މިނިސްޓަރު އައިޝަތު އަލީ މަޖިލީހުގައި ވާހަކަ ދައްކަވަނީ: މިނިސްޓަރު ވިދާޅުވީ އޯ ލެވެލްގައި ދަރިވަރުން ހޯދި ނަތީޖާ ދަށް ނުވާ ކަމަށް.-- ފޮޓޯ: މަޖިލިސް
30 މެއި 2023 - 13:46
އޯލެވެލް އިމްތިހާނުގެ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އުސޫލު ބަދަލުކުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު މެއި/ޖޫން މަހު ބޭއްވި ކެމްބްރިޖް އަދި އެސްއެސްސީ އިމްތިހާނުގައި 5،939 ކުދިން ބައިވެރިވި އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭގެ ތެރެއިން ފަސް މާއްދާ އިން ފާސްވީ 49 ޕަސެންޓް ކުދިންނެވެ. ބާކީ ކުދިން ފަސް މާއްދާ އިން ފާހެއް ނުވެ އެވެ.
"މިހާރު" އިން އިއްޔެ އެކަން ރިޕޯޓު ކުރުމުން އާންމުންގެ ގިނަ ފާޑުކިިޔުންތައް އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2019 ގެ ކުރިން ތަފާސްހިސާބުތައް ތައްޔާރު ކުރަމުން ދިޔައީ ފަސް މާއްދާ އިން ފާސްވާ ކުދިންގެ އަދަދު ކަނޑައަޅާއިރު, ދަސްވާރު ޕްރޮގަރާމަކީ ތިން މާއްދާގެ ފާސް ކަމަށާއި ބީޓެކަކީ ހަތަރު މާއްދާގެ ފާސް ކަމަށް ބަލައިގެން ކަމަށެވެ.
"އެހެންވެ އަސްލު ރެޕްރެޒެންޓޭޝަނެއް ނޫން. ފަސް މާއްދާ އިން ކަލްކިއުލޭޓް ކުރަން އޮފްރޯލް ކުރަނީ އެއީ ފާސް ނުވާހެން ހީވާ ކުދިން ބާކީ ކޮށްފައި ފާސް ވާނެ ކުދިން ކަލްކިއުލޭޓް ކޮށްފައި އެ މީހުން ސްޓެޓިސްޓިކް ކަލްކިއުލޭޓް ކޮށްފައި އޮންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި މިނިސްޓަރު ބައިވެރިވަނީ: މިނިސްޓަރު ވިދާޅުވީ ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު އިތުރު ކަމަށް.-- ފޮޓޯ: މަޖިލިސް
ނަމަވެސް ކުރިން ގެންގުޅެމުން އައި އުސޫލު އުވާލައި 2019 އަހަރު ފަހުކޮޅުން ފެށިގެން ހުރިހާ ކުދިން ވެސް ފަސް މާއްދާ ހަދަން މަޖުބޫރު ކުރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ތަންކޮޅެއް ބޮޑުކޮށް ޕަސެންޓޭޖްތައް ފެންނަމުން ދިޔައީ. ނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ބަދަލުތަކެއް ގެނައިން. ހުރިހާ ކުދިން ފަސް މާއްދާ ހަދަން ޖެހޭނޭ، މަޖުބޫރު ކުރީ. އެއީ ހާއްސަކޮށް ތައުލީމީ ދާއިރާ އަށް ބަލާއިރު ފެންނަނީ ލިޓްރަސީ ނިއުމަރެސީ ވަރަށް ބޮޑަށް ދަށްވެެގެން ދާތަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވެ ދިވެހި އިސްލާމް ހިސާބު އިނގިރޭސި އަދި ސްޓްރީމް ތެރެއިން ހަދާ ކޮންމެވެސް އެއް މާއްދާއެއް މަޖުބޫރު ކުރާ ގޮތަށް. ޑްރޮޕް ކުރުމުގެ ފުރުސަތު ދެނީ ވަރަށް ސިވިއާ ކޭސް ހުންނަ އަދި އަޅުގަނޑު ވެސް ބެލުމަށް ފަހު. ހުރިހާ ކުދިން ފަސް މާއްދާ ހަދާނެ."
- 2019: 68.3 ޕަސެންޓް ކުދިން.
- 2020: 66.4 ޕަސެންޓް.
- 2021: 50.3 ޕަސެންޓް.
- 2022: 49.7 ޕަސެންޓް.
ނަތީޖާ ރަނގަޅުކުރަން ޖެހޭ ސްކޫލުތައް ފާހަގަކޮށް، އެ ސްކޫލުތަކާ އެކު ތިން އަހަރު މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އޭގެ ނަތީޖާ އެބަފެނޭ. އެގޮތުން އިނގިރޭސިން ފާސްވާ އަދަދު ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ވަނީ. ހިސާބު ވެސް އެހެން އަހަރުތަކާ ބަލާފައި ރަނގަޅު. ދިވެހި ވެސް މައްޗަށް ދަނީ. މަޖުބޫރު މާއްދާތަކުން ފާސްވާ ކުދިންގެ އަދަދު ވެސް މައްޗަށް ދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤަސާމް
01 June 2023
މި ނޫހުގައި އެޑިއުކޭޝަން މި ލިޔަނީ ކީއްވެބާ؟ ޒަމާނުއްސުރެ ލިޔަމުން އައީ އެޑިޔުކޭޝަން. ޤާނޫނަކުން އުފައްދާފައި ވަނީވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަން. ނަން ބޯޑުގައިވެސް އޮންނަނީ އެޑިޔުކޭޝަން. އެޑިއުކޭޝަނެއް ނޫން.
ހިސާބުޖަހަން
31 May 2023
އެޑިއުކޭޝަން މިސްޓަރަކަށް މިހުންނަނީ ހިސާބުޖަހަންނޭގޭމީހެއް. އެހެންވީމަ މިހެންވީ
އަދުރޭ2
31 May 2023
ޢަދިވެސް މަށަށް ޖޯކު ޖަހާ
ޖޯކުދައިތަ
31 May 2023
ކޮންކަހަލަ ޖޯކެއްމީ
މައުލޫމާތު
31 May 2023
ކަލްކިއުލޭޝަން އުސޫލު ބަދަލުކުރީ 2019 ގައެވެ. 2019 ޕަސަންޓޭޖަކީ 68.3 ޕަސަންޓެވެ. 2020 ގެ ޕަސަންޓަކީ 66.4 ޕަސަންޓްއެވެ. 2021 ގެ ޕަސަންޓަކީ 50.3 ޕަސަންޓެވެ. 2022 ގެ ޕަސަންޓަކީ 49.7 ޕަސަންޓެވެ. މީގެން މި ފެންނަނީ ނާގާބިލުކަން ނޫން ދެވަނަ ކޮންކަމެއްތޯއެވެ.
އިލްމު
31 May 2023
ބަލަގަ ބޭފުޅާ ތޯ ތީ އެޑުކޭޝަން މިނިސްޓަރު. އެ ކަމަނާ އެ ވިދާޅުވީ ޖަހާ ހިސާބު އޭ މައްސަލައަކީ ކުދިންގެ ގެ ނެތޭ އެއްވެސް މައްސަލައެއް.
އަންދަލޫސިޔާ
31 May 2023
މިނިސްޓަރު އެ ވިދާޅުވީ ތެދުފުޅެއް. 2019 ގައި ފާސްވާ ނިސްބަތް ކަނޑައަޅާއިރު އެންމެ ދަށްވުމުން 3 މާއްދާ ހަދަންދޭ ކުދިން މުހިމަނާ. މިހާރު 5 މާއްދާ މަޖުބޫރުވީމާ ހުރިހާ ކުދިން ހިމެނުމުން ޑިނޯމިނޭޓަރު ބޮޑުވާނެ ނިއުމަރޭޓަރު ބަދަލެއް ނުވާނެ. މިސާލް: މަދުވެގެން 3 މާއްދާ ފާސް 20، މަދުވެގެން 5 މާއްދާ ފާސް 60 ޖުމުލަ، 3 މާއްދައަށްވުރެ މަދުން ފާސްވި 30. ކުރީގެ ގޮތަށް 60/90 = %67. މިހާރުގެ ގޮތަށް 60/110 = %55.
ބަލބަލާ
30 May 2023
މަޖިލިހަކަށް ވާނުވާއެއް އެނގެނީއެއްނޫން. މިފަހަރުވެސް ފަޅާމިއެރުވީ މިހާރުގެ ނޫހުން. މަޖިލިހުންކުރަންވާކަމަކީ ކޮންމެ ސަރުކާރެއް އޮތަސް ފޭލިވެ އެއްވެސް މާއްދާއަމުން ފާސްނުވާކުދިންގެ އަދަދު ގައުމަށް އިއުލާންކުރަން އެޑިޔުކޭޝަންގެ މައްޗަށް ލާޒިމްކުރަވީ. އެހެންޏާ ބެލެނިވެރިން އަރުވަޖަހާ ޓިއުަޝަންދީގެން ފާސްކުރުވީމަ އެގޮވަނީ ދުނިޔޭން އެއްވަނައޭ.
ބަރުބާދު
30 May 2023
އަނެއްކާ ކިހިނެއް ހިސާބުޖަހައިގެންތޯ ގޯސްވެގެން ތިއުޅެނީ؟. އިނގިލި ބިންދައިގެން ހިސާބު ޖަހަންފެށީތޯ؟.
ރޯނުއެދުރުންގެ ގައުމު
30 May 2023
2019 އަދި 2020 ސަކީ ކޮވިޑާ ގުޅިގެން ކުދީންގެ ކިޔެވުމަށް ބޮޑު އަސަރެއްކޮށްފަވާތީ ވަރަށް ދަށް ކްރައިޓީރިއާ އެއްގައި ޕޭޕަރު މާކު ކުރި 2 އަހަރު. ކެމްބްރިޖުން މިމައުލޫމާތު ލިބޭނެ. ސަރުކާރު ފޯކަސް ހުރީ ނާސްތާ ޕްރޮގްރާމެއް ހިންގަން. އެވެސް ވީ ފެއިލް. ނާސްތާ އަކުން ވި މަންފާއެއް އެބަ އޮތްތަ؟ އަހަރުމެން ސްކޫލް ނިންމީ ނުކައި ގޮސް. މަންމަ ނިޔާވެފަ ވުމުން. ކޮއްކޮމެން ސްކޫލަށް ދިޔައީ އަމިއްލަ އަށް ރޯފަނި ގިރާ ބޮއެގެން. އެކުދީންވެސް މިއަދު މާސްޓާރސް ނިންމާފި.
ވަހީދުބެ
30 May 2023
އަދުރޭ ނަންވާނީ...