އިދިކޮޅު އެއްވުމުގެ ތެރެއިން އިންޑިއާ އައުޓް ބެނާ ދަމާފައި: އެކަން ކުރީ ސަރުކާރުން އަޑީގައި އޮވެގެން ކަމަށް ޑިމޮކްރަޓްސްއިން ތުހުމަތު ކުރޭ
03 ޖޫން 2023 - 16:52
އިދިކޮޅު ޕާޓީތަކުން ރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި "އިންޑިއާ އައުޓް" ބެނާއެއް ދަމާފައިވަނީ ސަރުކާރުން ފޮނުވި ބަޔަކު ކަމަށް "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީން މިއަދު ތުހުމަތު ކޮށްފި އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ ޕާޓީގެ ކޮންމެ ރެލީއެއްގައި އިންޑިއާ އައުޓް ބެނާތައް ބޭނުން ކުރެ އެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ރޭ ބައިވެރިވި "ކަނޑު ވިއްކާލުމާ ދެކޮޅު" ޖަލްސާގައި ވެސް ބަޔަކު ވަނީ އެ ބެނާ ދަމައިފަ އެވެ.
އިންޑިއާ އާ ގާތް ގުޅުމެއް ބާއްވާ ނަޝީދުގެ އަރިސް މެންބަރުން އިދިކޮޅު ފަރާތްތަކާއެކު ކޯލިޝަން ހަދައިގެން ބޭއްވި ޖަލްސާއެއްގައި އިންޑިއާ އައުޓް ބެނާ ނެގުމުން ބޭރުގެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެ މައްސަލާގައި ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެއީ ޖަލްސާގެ މަގްސަދު އޮޅުވާލުމަށްޓަކައި ސަރުކާރު ފަހަތުގައި އޮވެ ކުރި ކަމެކެވެ.
އަވަށްޓެރި އެއްވެސް ގައުމަކާ ދެކޮޅަށް ހިންގާ އެފަދަ އެއްވެސް ހަރަކާތެއް ޑިމޮކްރެޓްސް އިން ބައިވެރި ނުވާނެ ކަމަށާއި ޑިމޮކްރަޓްސްއިން އަބަދުވެސް ބައިނަލްއަގުވާމީ ފަރާތްތަކާ ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށް ބުންޏެވެ.
ހުދު ކުލައިގެ ޓީޝާޓުތަކެއް ލައިގެން ތިބި ގްރޫޕެއް އައިސް އިންޑިއާ އައުޓް ބެނާއެއް ދެމުމަށްފަހު އެ މީހުން ވަކި ހިސާބަކުން ޖަލްސާ ދޫކޮށް ދިޔަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި ސަރުކާރުގެ ސިޔާސަތަށް އިންޑިއާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެހެން ނަމަވެސް ޑިމޮކްޓްރެކްސްގެ މެންބަރުން މީގެ ކުރިން ވެސް ވަނީ އެކަން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
04 June 2023
ދެންތިޔަބުނާ ޑިމޮކްރެޓްސް ގެ މެމްބަރުން އެނުނަގާ އެޔަށްބަލަހައްޓައިގެންތިބެ އެއޮއްނެގިހާ މަޖަލޯ އަދި އެ ދަމަންހެދީމަވެސް ނުބުނެ އެނުދަމާށޭވެސް ތިޔައީ އަހަރެމެން ގަބޫލުކުރާ ގޮތެއްނޫނޭވެސް ނުބުނެ ދެން ހުރިހާ ކަމެއް އަޑީ ގައި އޮވެގެން ކޮށްފަ މަނޫން ކަމަށް ހެދެން އުޅޭނަކަމެއްނެތް
ފިރޫ
04 June 2023
ސަރުކާރުން ގޮތް ހުސްވެގެން ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅޭކަހަލައެވެ.
އަބްޑޫޅް
04 June 2023
އިންޑިޔާ ބޭރު!
އަސްލު...
03 June 2023
އިންޑިއާއައުޓަކީ ރަސްމީކޮށް ޔާމީން އިއުލާންކޮށްގެން ގެންދާ ކަމެއް އެކަންނޭގޭކުޑަކުއްޖެއް ވެސް މިގައުމުގަނެތް، ތިބުނާޕާޓީއެއް އުފެއްދުމުގެ ހުއްދަލިބިގެން ފުރަތަމަވެސް ހިންގި ހަރަކާތަކީ ޔާމީން އާއި ނާޒިމް އާއި އަދުރޭ ބޭއްވި ހަރަކާތެއްގައި ބައިވެރިވުން، ތިޕާޓީގެ ފެންވަރާއި ހިތްވަރު އަޅުގަޑުމެން ރައްޔަތުންނައް އެގިއްޖެ. ވަރަށްސަލާމް ތިޕާޓީއަށް މާދަން ތިޕާޓީން ވަކިވާނަން،........
ސަމްސާ
03 June 2023
އައް ދޭ! އެއްކަލަ އައްޗިގެ ދިރުން އުޅޭ ފާޑެއް!
ހަސަން ކުރުސް
03 June 2023
އިންޑިއާ އައުޓު ކެމްޕެއިނަކީ ޕީޕީއެމުން ފާޅުކަންބޮޑުކޮށް ކުރާ ކެމްޕެއިނެއް... ކެމްޕެއިނުގައި ބޭނުން ކުރަނީ ރަތް ކުލަ. ޖަލްސާގެ ފަހަތުގައި ތިބެގެން އުފުލާލާ ފޮތިގަނޑެއްނޫން. މާލޭގެ އެކިތަންތަނުގައި އިންޑިއާ އައުޓު ބެނާ ނުދަމަނީ ރައީސްގެ ގަރާރަކުން އެގޮތަށް ބެނާ ދެމުން މަނާ ކޮށްފައި އޮންނާތީ.
ލާމަސީލު
03 June 2023
އެމްޑީޕީ ޓިކެޓްގަ މަޖިލިހަށް ހޮވުނީމާ އެމްޑީޕީ ދޫކޮށް އެހެން ޕާޓީ އަކަށް ވިކުނީމާ ބުނާނެ އެއްޗެއް ނެތް؟ އެކަމަކު މިވެސް ޑިމޮކްރަސީ ކަމަށް ބަޔަކު އެބަ ވަކާލާތުކުރޭ. އަމިއްލަނަފްސު ވިއްކާލީއޭވެސް ރަށުތެރޭގަ އެބަކިޔާ.
އަފްރާސިޔާބު
03 June 2023
އެބެނާ ދެމީބަޔަކު ދެމީ ސަރުކާރު ވައްޓާލަން ވެގެން ކަށްވެދާނެ. އެކަމަކު އެހެންވެއްޓޭ ވަރަށް ވުރެ ސަރުކާރުގެ އިތުބާރު ބޮޑު. ނަޝީދު ނަމަ ވަގުތުން އިސްތިއުފާ ދީފައި ހިނގައިދާނެ.
ހާމަ333
03 June 2023
ތިޔަ ޕާޕުލް ޓީޝާޓުގަ ތިއިނދަކަލޭގެ ތީ ވަރަށް ހިޔަޅުކަން ބޮޑު މީހެއް...
ހާމަ333
03 June 2023
މަގޭހިތައް އަރަނީ ދިވެހިން މީ ހާދަ މޮޔަބައެކޭ.. ސިޔާސީ މިއީވެސް ދާއިރާއެއް...ތިމާމެންގެ ފޮނިވާހަކަ ވިއްކައިގެން މަގާމުތަކަށް އަންނަނީ...މީގަ މޮޔައީ ވޯޓުދޭމީހުން