ނެޕީއެއް ޖަހައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެހި ފިރިހެނަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯހުން، ޔޫސުފް ފުއާދު ނަމަކަށް ކިޔާ ދިވެއްސަކު ހައްޔަރުކުރީ ކޮޗިން އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި، މަސްތުވާތަކެތި އެތެރެކުރަން އޭނާ ހުރީ ނެޕީއެއް ޖަހައިގެންނެވެ.

ފުލުހުން އޭނާ ލައްވައި ނެޕީ ނައްޓުވާ މަންޒަރު އިންޑިއާގެ ނޫސްތަކުން ވަނީ އާއްމުކޮށްފަ އެވެ.

ދިވެހި މީހާގެ އަތުން އަތުލައިގަތް ޑްރަގު.
ދިވެހި މީހާގެ އަތުން އަތުލައިގަތް ޑްރަގު.

އޭނާ ހައްޔަރުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ 33 ކެޕްސޫލު ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ލިއެފައިވެ އެވެ.

އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 325.5 ގްރާމު ހުރި ކަމަށްވެ އެވެ. މި މަސްތުވާތަކެތީގެ އަގު 747,901ރ. އަށް އަރާނެ ކަމަށް ވެ އެވެ.

އިންޑިއާގައި ޑްރަގާ އެކު އަތުލައިގަތް ފުއާދު.
އިންޑިއާގައި ޑްރަގާ އެކު އަތުލައިގަތް ފުއާދު.

އެ މައްސަލައިގެ އިތުރު ތަހުގީގަށް އޭނާ ހުރީ އެންސީބީއާ ހަވާލުކޮށްފަ އެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.