އިއްޒުއްދީން ސްކޫލުގައި ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މީހަކު ވޯޓުލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 އެޕްރީލް 2023 - 13:01
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު މިއަދު މެންދުރާ ހަމައަށް 1097 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދޫ އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުންދީން ސްކޫލުގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާ އިން ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވާ ކަމަށާއި މިހާތަނަށް އޭގެ ތެރެއިން ވޯޓުލާފައި ވަނީ 1097 މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ.
މެންދުރު ބާރަ ޖެހުމާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67.95 ޕަސެންޓް މީހުން އަދި ވޯޓު ނުލަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
އެ ދާއިރާއަށް ތިން ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިލް
15 April 2023
3،422 މީހަކަށް މަޖުލިސް މެންބަރެއް، އެވެސް ދައުލަތުގެ އަދި ޕވޓ ސެކްޓާއަށް ވެސް ނުކަތާ ވަރުގެ ބޮޑު މުސާރައާ އިނާޔަތް ތަކަކާއެކު. މިއީވާ މުއްސަނދި ގައުމެއް. އަނގަޔާ އަތާ ދިމާ ނުވިއަސް ޕާޓީ ގޮވާއިރަށް އަތް ޖަހަމުން ނަށަމުން ދުވާތި.
ނަށީދު
15 April 2023
އެމްޓީސީސީން ގުރައިދޫ ދާއިރާއަށް ގެންދިޔަ ސާމާނު އަނބުރާ ހުރި ތަންތަނަށް ގެންދޭ. މީތި ހުސެން ރިޒާ ނަގާނެ އިރާދަ ކުރެއްވިއްޔާ. ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރަށް ލިބޭ ބައްޔެއްމީ.
ޝޮކު
15 April 2023
ކުލަ ނުވާ ހިވަފެނެއް.. ޝޮކުުޖެހޭ ފަހަރު މިއީ
އާވިބޮން
15 April 2023
ހިނި އަންނަނީ...
ގުޅުވާލާނަމޭ
15 April 2023
ގުރަައިދޫ އާއި މާފުއްޓާއި އަދި ގުޅި ހިމެނޭނެހެން މާލޭގެ ދެކުނުން އޮތް ފުށިދިއްގަރު ފަޅު ހިއްކާ ގުރައިދޫ ފަޅު ވެސް ހިއްކާ ކަނޑޫމާ ފަޅު ވެސް ހިއްކާލާ ކަނޑޫމާ ރިސޯރޓަކީ އެއީ ބޮޑު ހޮޓަލަކަށް ބަދަލު ކޮށްހަދާ އަދި މާފުށި ފަޅު ވެސް އެއްކޮށް ހިއްކާލާ ކޮކޯ އައިލެންޑާއި މާފުއްޓާއި ވެސް ގުޅުވާލާ ކޮކޯ އައިލެންޑް ވެސް ފަޅު ހިއްކާލާ އެރިސޯރޓް ވެސް އެއީ ބޮޑު ސިޓީ ހޮޓަލަކަށް ހަދާ މިކަން ކަން ކުރެވޭނެއޭ ގާސިމް އަންނި ޔާމީން ވެރިކަމުގައި މާލެއާއި ބްރިޖުން ގުޅުވާލާ
ޑރ. ރާމީ ޙަސަން
15 April 2023
މޮޅު ޙިޔާލެއް. އިބޫ ވަނީ މުޅި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ޖައްސާލާފަ. އިބޫ ގެ ވެރިކަން ދެމެހެއްޓުން ނޫން ކަމެއް އޭނާ ނުކުރޭ. ބޭ-އިންސާފު ވެރިއެއް!
ވާސަރިވާ
15 April 2023
ކުރީ ޒަމާނުގެ ކެސެޓެއް ހެޑަށް އޮޅިފަ
ޒިންދާބާދު
15 April 2023
ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު ޕީޕީއެމް ޒިންދާބާދު
ރަދީފު ބިން ރަފައިދާ
15 April 2023
ރޯދައަކީ ވޯޓުލުމުގެ މައްސަރެއްނޫން. އެއީ އަޅުކަމުގެ މަސް.
ވަހީދު ޝެއިޚް
15 April 2023
ވޯޓު ލުމަކީ ގެސް އަޅުކަމެއް. މިހެން ބުނީމަ ނޭނގޭ މީހުން އެނގޭ މީހުންގެ ގާތު އަހާނީ. އޯކޭ.
ބާލާ
15 April 2023
ކާކުތަ ކުރީގަ އުޅެނީ؟
ގެދާނޯމޮސް
15 April 2023
ބޮޑުތަނުން ޕީޕީއެމް ގެންދާނެ އިންޝާ ﷲ :
އެދާއިރާ
15 April 2023
މިއީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ދާއިރާއެއް. އެހެންވީމަ އެމީހުން ބޮޑުތަނުން ކާމިޔާބުކުރާނެ.