މަޖިލިހުގެ ޖަލްސާއެއްގައި ސައުދުﷲ ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރައީސް ޔާމީނާ އަލުން ގުޅިވަޑައިގެންފައި.---ފައިލް ފޮޓޯ: މަޖިލިސް
22 ޖެނުއަރީ 2017 - 12:46
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރެއްވި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންފި އެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެ ބައިވެ، އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ފެކްޝަނަކާއި މައުމޫންގެ ފެކްޝަނެއް އުފެދުނުއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީޕީއެމް މެމްބަރުން ވެސް ދެ ބަޔަކަށް ބެހުނެވެ. އޭގެ ތެރެއިން ސައުދުﷲ މައުމޫންގެ ފަޅި އަށް އަރާވަޑައިގެންނެވިއިރު، ގިނަ މެމްބަރުން އަދިވެސް ތިއްބެވީ ރައީސް ޔާމީނާ އެކުގަ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ސައުދުﷲ މިއަދު ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް ނުކުންނަވައި، މީގެ ކުރިން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
"އެއްވެސް އިރެއްގައި ރައީސް ޔާމީނާ ދެކޮޅެއް ނުވަން. ރައީސަށާއި ސަރުކާރަށް އަމާޒުކޮށް އެއްވެސް ވާހަކައެއް މީޑިއާގައި ވެސް ދައްކަވާފައި ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނާ ގުޅިވަޑައިގެން ދާއިރާގެ ތަރައްގީ އަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދާއިރާގެ މީހުން ވެސް ބޭނުންވަނީ ރައީސްއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
"އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހިނގާ ރަށަކަށް ތިނަދޫ ވާނެ. އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ރަށުގައި ސަރުކާރުން ހިންގާއިރު، އަޅުގަނޑުގެ އެއްބާރުލުން ލިބެން ޖެހޭނެ ކަމަށް ރަށުގައި ދިރިއުޅޭ ގިނަ މީހުން ގަބޫލު ކުރަނީ،" ސައުދުﷲ ވިދާޅުވި އެވެ.
މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް މިދިޔަ އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާއިރު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޑަ ވަގުތުކޮޅަކަށެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި އޭނާ ހުންނެވި ފަޅިއެއް އޮޅުން ފިލުވަން ރަށުގެ ގިނަ ބަޔަކު ބޭނުންވެ އެވެ. އަދި ގިނަ ބަޔަކު ބޭނުންވަނީ ރައީސް ޔާމީނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު މި ހުރީ ރައީސް ޔާމީނާ އެކުގައި،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ރައީސް ޔާމީންގެ ފެކްޝަނާ އަލުން ގުޅިވަޑައިގެންނެވިއިރު، އޭނާގެ ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓައިލަން ސަރުކާރުން ވަނީ އަންގައިފަ އެވެ. ސަރުކާރުން ހުއްޓާލަން އެންގި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާއިރު، އެ ޕްރޮޖެކްޓްތައް އަދިވެސް އޮތީ ހުއްޓިފަ އެވެ.
ސަރުކާރުން ހުއްޓާލަން އެންގި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޅ.ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުމާއި ޅ. ނައިފަރާއި ފ. ނިލަންދޫ އާއި ލ. މާވަށާއި ދ. ކުޑަހުވަދޫގައި ސްކޫލް އިމާރާތެއް އެޅުމާއި ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އެޅުން ހިމެނެ އެވެ.
މައުމޫންގެ ފެކްޝަންގައި ހުންނެވުމަށް ފަހު، އޭދަފުށީ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރުއްވައިފަ އެވެ.
ރައީސް ޔާމީނާ ސައުދުﷲ އަލުން ގުޅިވަޑައިގަތުމުން މައުމޫންގެ ފެކްޝަންގައި މިހާރު ތިއްބަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒު
24 January 2017
ފާއިޒު މެންނަށް ފެންނަ ގޮތުގަ ސައުގެ ކެންޕޭން ތެރޭގަ ވައުވި ބިންހިއްކުމާއި އިސްލާމީ ސެންޓަރު އަދި މަގާއި ނަރުދަމާ މަސައްކަތް ދެއަހަރު ދުވަހުގެ ތެރޭ ނުފެށު ކަމަށް ވާނަމަ އިސްތިގުފާ ދޭނެކަށް. މިގޮތުން ބިންހިއްކުމާއު އިސްލާމީ މަރުކަޒުގެ މަސައްކަތް ލަސްވުމާއި ގުޅިގެން ކަންހިގައި ދިޔަގޮތް ނިހާނު ވަނީ ތިނަދޫ ތައްޔިތުންނަށް ސާފް ކޮށްދީފަ. ސައުދަކީ ކެންޕެއިންގެ ވައުދުތަށް އެބުނިގޮތަށް ނުވިނަމަ އިސްތިގުފާ ދޭން ބުނި ހަމައެކަނި މެންބަރު. ފާއިޒު އަކީ ތިނަދޫ މީހެއް.
ދިހަރޭ ޖޯން
23 January 2017
މުސްކުޅިން ބުނެއުޅޭތަ، ގެއްލިއްޖެ އަބުރެއް އަބުރުގެ ގާނޫނުން ހޯދަން އުޅުނަސް އަބުރާ ނުލިބޭނޭ؟
ބުރިޓޯ
23 January 2017
ފިތާލައިގެންވެސް ތިކަހަލަ މީހުން އަތްދަށުގަ ބައިތިއްބޭތޯ ބަލާތި
އަލްޖިބްރާ
22 January 2017
ގޮތްހުސްވީމަ ވާނީ އެކަހަލަ ގޮތެއް !
ފާއިޒު ޖޭ ޕީ
22 January 2017
ސައުދުއަކީ އެއްވެސް އިތުބާރެއް އޮތްމީހެއް ނޫން ލަދުގަތީ ދާއިރާއޭ ކިޔާފަ އަނގަހުޅުވާތީވެ ކުރިންވެސް ސައުދުއަށް މެޑަމް އޮފީހުގެ އެކްސަސް ނެތް ފަހަކުން ވެސް ނޮއޮންނާން ދާއިރާގެ ތަރައްގީ ކުރުވީ ޖިހާދު އާއި ނިހާނުއާ ދެބޭފުޅުން ކަން މުޅި ތިނަދޫ ހެކިވާނެ
މަގޭގައުމު
22 January 2017
ތިނަދޫ އުތުރުދާއިރާގެ މެންބަރ ސައުދުﷲ ހިލްމީ އެކަންތަށްކުރައްވަނީ މިވަގުތު ކަންކުރެވެން އޮތް އެންމެރަގަޅަށް. މައްސަލަޔަކަށްވަނީ އެއްވެސް މެންބަރަކީ އެމީހެއްގެ އަމިއްލަ ފައިމަތީގަ ސާބިތުވެހުރެވޭވަރުގެ ގާބިލް މީހަކަށްނުވުން. މެންބަރުކަމުން ލިބޭ ފައިސާގެއިތުރުން، ފައިސާ ހޯދަންކުރާ މަސައްކަތަކީ ސަރުކާރާގުޅުފަ ހުންނަ ކަންކަމަށްވަންޏާ، މިކަހަލަ ސިސްޓަމެއްގަ ސަރުކާރުން ފިއްތާލީމަ ޖެހޭނީ އިނދަ. އެހެންވީމަ ތިހެއްދެވީ ރަގަޅަށް. މަޖިލީހަށް ކުރިމަތިލާ ފަރާތްތަކަކީ އަބުރުވެރި، ތައުލީމީ ގާބިލް ( ގޮނޑި ގެއްލޭ ދުވަހަކުންވެސް އަމިއްލަ މަސައްކަތުން ތާހިރުދިރިއުޅުމެއް އުޅެވޭފަދަ) މީހުން މަޖިލީހުގެ ގޮނޑިޔަށް ހޮވިގެންނޫނީ މިސިލްސިލާ އަކަށް ހުއްޓުމެއް ނާންނާނެ.
ވައުދު
22 January 2017
ޕާރޓީ ބަދަލްކޮށްކޮށްފަ އުޅޭ ފަރާތްތަކުގެ އިތުބާރު ނުކުރެވޭނެ
ހަސަނު
22 January 2017
ތިޔަވާނީ ބިރުން ކުރިކަމަކަށް
ދަގަނޑު ދަހަނާ
22 January 2017
ނޫނޭ ބިރުން ކުރިކަމެއްނޫން. އެއީ ދާއިރާގެ މެމްބަރުން ޔާމީނަށް ކުރާ ތާއީދެއްގެ ބޮޑުކަމުން ރައްޔިތުން އެދޭތީ ކުރިކަމެއް. ތާއީދު ވަރަށްވެސް ބޮޑު. ވޯޓްލާ ދުވަހު ދެން އެނގޭނީ. ތާއީދެއް ނެތްކަން ރައީސަށް އެނގޭތީ ދަގަޑުން މިއުޒިއަމެއް އެ ހަދާލަނީ. އެއިރުން 2019 ގައި ދަބަރަށްވެގެން ނަގާ އުލާލީމާ ނުވަތަ ބާދަނގަޑަށް ވިއްކާލީމާ ނިމުނީ. ސައުދުﷲ އަތުން ނެގިތަންތަން ވަރަށް އަވަހަށް ބާދަގަނޑު އަޅާލަން ހަވާލުކޮށްފާނެ. އެއިރުން ލޯކަލް އިންތިޚާބު ކާމިޔާބު ވެދާނެ.
ފާތުމަހޮއްކޮ
22 January 2017
ސަަައުދު ގެ ނިންމުން ވަރަށް ރަގަޅެވެ. ތިޔަނިންމުމުގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ ރަގަޅު ވާނެއެވެ. ސިޔާސީ މައިދާނުގައި މިއަދު އުޅެވޭނީ ތިޔަގޮތަށެވެ. ޤައުމާއި ރައްޔިތުންނަށް ވިސްނާނީ "މަށަށް" ފަހުގައެވެ. "މަގޭ" ފަޅީގައި ހުރުން މުހިއްމެވެ. ލާޒިމެވެ. މަޖުބޫރެވެ. ޤާނޫނުތަކާއި ޝަރީޢަތްތައް ވެސް ފެށޭނީ "މަގޭ" ފަޅިންނެވެ. ނިމޭނީ ވެސް ހަމަ މި ފަދައިންނެވެ. މި ހަޤީޤަތާއި އެކު، ދާއިރާގެ ކުރިއެރުމަށާއި، ނަފްސުގެ ދިރިހުރުމާއި ކުރިއެރުމަށްޓަކައި މިއަދު އޮތް ގޮތަކީ ތިޔައީއެވެ. "ގޮތް ކުޑަ އޭ" ބައެއް މީހުން ބުނާނެތެވެ. "ދެ ކޮޅަށް ދެމެނީ އޭ" ވެސް ބުނާ މީހުން އުޅޭނެތެވެ. "ހަރުދަނާ ކަމެއް ނެތީ އޭ" ވެސް ގޮވާފާނެއެވެ.އެ އަޑުތައް ވެސް އަހާށެވެ. ހައްތަހާވެސް ދިވެހިންނެވެ. ކުލަޖެހުނީ މާ ފަހުންނެވެ. "މަމެން / ތަމެން" ދަަރަޖަ އަށް ވެއްޓުނީ އިހަކަށް ދުވަހުއެވެ. މިހާރު ގޮތްނެތިއްޔާ ފަހުންވެސް ގޮތް ނުހުންނާނެއެވެ. މިކަން މިހާރު "މަށަށް" ވެސް އެނގޭނެއެވެ. ވެއްޓުނު އަގެއް ނުއަރާނެއެވެ. އަރާނީ ހަމައެކަނި އެ ނަފްސެވެ.
ފުނޯސް
22 January 2017
ވަކިކުރި މަޝްރޫއުތައް އަބުރާ ލިބޭނެބާ؟؟
ގގފ
22 January 2017
މިއީ މައުމޫނާ ޔާމީން ގުޅިގެންއަނބުރާގޭސް ގަނޑެއް. ބޭނުމަކީ އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުން. މިކަން މިހާރު އެންމެނަށް އެނގޭ. އެއްފަހަރު މައުމޫނު ކޯޅަށް އަނެއްފަހަރު ޔާމީނު ކޮޅަށް ނުދުވިޔަސް އެނގޭ ތީ އެއްބައެއްކަން.
ސަންޕަކަލޯ
23 January 2017
މަގެއަށްވެސް ވަރަށް ޔަޤީނާ ގާތަށް ހީވަނީ ހަމަ ތިޔާހެން.........