މެންބަރު އިބްރާހިމް މުއިއްޒު: އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް. -- ފޮޓޯ | މަޖިލިސް
06 ފެބުރުއަރީ 2023 - 21:24
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި އެމަނިކުފާނު ފަޅީގައި ހުންނެވި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ރައީސް އާއި ނަޝީދުގެ ފެކްޝަންގެ ތެރެއިން މުއިއްޒު ފެށުނީއްސުރެ ހުންނެވީ ނަޝީދު ފަޅީގަ އެވެ.
އެހެން ނަމަވެސް އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެ ޕާޓީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. މުއިއްޒު ވެސް ރައީސް ފަޅީގައި މަސައްކަތް ކުރައްވަން ފެއްޓެވިއިރު، ނަޝީދާ އެކު ތިއްބެވި އެހެން ގިނަ މެމްބަރުންތަކެއް ވެސް ވަނީ ރައީސަށް ތާއީދުކުރައްވައި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވައިފަ އެވެ.
އޭގެތެރޭގައި، ނަޝީދާ އަރިސް މެމްބަރުންގެ ގޮތުގައި ކުރިން ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދު ފެކްޝަންގައި ރައްޔިތުންގެ މަޖިލީހުގެ މަދު މެމްބަރުންތަކެއް މިހާރު ތިއްބެވި އިރު ނިމިދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ހޯއްދެވި ކާމިޔާބީ ގަބޫލުކުރައްވަން އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ރައީސަށް ރިޔާސީ ޕްރައިމަރީ ކާމިޔާބުވީ އޮޅުވާލުމުގެ ތެރެއިން ކަމަށާއި އެމަނިކުފާނާ އެކު އެމްޑީޕީއަށް ދެ ވަނަ ދައުރެއް ނުލިބޭނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެ އެވެ.
ނަޝީދު ފެކްޝަންގެ ވިސްނުން ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ "ފިކުރެއްގެ ދިރުން" ގޮފިތަކެއް ހަދައި 50،000 މެންބަރުން އެ ގޮފިތަކަށް ހަމަ ކުރުމެވެ. އަދި ރިޔާސީ ކެނޑިޑޭޓަކީ ކާކުތޯ ފަހުން ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ކާމިޔާބު ކުރެއްވީ ޕްރައިމަރީ އިންތިހާބުން 61 ޕަސެންޓު ކާމިޔާބު ކުރައްވައިގެންނެވެ. އަދި ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
07 February 2023
މީގެ ހަފްތާއިން ކުރިން ސިޔާސަތު ގޯސްވެފަ، މިއަދު ރަގަޅުވެއްޖެ!
އެގާރަ
07 February 2023
ކަމުދާ މީހެއް ނޫން. އެމް.ޑީ.ޕީ އިން ކުރިމަތިލީމަ ދާއިރާއަށް ހޮވުނީ. ހިސާބުގަނޑު މާލެ މީހުނަށްވެސް ނޭންގެ މީ ކާކުކަމެއް. މަށަށް ގޯހީ މީނައެއް ނޫން. ގޯހީ މީނަ ހޮވަން ވޯޓު ދިން މީހުން.
ކައިޒީންް
08 February 2023
ކާކުކަން އެންގި ތާއީދު އޮރލތޯމަ ހޮވިފަ އެހުރީ. ކަލެއަށް އެއީ ކާކުކަމެއް ނޭނގުނަސް އިނގޭ މީހުންނަށް އެނގޭނެ. ގައިމުވެސް މުޅި ރާއްޖެއަށް މައްށޫރު ފުރޯޑު އަލްހާނުއާ ވާދަކޮއްގެން އޭނަ ހޮވިފަ އެހުރީ.
ރަދީފްއޮފިޝަލް
07 February 2023
މިވެސް އުޅޭ މީހެއްތަ؟؟ މަޖްލިހުގަ ގޮނޑި ހޫނުކުރުން ނޫން ކަމެއް ކުރަން ދަނޭތަ؟؟ ހެންވޭރުން މީނަ ހޮވި ބަޔަކަށް ވެސް ސާބަސް. މާފަންނު ދެކުނު ދާއިރާގެ މެމްބަރު ވެސް އެއީ މިފަދަ މެމްބަރެއް. މަޖްލިހުގަ ބަހެއް ބުނި އަޑު އެދާއިރާއިން ވޯޓް ލެވޭ އެއްވެސް ރައްޔިތަކަށް އިވުނު ބާ؟؟؟ ވ.ވެދުން
ހެހެހޭ
07 February 2023
ރައީސަށް ތާއީދުކުރާވާހަކަ ބުނީމަ ގޮނޑި ހޫނުކުރާ މީހަކަށް!!! އަންނިއަށް ތާއީދު ކުރާވާހަކަ ބުނީމަ އިއްޒަތްތެރި މެންބަރ!! ކޮންކަހަލަ ވިސްނުމެއް!!! ކަލްޓް މީހުންގެ ވިސްނުން!!
ބޯދާ ނުފިލި އާދަ
07 February 2023
މެމްބަރުންނާ ހުރެ އަޖައިބުނުވެ ހޭލުންތެރިވާން ވެއްޖެނު؟ މަޖްލިހަކީ ކޮންމެ ދާއިރާއަކުން ވަކިން ހޮވާ މެމްބަރުންތަކެއް. އެދާއިރާއެއްގާ އުޅެބޮޑުވި މީހެއްގެ ޓްރެކް ރެކޯޑާ ސުކޫލު އެ ދާއިރާގެ މީހުނަށް އެނގޭނެ. ޕާޓީއަކަށް ނޫނީ ތިމާގެ ވެގެން ނޫނީ ރައްޓެއްސެއް ވެގެން ނޫނީ ދޮރުން ފޮރަށޭ ބުނެ އެންމެ ދުވެއްގެ ސަމާސާމަޖަލަކުން، ނޫނީ ސީދާ ވޯޓްދޭށޭ ބުނެ އާނބުނީތީވެ ދޭން ނުޖެހޭނެ އަމާނާތެއް ވޯޓަކީ. ވޯޓުދޭށޭ ބުނުން އަޚްލާޤެއް ނެތުން! އާނ ބުންޏަސް އެއީ ލަޣުވެއް.
ތުނޑުހަސަނު
07 February 2023
މިއީ އެންމެން ވެސް ކަންކުރަންޖެހޭގޮތް.
ސަޕޯޓަރ
07 February 2023
ޢަދި އަންނިވެސއް އިބޫ ފެކްޝަނާއި ގުޅޭނެ ?
ާއުނިމާ
07 February 2023
ގުޅުނަސް ފަރުވާލެއްނެތް. މަށަށް ގެއްލޭނެ އެއްޗެއްމެތް
ށަވިޔަނި
07 February 2023
ކޮޅުކޮޅު ބަދަލުކުރުމާއި ޕާރޓީ ބަދަލުކުރުމަކީ ރާއްޖޭގައި ވަރަށް އާންމުކަމެއް. އަމިއްލަ މަސްލަހަތު އޮތީ ރައީސުކޮޅުގައިހެން ހީވީމަ އެކޮޅަށް ބަދަލުވީ.
ލަބޫސް
07 February 2023
ގޮނޑިހޫނުކުރާ ސޮރެއް ތޯއްޗެ
ހާރޫނު
07 February 2023
އަދި މި އެނގުނީ މިނަންކިޔާ މީހަކު މަޖިލީހުގައި އިންނަކަން.
ހިކާ
07 February 2023
ކިތައްމިލިޔަންގެ ޓުރާންސްފާއެއް