އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 ޖޫން 2023 - 14:09
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަން މަސައްކަތްކުރާ ޕާޓީ އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން ވަނީ އީސީ އަށާއި ފުލުހުންނަށް އިއްޔެ ހުށަހަޅައިފަ އެވެ.
އެހެންވެ، އީސީގެ ރައީސް ފުއާދު ތައުފީގު "މިހާރު" އަށް ވިދާޅުވީ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން އެ ކޮމިޝަނަށް ހުށަހެޅުމުން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަމުން ގެންދަނީ އެކަންވީ އީސީގެ ތެރެއިންތޯ، ޝައްކުވާ މީހަކު ހުރިތޯ، ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި ހޮޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ލިސްޓު އާންމުކުރުމުގައި އީސީން އަމަލުކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އެ މައުލޫމާތު އާންމުކުރަން ޖެހެނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ވެބްސައިޓުގައި އާންމުކުރުމުގެ ކުރިން، ބައެއް އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [އީސީ] އަށް ހުށަހެޅި އިރުގައި ނެތް މައުލޫމާތާ އެކީގައި އެ ލިސްޓު ފުރިހަމަވެފައި އޮތީމާ މާ ބޮޑަށް ސާފުވޭ އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެ ބޭފުޅުން ހޯދާފައި އޮތް ލިސްޓެއްކަން ވެސް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ އިސް އޮފިޝަލުންނާއި އެންމެ އާދައިގެ އޮފިޝަލުން އަދި އެހެން ވެސް ސިޔާސީ މުވައްޒަފުންގެ އަތުގައި މި ލިސްޓު އެބައޮތް ކަމަށް ޝިފާޒް ތުހުމަތުކުރެއްވި އެވެ.
އެ ލިސްޓުގައި ނަން އޮތް މީހުންނަށް، ސަރުކާރަށް ވާގިދޭ މީހުން ގުޅައި ބިރުދައްކަމުން ދާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ތުހުމަތުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 June 2023
ސިޔާސީޕާޓީތަކުގެ ޤާނޫނު އޮތްގޮތުން އީސީއަކީ ރެގިއުލޭޓަރީ ބޮޑީއަކަށްވުރެން ބޮޑަށް ޕާޓީތަކަށް އަދަބުދީ އަދަބު ތަންފީޒުކުރާ ބާރަކަށް ވެގެން ހިގައްޖެ. # ސިޔާސީޕާޓީތަކުގެ މެންބަރުންގެ ދަފުތަރުބެލެހެއްޓުމަކީ އީސީ ކުރާންޖެހޭކަމެއްނޫން. ޤާނޫނަށް އިސްލާޙްގެނެސް އެއީ ޕާޓީގެ ޒިންމާއަކަށްބަދަލުކޮށް ޕާޓީ މެންބަރުގެލިސްޓް އަހަރަކު 3 ކްއާރޓާރ ގައި އީސީއަށްފޮނުވުމުން އެކެއްގެނަން އެއްޕާޓީއަށްވުރެންގިނަ ޕާޓީގައި އޮވެއްޖެނަމަ އެކަމަށް އީސީ ހައްލު ހޯދާ.
ޢަލީ ކުރުސީ
04 June 2023
ޑްރައިޕާރސް ބޭނުންކޮށްބަލަ. ލީކެއް ނުވާނެ!
ފޯރމަރ އަންނި ސަޕޯޓަރ
04 June 2023
އަންނިގެ ޓިޕިކަލް ސްޓަންޓެއް! އަމިއްލައަށް ލީކުކޮށްލާފަ ރަށުތެރޭ މިމީހުންނޭ އަބަދުކިޔުއްވަންވެގެން.. އަހަރެމެންލައްވަ އަބަދުވެސް ކުރުވާކަންކަން... ބުރޯ ތިއެއް ނުހިނގާނެ މިހާރަކު.
ސިއްޕެ
04 June 2023
ސަރުކާރުގެ އަތެއް ވާނެ . ލިސްޓް ލީކުވުމައް
ކުޑަ ކަތީބު
04 June 2023
އީސީ ފުއާދޫ. . .
ކަރަދުއިބްރާހީމް
04 June 2023
ދެލޯފުޅާ މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުވެސް ގަޑުބަޑު ކޮށްފިކަމަށް ބުނާނެކަމަށް ދޭހަވާ ރަނގަބީލެއް ، އީސީ ވަރަށް ބޮޑަށް ސަމާލުވާތި ، އީސީގެ އިތުބާރު ގެއްލުނަ ނުދޭތި ދުރާލާ ހޭވެރިވޭ ،މިހާރު ދަ ޑިމޮކްރޭޓްސް ގެ ގެއެއްގަ ހުޅު ރޯވިޔަސް ފަޔާރުވެސް އަންނާނީ ނިވޭފަހުން ދަ ޑިމޮކްރޭޓްސްއެއްގެ ގައިގަ އަޅާ ވިހެލިޔަސް އެމީހަކުވެސް ނުފެނުން ވަރަށް ގާތް ، ހުރިހާ މުއައްސަސާއެއްވެސް ތިޔަ ކްރޭޓްސް އާ ދެކޮޅަށް މިހާރުތިބޭނީ ޖަޒުބާތުގަ ނުޖެހި ތިބިއްޔާ ރަނގަޅުވާނީ
ފުރޯދު
04 June 2023
ތިޔަ ކޮމިޝަން އުވާލަން ފެނޭ.. ބޭކާރު އަދި ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ކޮމިޝަނެއް.
ސައިކް
04 June 2023
އީ.ސީ.އިން ލީކްވެފަ ތިއޮތީ.
ޗޯރު ކުޑޭ
04 June 2023
ރިޔާސީ އިންތިޚާބު އަންނަންވާ އިރަށް ތި ހުރިހާ ލީކުވާ ތަން ތަނާއި ލޯވަޅު ތަކުގައި ވޯޓަރ ޕްރޫފު ސިމެންތި އަޅާ ބެއްދުން ވަރަށް މުހިންމު
ދިއްދޫމީހާ
04 June 2023
މީގެ ކުރިންކީ ހަތަރު ގަނޑު ފޮޓޯއާ ވީޑިޔޯގެ ވާހަކަވެސް،އެއްމެ ފަހުން ފޯނު ފޭރިގަތީއޭ ބުނި ހިސާބުން އެވާހަކަ ދެއްކުން ހުއްޓާލާފި މިފަހަރުވެސް ހަމަ އެކަހަކަ އެތިފަހަރެއް މިކުޅެނީ…