އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ފެބުރުއަރީ 2023 - 16:33
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ނޫސްވެރިކަމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްއެމްސީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ މި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި ތަމްރީނު ދިނުމުގެ ގޮތުން އެ ކައުންސިލުން އިސްނަގައިގެން ފެށި ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.
އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ފުރަތަމަ ތަމްރީނު ސެޝަންގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ 25 ދަރިވަރަކު ބައިވެރިވެ އެވެ. މިއަދާއި މާދަމާ މި ތަމްރީނު ޕްރޮގްރާމް އޮންނާނެ އެވެ.
"ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން ވެސް ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން ޓްރެއިން ކުރުމަށް މި ޕްރޮގްރާމް ހިންގަން ރޭވިފައި ވަނީ،" އެމްއެމްސީގެ މެމްބަރު ވިދާޅުވި އެވެ.
އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ނޫސްވެރިކަމަކީ ކޮބައިކަމާއި ފޮޓޯ ޖާނަލިޒަމް އާއި ސްޓޯރީ ޓެލިންނާއި ނޫސްވެރިކަމުގެ އެތިކްސް ދަރިވަރުންނަށް ކިޔައިދޭނެ ކަމަށެވެ. އަދި ވީޑިއޯ އާއި ގްރެފިކްސް ކަހަލަ ނޫސްވެރިކަމާ ގުޅޭ ތަފާތު ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހިންގާ ޓީވީ، ރޭޑިއޯ އަދި އޮންލައިން ނިއުސްރޫމްތަކަށް ދަރިވަރުން ގެންގޮސް، އެ ތަންތަނުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައިލުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
19 February 2023
ރާއްޖޭގައި ހުރިހާ އެންމެނަށް ނޫސްވެރިކަމާއި ސިޔާސީ ޖަގަޑާއާއި ވަކީލުކަމުގެ ސަނަދު ދިނުމުގެ ބަދަލުގައި އިންޖިނޭރުކަމާއި ސައިންސާއި ބޭސްވެރިކަމާއި އަތުންފައިން ކުރާ ހުނަރުވެރި މަސައްކަތް ދަސްކޮށްދޭން އެބަޖެހޭ. ޗައިނާ ކުރިއަރައިގެން ދިޔަ ސަބަބަކީ ކޮމިއުނިސްޓު ޕާޓީގެ މަތީފަޑީގަތިބީ ބޮޑެތި އިންޖިނިއަރުން، ރާއްޖޭގަ އެކަން ނެތުމާއިގުޅިގެން ފޯއްވަޅިއެއް އުފައްދާފަ އެކްސްޕޯޓުކޮށްލާނެ ފެންވަރުވެސް ގައުމުގަ ނެތިގެން މިއުޅެނީ.
1206
19 February 2023
ދިވެހި ބަހުން ލިޔެ ކިޔަން ފުރަތަމަ ދަސްކޮށްދޭންވީ. އެޔަށްފަހު ލިޔުންތެރިކަމުގެ އެހެން ހުނަރުތައް ދަސްކޮށްދީ.
ހުދުކާޅު
18 February 2023
ނޫސްވެރި ކަމަކީ ހުދު ވާފަށަކާ ކަޅުވާފަށެއް ދޭތެރޭ އޮންނަ އެއްޗެެއް. ޒަމަނީ ނޫސްވެރިކަން އެނބުރެނީ ކަޅު ވާފަށާ ހިސާބުގަ
އައްޔަގެ ރާއްޖެ
18 February 2023
ސްކޫލްގަޑިއަށްފަހުވެސް ކުދިން އަބަދު ސްކޫލްގައިދޯ
ކުޑަކުދިންގެ ކޮލެޖް
18 February 2023
ކޮލެޖްތަކުންވެސް ކިޔަވައިދެނީ ކުޑަކުދިންނަށް
މޮޅު ވިޔަފާރި
18 February 2023
އަމިއްލަ ބަޔަކު ކުރާނެ އެއްވެސް ކަމެއްބާކީނެތް.