ޚަބަރު / ރައީސް އޮފީސް

މޮރިޝަސް އަށް ފޮނުވި ސިޓީ ނުލިބުނު، ބުނީ ހިއްސާ ކުރެވޭނީ 241 ކޮމެޓީއާ ކަމަށް: އާޒިމް

ޗާގޯސް މައްސަލާގައި ސަރުކާރާ ދެކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާތާ އަށް މަސް ވެފައިވާނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ރައީސް އޮފީހަށް ވަޑައިގަތަސް އެ ސިޓީ ނުލިބުނު ކަމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީ އަށް ރިއާއަތްކޮށްގެން ކަމަށާއި އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެ ސިޓީ މަޖިލީހާ ވެސް ހިއްސާނުކުރާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ރައީސް އޮފީހުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް ފޮނުއްވި ކަމަށް ބުނާ ސިޓީ ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެމްބަރުން ވަނީ މިއަދު ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އޭތެރޭގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި، ދަ ޑިމޮކްރަޓްސްގެ މެމްބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.

ރައީސް އޮފީހުން ނިކުމެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވި ކަމަށެވެ.

އެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާތާ އަށް މަސް ވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަ އެންމެ ފުރަތަމަ އެންގުން ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން މި ދަނީ އެ މައްސަލާގައި. އަޅުގަނޑުމެން މަސައްކަތް ނުކުރީކީ ނޫން. އެހެން ނަމަވެސް ސަރުކާރު ތަންކޮޅެއް ހުދުމުހުތާރުކޮށް މި ދަނީ. ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ކަންކަން ކުރައްވަނީ."

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސިޓީ ހޯދަން ދިޔައީ ބޮޑު ދައުލަތެއްގައި ސިޓީގެ ކޮޕީއެއް އޮންނާނެ ކަމަށް ބަލައިގެން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ބޭނުންވޭ އެ ސިޓީ ހޯދަން. ރާއްޖޭގެ ރައްޔިތުން ބޭނުންވޭ ރާއްޖޭގެ ރައީސް ކީއްތޯ މި ކުރެއްވީ، ސިޓީއެއް ނޭނގި ކީއްވެތޯ މި ފޮނުވީ،" ޝިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކޮމިޓީން ހޯދާނެ ކަމަށެވެ.

40 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިޓީ

09 June 2023

ސިޓީ ލިއުނީ އންޑިއާ އެމްބަސީންކަމަށް ވުމީ އެކަށީގެންވާކަމެއް. އެހެންވީމާ ސިޓީގެ ކޮޕީ ރައީސް އޮފީހުގައި ނެތިދާނެއެވެ.

The name is already taken The name is available. Register?

އައްޔަބޮޑޭ

07 June 2023

ޗަރުކޭހުގެ ހުރިހާ އެފިސޯޑެއް އެދަނީފެއިލްވަމުން ޑައިރެކްޓަރުވެސް ވަކިވުމުގެ މަގުމަތީގަކަންނޭނގެ ހުންނާނި.

The name is already taken The name is available. Register?

ބޯގޯސް.

07 June 2023

ސުޓެލްކޯއަށް ދޭބަލަ ކަރަންޓް ބިލު ބަލާ. އެ ހިފާގެން މަޖިލިހަށް ގޮސް ބިލަށް ބަހުސް ކޮށްބަލަ.

The name is already taken The name is available. Register?

ހޯރަބޭ

07 June 2023

މީއަޅެ ބުރާންތި ވެފަ ތިބި ބައެއްތަ. ދިޔާ އެއްޗެހި އުފުލަށް ކަޅުދަބަސް ހިފާ ގެން އުޅުނި މީހަ ވިއްޔާ

The name is already taken The name is available. Register?

ޒީބާ

07 June 2023

އައްނި ފަކީރު މިހާރު އެ ހުންނަނި މި އާޒިމް އެމަނިކުފާނު ބޯ ކާލި ކާލީނުން ގޮވާފަ

The name is already taken The name is available. Register?

އަލީހަމީދު

07 June 2023

އާޒިމްގެ މަސައްކަތް ވަރަށް ކާމިޔާބު. މީ ވަރަށް ވާހަކަ.

The name is already taken The name is available. Register?

އާރީ

07 June 2023

ކަލޯ އާޒިމް ކޮސް ނުގޮވަބަލަ

The name is already taken The name is available. Register?

ބާލައާދަނު

07 June 2023

މަ ވެސް މީ ދިވެއްސެއް. މަށެއް ބޭނުމެއްނޫން ތިޔަ ސިޓީ އެއް ބަލާކަށް.

The name is already taken The name is available. Register?

1206

08 June 2023

މަ ބޭނުން. އެއީ މަގޭ ހައްގެއް. ސަރުކާރުން މި ކަމުގައި ގޯސް ހެދި ނަމަ އެއީ މަށާއި، މަގޭ އައުލާދުންނަށް އެނގެންޖެހޭނެ ކަމެއް.

The name is already taken The name is available. Register?

އަންޑޭ

07 June 2023

ޗާގޯސްގެ ރަށްވެހިން މި އުޅެނީ ޑިމޮކްރަސީ ދަސްނުވެގެން.

The name is already taken The name is available. Register?

ކާތިބު

07 June 2023

ދެން "އެސިޓީ" ލިބޭ ދުވަހަކު އޭގަ އޮތް އެއްޗެއް ރަނގަޅަށް އޮޅުން ފިލުމުން ބުނާނެ މިއޮތީ ސިޓީ މުޅިން ބަދަލުކޮށްފައޭ. މީ އެސިޓީ އެއް ނޫނޭ. ތިމާމެން ހަމަ ހިތަށް އަރާ ކޮންމެ އެއްޗެއް ކިޔައިގެން ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލާފަ ގައުމަށް ފައިދާހުރި ކަމަކާއިގެން ނިކަން އުޅެބަލަ. ރައްޔަތުންގެ ސަޕޯރޓް ހޯދަން އަދި ނޭގިގެން ތިއުޅެވެނީ. އެހެންވެ ޔާމީނު ވެސް އޮޑީގެ ހުންގާނު ތިކުދިންގެ އަތްމައްޗަށް ދޫނުކޮށް އެއުޅެނީ. އެމްއާރުއެމް އަށް ވެގެން އެދާހެން ވެދާނެތީ.

The name is already taken The name is available. Register?

އިންބާ

07 June 2023

މިރައީސަކަށް އިތުބާރެއް ނެތް. އެއީ ވެރިކަން ދިންމީހާއަށް މިހާވަރު ކުރާކަށް ނުވާނެ، ކޮރަޕްޝަނާ ދުރުބަޔަކު ލައިގެން މިބެފުޅާއަކަށް އެއްކަމެއްވެސް ނުކުރެވޭ. އެމްއެމް ޕީ އާރުސީގެ ފައިސާގަ ޖެހިފަތިބި ހުރިހާ މީހުން ވަށާލައިގެން އެއުޅެނީ. މީނާ މިކަމުދަނީ ނާޖާއިޒު ގޮތްގޮތުން މަންފާ ހޯދައިގެން އުޅޭ މީހުން. ހާމަކަން ބޮޑު ގޮތަކަށް ކަންކަން ކުރަން ނޭނގޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454