އިލެކްޝަން ކޮމިޝަނުންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމުގެ މިނިވަންކަން ރާއްޖޭގައި ފުރުސަތު ބޮޑުވާނެ ކަމަށް --- ފޮޓޯ: އީސީ
19 މާޗް 2023 - 15:27
ރާއްޖެއާ އެއްވަރަށް ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ އެހެން ގައުމެއް ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުން ރަޖިސްޓަރީ ކުރުމާ ބެހޭގޮތުން، ބައްދަލުވުމުގައި ބައިވެރިވި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފާހަގަކުރި ކަންތައްތަކާ ބެހޭގޮތުން ހަބީބު ވިދާޅުވީ، އޮބްޒާވް ކުރުމުގެ ފުރުސަތު ދޭނީ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން އަދި ބޭރުގެ ފަރާތްތަކަށް އެކަނި ކަމަށެވެ.
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ އިސްވެރިން: އެ ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ އެންމެ ހާމަކަން ބޮޑުކޮށް އިންތިހާބު ބާއްވާ ގައުމަކީ ރާއްޖެ ކަމަށް --- ފޮޓޯ: އީސީ
"އިންތިހާބެއް އޮބްޒާވް ކުރުމަށްޓަކައި މި އަށް ވުރެ ބޮޑަށް ފުރުސަތު އޮތް ގައުމެއް ނޯންނާނެ އިނގޭތޯ،" މެންހަޓަން ބިޒްނަސް ސްކޫލްގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހަބީބު ވިދާޅުވި އެވެ.
"ވަރަށް ގިނަ ގައުމުތަކުގައި އޮންނަ އިންތިހާބު އަޅުގަނޑުމެން ވެސް ބަލައި އޮބްޒާވް ކުރަމުން މިދަނީ. އެހެންވީމާ މި އަށް ވުރެ ހާމަކަން ބޮޑުކޮށް އިލެކްޝަން ބާއްވާ ގައުމެއް ވެސް ނޯންނާނެ. [އިންތިހާބު އޮބްޒާވް ކުރަން] މި އަށް ވުރެ ބޮޑަށް ފުރުސަތު ވެސް އޮތް ގައުމެއް ނޯންނާނެ."
އިންތިހާބު މޮނިޓަ ކުރުމުގެ ފުރުސަތު ދޭނީ ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކުގެ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނާއި ކެމެރާމަނުންނަށް އެކަނި ކަމަށް އިންތިހާބާ ބެހޭ ގާނޫނަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.
ހަބީބު ވިދާޅުވިގޮތުގައި، މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ދޭނީ ނޫސްވެރިން އެކްރެޑިޓް ކުރުމަށް ފަހު އެވެ. އެގޮތަށް ހަދަން ނިންމި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ތަމްސީލު ކުރަން ފޮނުވަނީ ސިޔާސީ މީހުންނަށް ވެ، ވޯޓްލާ މަރުކަޒުގައި ގަވާއިދާ ހިލާފަށް އަމަލު ކޮށްފައި ވުމެވެ.
ރިޔާސީ އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި، މީޑިއާތަކުގެ ދެ މުއައްސަސާ ތަމްސީލު ކުރެއްވި ދެ ބޭފުޅުން: މޮނިޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ނޫސްވެރިން އެކްރެޑިޓް ކުރާ ވާހަކައާ ގުޅިގެން އެ ދެބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: އީސީ
"އަޅުގަނޑުމެންގެ ވޯޓްލާ މަރުކަޒުގެ ވެރިޔާއާ މާރާމާރީ ހިންގުމާއި ގަވާއިދާ ހިލާފު ބައެއް ކަންކަން ވޯޓްލާ މަރުކަޒުގެ ތެރޭގައި [ހިންގާފައި އެބަހުރި]. މިސާލަކަށް [ވޯޓްލާ މަރުކަޒުގައި] ކެމްޕޭން ކުރުން ކަހަލަ ކަންކަން އެބަހުރި ހިނގާފައި،" ބައެއް މީޑިއާތަކުން ފޮނުވާ މޮނިޓަރުން ކުރާ ކަންކަން ކަމަށް ފާހަގަ ކުރައްވަމުން ހަބީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން އެހެން ދިމާވެފައި ވަނީ މޮނިޓަރުންގެ ދައުރު ކޮމިޝަނަށް ކިޔައި ދީފައި ނެތުމުން ކަމަށް ގަބޫލު ކުރެވޭތީ، މޮނިޓަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރާ މީޑިއާތަކުގެ މީހުން ތަމްރީނު ޕްރޮގްރާމެއް ހިންގަން ގަސްދު ކޮށްފައިވާ ކަމަށެވެ.
ހަބީބުގެ ވާހަކަތަކާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އަލީ ޔޫސުފް ވިދާޅުވީ ނޫސްވެރިން އެކްރެޑިޓް ކުރާނެ މުއައްސަސާއަކީ ކޮބައިކަން ރާއްޖޭގައި ސާފު ނުވާ ކަމަށެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮސްގެ ބޮސް
20 March 2023
ޢަދި އެއަށްވުރެ ހާމަކަން ބޮޑުކޮށް ވޯޓު އަންދާ ބައެއްވެސް ނެތް!
ވޯލް
20 March 2023
ކޮންމެ ކަމެއްގައިވެސް ހުއްދަ އޮންނަ މީހުން ބައިވެރިވަން ވާނީ. ތީގައި ނެތް އަސްލު އެއްވެސް މައްސލައެއް. އިންތިހާބް މޮނީޓަރ ކުރަންދާ މީހާގެ ކޮންމެވެސް ވަރެއްގެ ކޮލިޓީއެއް ހުންނަންވާނެ.
ރަދީފްއޮފިޝަލް
20 March 2023
އެހެންތަ؟؟ އިލެކްޝަންސް ކޮމިޝަންގެ ލޯގޭ ވެސް ތިޔާ ވާހަކަ ބުނެދޭ.ވޯޓް ފޮށީގަ ބަނޑު އަޅައިގެން ހުންނަ މަންޒަރު އެލޯގޯއިން ސިފަވޭ. ވ.ވެދުން # ހާމަކަން
ނަޝާތުބެ
20 March 2023
މިހާރު އެކަހަލަ ލޯގޯއެއް ނުހުންނާނެ. އެއީ ޒަޢީމުބެގެ ދުވަސްވަރުގެ ލޯގޯއެއް
ބަބޫ
20 March 2023
ތެދުފުޅެއް. ވޯޓްލާން ދިޔައިމަ ދެނީ ސީރިއަލް ނަންބަރު ޖަހާފަ އިންނަ ވޯޓް ކަރުދާހެއް. އޭގެ ސީރިޔަލް ނަންބަރު އެމީހެއްގެ ނަމާދިމާލުގަ ނޯޓްކުރޭ. ވޯޓް ގުނާ ނިމުނުން އެވޯޓް ކަރުދާހުގެ ސީރިޔަލް ނަންބަރުން ހުރިހާ މީހުންގެވެސް ވޯޓް ލީ ކާކަށްތޯ ބަލާލެވޭ. މިވަރަކަށް ހާމަކަން ބޮޑުވާނީ. މީ މިކަން ހިގަމުންދާ ގޮތް. ހަގީގަތަކީ މީ. މިކަން ބަލާނެ ބަޔަކު ނެތް. އަޅެ ދޮގެއްތޯބަލަން މިފަހަރު ވޯޓްލާއިރު މިކަމަށް ވިސްނައިގެން ބަލާލަބަލަ.
ފަރީދާއްތަ
20 March 2023
ތިވާހަކަ ގަބޫލު ކުރާނެ މީހެއް ނުހުންނާނެ.
ފޮނިފޮނިޓައްޕު ކުމާރު
19 March 2023
އެކަމަކު މީސްމީހުން ކިޔާ ފާހަގަފުންމާ ކަރުދާސް ބޭނުންކުރެއޭ.
ވަގުކަލޭގެ
20 March 2023
ވަގުންނަށް ހީވާނެ އެހެން
އޮޑިހަނު
19 March 2023
ހާމަކަން ބޮޑުކަމުން ހަމަ އިންތިޚާބު ނިމުނީ، ވޯޓު ކަރުދާސްތައް އަންދާލީ!! ހެކި ފޮރުވިއެކޭވާ ނުބުނަން. އެކަމަކު، އެކަންކުރި މީހާވީ ދައުލަތަށް ބަލަދު އެރިމީހަކަށް. ދައުރު ނިމުމުގެ ކުރިން ކޮންމެވެސް ގޮތަކަށް މަހަކު ލައްކައެއްހާ ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ދޭން ޖެހިއްޖެ. އަދި އެއީ ފެންނަން އޮތްބައި. އެތަނަށް ހަދާލި އަދި ހަދަމުންދާ ގޮތް ސާފު. މިހިރަ މިހިރަ ކަންކަމަކީ ވިސްނާ ބަޔަކަށް އެނގޭނެ ކަންކަން.
ޝަރީފުބެ
20 March 2023
ޢޭނަ ލައްވާ ވައްކަން ކުރުވަން އުޅުނު މީހުންނަށް ބޮޑަށް އެނގޭނީ އޭނަ ހަދާނެގޮތް. ހުރިހާ ގަނޑެއްވެސް ގަންނަން އުޅުނީ އެބައިމީހުން އެކުވެގެން
އޮނަރަބްލް އަފީފު ދީދީ
19 March 2023
އެންމެފަހުން އިލެކްޝަން ކޮމިޝަންވެސް ސޯލިޙް އާއި އެކުގައި ކޯލިޝަން ހެއްދެވީތޯ؟ ތިކަހަލަ ވާހަކަ ދެއްކުމަކީ މިހާރު ވެރިކަމުގައި ހުންނެވި ބޭޅާއާއި އެބޭޅާގެ ވަޒީރުންނަށް ޙާއްސަވެގެންވާ ކަމެއްކަމަށް މީގެ ކުރިން ދިވެހިން ހީކުރީ. # އެކަމަކު ހަބީބު އެކަން މުޅިން ބަދަލުކޮށްފި. މިހާރު ފުވާދުބޭގެ މައްޗަށް ހަބީބު ބަސްބުނަނީތޯ؟
ކިއު ކަން ބާ
19 March 2023
ހަބީބަކީ ލައްކަ ގައުމުތަކުގެ އިނތިހާބުގައި އުޅެ ތަޖުރިބާ އުނގުޅިފައި ހުރި މީހެއްތަ؟
ނަރީޝް
19 March 2023
އެއީ ހަމަ ތެދެއް. ރާއްޖޭގެ ވޯޓުލާ މަރުކަޒުގައި މަކަރެއް ނުހެދޭނެ. މަކަރު ހަދަނީ ވޯޓުގެ ކުރިން ރިޝްވަތު ނަގާ މީހުން