އިބްރާހިމާއި ވަކީލް ހަސަން ފަލާހެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް މާލެ ސަރަހައްދުން 3،000 ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ރަޖިސްޓްރީވެފައި ނެތުމެވެ.

އެކަމަކު ފަހުން ވަނީ އެ އުސޫލަށް ބަދަލު ގެނެސް، ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީ ވިޔަސް މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ އަދި އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ، އެއީ މާލޭ މީހުން ކަމުގައި ބަލާ ގޮތަށް ހަމަޖައްސައިފަ އެވެ.

49 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 8%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާލަތުގެ ދުލުންހިތުން

26 January 2023

މި މުސްލިމު ގައުމުގައި އިބަﷲގެ ރަސޫލުން ގެނެސްދެއްވި ޢަދުލް އިޙުސާނުން ރައްޔިތުންނަށްޓަކާ ޙުކުމް ކުރާނޭ ބަޔަކު މިންވަރު ކުރައްވާންދޭވެ. އެފަދަ ވެރިންނާ ގާޒީން އަގުކޮށް ބޭނުންހިފާ ޝުކުރިވެރިވާ ރައްޔިތުން ކަމުގައި އަޅަމެން ލައްވާނދޭވެ. އަދި މިރައްޔިތުންނަށް ބޭއިންސާފުވާ ބަޔަކަށް ނާކާމިޔާބާ ބަދުނަސީބު ޖައްސަވާންދޭވެ.

The name is already taken The name is available. Register?

ނައީމް.

26 January 2023

އާމީން. ... އާމީން.

The name is already taken The name is available. Register?

ޖަލީ22

27 January 2023

އަދުލު އިހުސާނެއް ނޫން. އަދުލު އިންސާފު، ކިޔައި އުޅެނީ. އިޙްސާން އެއީ މުޅިން އެހެން ކަމެއް. ވީމާ އަދި ބަދުނަސީބުގެ ވާހަކަ ދައްކާކަށްނުވޭ، ދުއާ ތިކުރެވެނީ ގޯސްކޮށް.

The name is already taken The name is available. Register?

މިއީ ކީއްވެފައިއޮތް ގައުމެއްތަ؟

26 January 2023

މާލޭގެ އުފަން އެކަނިވެސް ގެދޮރުނެތި ތިބީ އެންމެ ދެހާހެއް ފަސްހާހެެއް މީހުންތަ؟ އަދި އެހެން ކިތައް ރަށް އެބައޮތް ރަށްފުރިގެން ހިއްކަން ވެސް ޖާގަނެތިގެން އެއްގޯތީގައި އެތައް އާއިލާއެއް އުޅޭ؟ މަދުމީސްކޮޅަކަށް ހުޅުމާލޭގެ ބިންކޮޅު ބަހާ ނިމުނީމާ މާލޭގެ ހޮލީދަރިކޮޅުގެ އެންމެން އުފާކުރާނެތަ؟ ވީއެންމެގިނަ ބަޔަކަށް ދެވެންއޮތް އަސާސީ ހައްގެއް ނަގާލާފަ ގައުމުގެ ބިން މީސްކޮޅަކަށް ހިބަކުރަން އެގޮވަނީ މާލޭގެ ރައްޔިތުންނަށް ވެސް އިންސާފުން ހެވެއް އެދިގެން ނޫން.

The name is already taken The name is available. Register?

މާލޭދަރިފަސްކޮޅު

26 January 2023

މާލޭ މީހުންނުދުވޭ އެހެން ރަށްރަށާއި އެ ރަށްރަށާއި ގުޅުވާފަ ހުރިބިންތަކާއި އެރަށްރަށުން ގޮތި ދޭއިރު އެކަން ހުްޓުވާ އެކަންބަލާކަށް، މާލެ އަށް އުފަންވެ މާލޭ މީހަކަށް ވުމަކީ ދިރި އުޅެ އަމިއްލަ ދިވެހި އަސާސީ ހައްގުތަކުން މަހްރޫމް ވާންޖެހޭ ސަބަބެއް ނޫން

The name is already taken The name is available. Register?

ގެގްސް

26 January 2023

ނުދުވާނެ ނު. އިހުޒަމާނުއްސުރެ ހުރިހާ މޮޅެއް ހޯދައިގެން އެހެން ރަށް ރަށް އަސާސީ ހައްގުތަށް ވެސް ހުއްޓުވައި މާލެ ރަނަށް ހަދާ އެތަން ތަން އަގެއް ނެތިފަ.. މާލެ މީހަކު ކީއްކުރަށް އެއްވެސް މީހެއް ބޭނުމެއް ނުވާނެ ރަށަކުން ގޯތި. މިއުޅެނީ 100 ގޯތި އިޢުލާން ކުރީމާ އެ 100 ގޯއްޗައް ފޯމު ލާނެބަޔަކުވެސް ހަމަ ނުވެގެން

The name is already taken The name is available. Register?

1123

26 January 2023

މާލޭގެ ބިންހިއްކައިގެން މާލެ މީހުން ގޯތި ހޯދާ. ހުޅުމާލެއިން ދޭންވާނީ އެންމެނަށް. އެހެން ރައްރަށުންވެސް ބިން ފުރުނީމަ ހުޅުމާލެއިން ގޯއްޗެއް ނުދޭ.....

The name is already taken The name is available. Register?

ކުރަނގިލޯ

26 January 2023

މާލޭ މީހުން ދުވާނެ މާލެ ފެންވަރަށް ތަރައްގީވެއްޖެނަމަ. ރާއްޖެތެރެ ތަރައްގީނުކޮށް މާލެއަށް އަންނަން މަޖުބޫރުކޮށްފަ ކޮންހާ ވާހަކައެއް. ލާމުގަމުން ބޮޑެތި ބިން ކަނޑައިގެން ތިބީ ކޮންބައެއް. މާލޭގެ ނިކަމެތިންގެ ވާހަކައެއް ނޫން މިދައްކަނީ

The name is already taken The name is available. Register?

ޓިނު

26 January 2023

އެއްވެސް ޤާނޫނެއްގަ އޮވޭތަ މާލޭ މީހުންނާއި ރާއްްޖެތެރޭ މީހުން ތަފާތު ވާހަކަ ؟

The name is already taken The name is available. Register?

މާލެބޭބެ

26 January 2023

މާލޭގެ ހުރިހާބިމެއް ހުސްވީ ރައީސް އިބްރާހިމް ނާސިރު އަދި ރައީސް މައުމޫނުގެ ވެރިކަމުގަ. އެހެންވީމާ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ހިލޭ ބިންދޫކުރުމުން ދައުލަތަށް 150 ބިލިޔަން ޑޮލަރު ގެއްލުންވާނެ. މިކަމަށް ތިޔަބޭފުޅުން ޖަވާބުދާރީ ވާންޖެހޭނެ.

The name is already taken The name is available. Register?

މާކުންބޭ

26 January 2023

އަހަރެންނަކީ މާލޭގައި އުޅޭތާ 40 އަހަރު ވެފައި ހުރި ޤާނޫނު އަސާސީ ގަ ބުނާގޮތުން މާލޭ މީހެއް، އެއްވެސް ތާކު ބިމެއް ނެތް. އެކަމަކު ހަތަރުކަށި ހަމަކޮށް "މިއީ މާލޭ މީހެއްކަމަށް ބަލައި" ހެދި އުޞޫލުތަކަކީ ދިވެހި ރައްޔިތުނަްގެ މެދުގައި ތަފާތު ކުރުން ނޫންކަމަކަށް ނުވާނެ. މިއީ އަހަރެމެންގެ ވެސް ޤަުމު 15 މިލިއަން ރުފިޔާގެ ބިމެއް އަހަންނަށް ވެސް ހަމަޖެހޭނީ ދޭން، ކިހާ ބޮޑު ކަމެއް

The name is already taken The name is available. Register?

ފދސގ

26 January 2023

މާލެ މީހުން އަށް މާލެއިން ދޭނެ ވަރަކަށް ގޯތިދޭންވީ.. ގުޅީފަޅާ ހުޅހުމާލެއިން ގޯތިދެންޔާ މާލޭމީހެކޭ ކާށިދޫ މީހެކޭ ހަމަ ހަމަ ވާން ވާނެ. ރާއްޖެ ތެރޭމީހާ ކައިރިއަށް ސަލާން ޖަހަން ދާންޖެހޭ ދުވަސް އޮތީކައިރީގަ.

The name is already taken The name is available. Register?

ފަތީން

26 January 2023

ހުރިހާވެސް މައްސަލައަކީ ސަރުކާރުގެ ވެރިންނަށް އައްނަބަޔަކަށް ނަސްލީ ތަފާތުކުރުން ނޭގޭކަމަށް ހަދާތީ. އަބަދުވެސް މާލޭމީހުއްނަށް ރަގަޅުގޮތް ހަދާންޖެހޭ ގޮތަށް ވިސްނުން ހުއްނަނީ. ރާއްޖޭގެ ރައްޔިތުން އެއްހަމައެއްގައި ގެންގުޅެންބޭނުން ނުވޭ މިއައްނަ ސަރުކާރުތަކުން.

The name is already taken The name is available. Register?

ޓޮއް

26 January 2023

އެހެން ރަށް ރަށުގައި ވެސް ގޯތިދޭ. ތިވަރަކުން ނޫޅޭ. މާލޭ މީހަކަށް ރަނގަޅަށް ކަމެއް ވަންޏާ ހާދަ ބާރެއް އަރައޭ. ތިޔަ ރާއްޖެތެރޭގެ މީހުން މާލެ އަރައި މާލޭގެ އަމާންކަން ނަގާލައިފި.

The name is already taken The name is available. Register?

ކޮންބި

26 January 2023

މާލެ މީހުން އެވޭލާ ޒަމާނު ކުރި ކަންތަކުގެ ނަތީޖާ...ސައިޑް އިފެްކްޓް... ހުރިހާ މޮޅެއް ނުލިބޭނެ.

The name is already taken The name is available. Register?

ާއުނިމާ

26 January 2023

މީ ނަސްލީ ތަފާތުކުރުން ބޮޑު ސަރުކާރެއް! ތިޔަ އުސޫލު މިހާރުން މިހާރަށް ބާތިލް ކުރަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454